ސްވެނިއަރ މެރިން ޕްރައިވެޓް ލިމިޓެޑުގެ ދަށުން ތިލަފުށީގައި ހިންގާ ބޯޓު ޔާޑު "ދިމާވަޑި" ގެ ފުރަތަމަ ސްޕީޑް ލޯންޗް "ސްކެޑް 39" ބަނދެ އިންޖީނު އެޅުމަށްފަހު މިއަދު މޫދަށް ބާލާފައެވެ.

މި ލޯންޗަކީ 100 ޕަސެންޓް ދިވެހި މޮޑެލްއެކެވެ. މި ލޯންޗުގެ ހުރިހާ މަސައްކަތެއް ރާއްޖޭގައި ކޮށްފައިވާއިރު ލޯންޗު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުތަކަށް ފަހި ލޯންޗެއްގެ ގޮތުގައެވެ.

ސްވެނިއަރ މެރިން އިން ބުނީ، މިބްރޭންޑްގެ ލޯންޗްތައް ދިމަޑިން ބަންނަނީ، ލޯންޗް ގަންނަ ކަސްޓަމަރުން ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ،

މިއީ ސްވެނިއާމެރިން ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ ލޯންޗެކެެވެ.

"ދިމާވަޑި" ގެ ފުރަތަމަ ސްޕީޑް ލޯންޗް މޫދަށް ބާލައިފި

'ސްކެޑް" މަރުކާގެ ލޯންޗަކީ 39 ފޫޓު ދިގު 31 މީހުންގެ ޖާގައިގެ ލޯންޗަކެވެ. މި ލޯންޗްގައި ހަރުކުރެވިފައިވާނީ ޕަސެންޖަރ ގޮނޑިތަކަކީ އެޖަސްޓްބްލް ގޮޑިތަކެވެ. އެހެންކަމުން ފަސެންޖަރުންނަށް ފަސޭހަކަމާއެކު ގޮޑީގައި އިށީންދެލައިގެން ތިބެވޭނެއެވެ.

"ދިމާވަޑި" ގެ ފުރަތަމަ ސްޕީޑް ލޯންޗްގެ ގޮނޑިތައް

ސްވެނިއަރ މެރިން އިން ބުނީ، ދިމާވާޑިގެ ފަރާތުން މިބްރޭންޑްގެ 41 ފޫޓު، 35 މީހުންގެ ޖާގައިގެ ލޯންޗެއް މިމަހު ފަހުކޮޅު ބޭލުމަށް ތައްޔާރު ވަމުން އަންނަ ކަމަށެެވެ. އަދި މުސްތަގުބަލުގައި 49 ފޫޓުގެ 50 މީހުންގެ ޖާގައިގެ ލޯންޗްވެސް ބެނުމަށް ދިމާވަޑި ތައްޔާރުވަމުން އަންނަ ކަމަށް ސްވެނިއަރ މެރިން އިން ބުންޏެވެ.

ސުވެނިއާ މެރިންގެ މި އުފައްދާ އުފެއްދުންތަކަކީ ސަރުކާރުގެ ކަމާއި ބެހޭ އެންމެހާ އިދާރަތަކުގެ އެއްބާރުލުމާއި އެކުގައި ކުރިއަށްގެންދާ މަސައްކަތްތަކެވެ. އެކަމަށް ސްވެނިއަރ މެރިންގެ ފަރާރުން ވަނީ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    މިލޯންޗަކީ 100ޕަސެންޓް ދިވެހިމޮޑެލެއް. އެކަމަކު ލޯންޗްގެ ނަމަކީ 200ޕަސެންޓް ދިވެހި ނޫންނަމެއް.

    2
    1
  2. ބާޝާ ބާއީ

    ގަލްފް ކުރާފްޓް ގެ އުފެއްދުމެއް ފާޑު ޖަހަނީ.. އެހެނަސް ގޮނޑި ތައް ތާފާތު