މަޖޫރީން މުދާ ހުސްކުރުމުގެ ޚިދުމަތް ދިނުމަށް ހަފްތާއެއްގެ ތެރޭގައި އަލުން ރަޖިސްޓްރީ ވާން މާލޭ ވިޔަފާރި ބަނދަރު ހިންގާ އެމްޕީއެލް އިން އިއުލާން ކޮށްފިއެވެ.

އެމްޕީއެލް އިން މިރޭ ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ މާލޭ ވިޔަފާރީ ބަނދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތް ދެމުންދާ ފަރާތްތައް ހަތް ދުވަސް ތެރެގައި ރަޖިސްޓްރެޝަން ނިންމުމަށް އެދޭކަމަށާއި މިމުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ހުއްދަ ބާތިލްވާނެ ކަމަށެވެ.

އެމްޕީއެލްގެ އިއުލާނުގައި ވަނީ މުދާ ހުސްކުރުމުގެ ޚިދުމަތް ދެމުންދާ ފަރާތްތައް އަލުން ރަޖިސްޓްރީ ވާން ހުޅުވާލީ މުދާ ހުސްކުރުމުގެ ޚިދުމަތުގެ އަގުތައް އިކޮނަމިކް މިނިސްޓްރީ އިން ކޮންޓްރޯލް ކުރުމުން ކަމަށެވެ.

މިއަދު އިކޮނަމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ވަނި އެގޮތުން ހެނދުނު ހައަކުން ފެށިގެން ރޭގަނޑު 12 ޖެހުމާ ހަމައަށް 20 ފޫޓުގެ ކޮންޓެއިނަރުތަކުން ބިއްލޫރި ޝީޓް ފިޔަވައި އެހެނިހެން މުދާ ހުސްކުރަން ނެގޭނެ އެންމެ ބޮޑު އަގަކީ 2500 ރުފިޔާއެވެ. އެވެ. އަދި 40 ފޫޓްގެ ކޮންޓެއިނަރެއް ނަމަ ނެގޭނެ އެންމެ ބޮޑު އަގަކީ 5000 ރުފިޔާ އެވެ.

އެ ގަޑީގައި ހުސްކުރާ މުދަލަކީ ބިއްލޫރި ޝީޓް ނަމަ، 20 ފޫޓުގެ ކޮންޓެއިނަރަކަށް ގިނަވެގެން 4000 ރުފިޔާ ނެގިދާނެ އެވެ. 40 ފޫޓުގެ ކޮންޓެއިނަރެއް ނަމަ، ބިއްލޫރި ޝީޓް ހުސްކުރަން ނެގޭނެ އެންމެ ބޮޑު އަގަކީ 7000 ރުފިޔާ ނެގިދާނެއެވެ.

ރޭގަނޑު 12 އިން ފެށިގެން ހެނދުނު ހަޔަކާ ދެމެދު 20 ފޫޓްގެ ކޮންޓެއިނަރެއް ހުސްކުރަން ގިނަވެގެން ނެގޭނީ 3000 ރުފިޔާ ކަމަށް ވާއިރު 40 ފޫޓްގެ ކޮންޓެއިނަރެއް ހުސްކުރަން ނެގޭނީ ގިނަވެގެން 5500 ރުފިޔާ އެވެ. އެ ގަޑީގައި ކޮންޓެއިނަރުން ހުސްކުރާ މުދަލަކީ ބިއްލޫރި ޝީޓް ނަމަ 20 ފޫޓްގެ ކޮންޓެއިނަރަކަށް 4500 ރުފިޔާ އަދި 40 ފޫޓްގެެ ކޮންޓެއިނަރަކަށް 7500 ރުފިޔާ ނެގިދާނެ އެވެ.

