ކުރިޔަށް އޮތް ފަސް އަހަރަށްވެސް ޓޮޕް އެޗީވަރސް އެވޯޑްގެ ސްޕޮންސަރަކަށް ވުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން(އެސްޓީއޯ) އިން އެޑިއުކޭޝަން މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ.

މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަހުމަދު ރިޔާޒް އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އައިޝަތު ޝައްފާނާ ރަޝީދެވެ.

އެސްޓީއޯއިންވަނީ މަތީ ސާނަވީ އިމްތިހާނުން އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންނަށް ދެމުން އަންނަ މި އެވޯޑް ވޭތުވެދިޔަ ފަސްއަހަރުވެސް ސްޕޮންސަރކޮށްފައެވެ.

ސާނަވީ އިމްތިހާނުތަކުން އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ދެމުން އަންނަ މި އެވޯޑް އެސްޓީއޯއިން ވިދިވިދިގެން ސްޕޮންސަރ ކުރާ މިއީ 10 ވަނަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮފްވާން

    މީޑިޔާއަށް އަރާ ފޮޓޯ އަބުރަން