ކޮންޓެއިނަރު ހުސް ކުރުމަށް މަޖޫރީން ނަގާ އަގު ސަރުކާރުން ކޮންޓްރޯލް ކުރީ މަޖޫރީން އެއަގު ދެގުނަ އަށް ވުރެ ވެސް ބޮޑުކޮށް ނަގަން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސީލާސީލާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެން ބޭނުން އެއްޗެއް ހެދުނު ތޭ މަޖޫރީން ނަށް ކަޓް ދީގެން އެމެން ލައްވާ މަމެންގެ ސަރުކާރު އަންޑަރމައިން ކުރަން އުޅުމުން ތަމެން އަތަށް ދޯ މިގޮވަނީ. ދެން ތަމެން ސީލަ ބަލަ. ސީލާ ސީލާ ސީލާ ދަ ސީލާ ދޯ.

  2. ޖަސްޓް

    ސަރުކާރުން ކަނޑައެޅި އަގަށް މަސައްކަތް ކުރާނެ މަޖޫރީން ރަޖިސްޓްރީވާން އަންގައިފި ނަމަ ހުންނާނެ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި ދޯ. ދެން ވެސް މަމެންގެ ބަަސް އަހައިގެން މަމެން ބުނާ ގޮތަށް ހަދާނީތޭ ނުވަތަ ތަމެން އެމެން ބުނާ ގޮތެއް ހަދާނީ ތޭ ކޮންމެވެސް އެއްގޮތެއް ނިންމާފައި ރަޖިސްޓްރީ ވާންވީއޭ އިނގޭތޭ މަޖޫރީންނޭ. އިޓްސް ޖަސްޓް އަ ސިމްޕްލް އީކްއޭޝަން ނޯ ކޮމްޕްލިކޭޝަން.

  3. ހަސަންކޮއި

    ސާބަސް ޔާމީން.

  4. ޣާދިރު

    މިކަމުގެ ތެތެއައް ކާލިގަނޑު ޓީވީ ވަދެގެން ގޭސް ގަޑު އަނބުރަން އުޅުނީ. ޢެންމެ ފަހުން ތިޔަތިބީ ރާކަނިމަސް ކެވިފަ..

  5. ނުރަބޯ

    މަޖޫރީންނަށްވެސް މިލިބުނު ކެއްސަކީ ރީނދޫ ކަލްޓް މިމައްސަލައިގެތެރެއަށް ވަދެ މަޖޫރީންގެ ބޮލަށް ޗިޕްޖެހުމުން މަޖޫރީންވެސް ރީނދޫ ގުއިރޯނުގައިޖެހި އެބައިގަނޑު ރާވައިދިންގޮތަށް އެމަގުން ހިނގަން ދިމާކުރުމުން ލިބުނުކެއްސެކެވެ. ރީނދޫ ކަލްޓް އުޅުނީ މަޖޫރީން މަސައްކަތްކޮށްދޭ އަގު ބޮޑުކުރުވައިގެން ވިޔަފާރިވެރިންލައްވައި ތަކެތީގެ އަގު ބޮޑުކުރުވައިގެން ރައްޔިތުންނަށް ވީހާބޮޑު ގެއްލުމެއްދީ ރައްޔިތުންގެ ރުޅި ސަރުކާރަށް އަމާޒުކުރުވާށެވެ. އެހެންނަމަވެސް ސަރުކާރުން އެޅުއްވި ވިސްނުން ތެރި ފިޔަވަޅެއްގެ ސަބަބުން ރީނދޫ ކަލްޓްގެ ރޭވުން ބޮއްސުންލައިގެން ދިޔައީއެވެ. ހުރިހާ ދެރައެއް ލިބުނީ މަޖޫރީންނަށެވެ.

  6. ޙާލިދު

    ސަޅި

  7. ޒާ

    ރަނގަޅު ނިންމުމެއް.

  8. ރުޒާނާ ޗޮއްޕަޓު

    ރީތި ވެއްޖެ؟ ދެން ރީނދޫ މަޖޫރީންގަނޑު ބޭރުވެސް ކޮށްލަންވީ. އޭރުން ހުންނާނީ ޖެއްސުން ކުރެވިފަ.