ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމެކޭ އެއްފަދައިން ރާއްޖެއަކީވެސް ބްރޭންޑެޑް މޮޅު ސެންޓާއި ރީތިވާ ސާމާނަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ގައުމެކެވެ. އެގޮތުން އެފަދަ ސެންޓާއި ތަކެތި ވިއްކާ ފިހާރަތައްވެސް ރާއްޖޭގައި މަދެއް ނޫނެވެ. އެހެން ނަމަވެސް މީގެ ތެރެއިންވެސް އިންޓެންސް.އެމްވީން އަކީ މި ވިޔަފާރީގައި ރާއްޖޭގެ ބާޒާރުގައި ފިޔަ ޖަހަމުން އަންނަ މަޝްހޫރު އޮންލައިން ވިޔަފާރިއެކެވެ.

އިންޓެންސް.އެމްވީން ވިއްކަމުން އަންނަ ސެންޓުގެ ބްރޭންޑެޑް ޕްރޮޑަކްޓްސްގެ ތެރޭގައި ހިމެނޭ އެންމެ މަގްބޫލު އެއް ސެންޓަކީ މޮންޓް ބްލާންކް ބްރޭންޑުގެ "އެކްސްޕްލޯރާ" ސެންޓެވެ. މިއަހަރުގެ ފެބްރުއަރީ މަހު ދުނިޔޭގެ ބާޒާރަށް ނުކުތް މި ސެންޓަކީ ސައުތް އެފްރިކާއާއި ހައިތީ އަދި އިޓަލީގެ އިތުރުން އިންޑޮނޭޝިއާއާއި ޖަރުމަނުން އެއްކޮށްފައިވާ އިންގްރީޑިއެންޓްތަކަކުން އުފައްދާފައިވާ ސެންޓެކެވެ.

މޮންޓް ބްލާންކް ބްރޭންޑުގެ "އެކްސްޕްލޯރާ" އަކީ ފިރިހެނުންނަށް ހާއްސަ ސެންޓަކަށް ވާއިރު، މި ސެންޓުން ދޭ ވަހަކީ އެކި އިންގްރީޑިއެންޓް އެއްކުރުމުން ދުވާ "ވުޑީ އެރޮމެޓިކް ލެދަރ" ފަދަ ވަހެކެވެ.

މި ސެންޓު ފުޅީގެ ބޭރުފުށްވެސް ވަރަށް ޗާލުވެފައި އެހާ ކްލެސީއެވެ. އަދި މި ސެންޓް ފުޅީގެ އޮރިޖިނަލްކަން ވަރަށް ފަސޭހަކޮށް އެގެން ހުންނާނީ، ފުޅީގައި މޮންޓަ ބްލޭންޑްގެ މޮޅު ލޯގޯ އިންނެވެ.

މިއީ އުފަން ދުވަހުގެ ހަދިޔާއަކަށް ނޫނީ ރައްޓެއްސަކަށް ނޫނީ ލޯބިވެރިޔާ، ނޫނީ ފިރިމީހާއަށްވެސް ހަދިޔާއަކަށް ދިނުމަށް ވަރަށް ރަނގަޅު ސެންޓުފިޅިއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އިންޓެންސް.އެމްވީން ވިއްކާ ސެންޓްތައް މާލެ އާއި ހުޅުމާލެއަށް ފްރީ ޑެލިވަރީ ހިދުމަތް ދެއެވެ. އަދި މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ރަށްރަށަށް ފްރީ ޑެލިވަރީގެ ހިދުމަތްވެސް އެ ޕޭޖުން ފޯރުކޮށްދެއެވެ.

އެ ޕޭޖުން ވިއްކާ ސެންޓްތައް ގަތުމަށް، ފޭސްބުކް މެދުވެރިކޮންނާއި، 7750004 އަށް ގުޅައިގެން ނުވަތަ ވައިބާ/ވަޓްސްއެޕް ކޮށްގެންވެސް ބޭނުންވާ ސެންޓް ފުޅިއެއް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އިންޓެންސް އެމްވީ ވަނީ އޮރިޖިނަލް ސެންޓް ގަންނަން ބޭނުންވާ މީހުންގެ އެއްވަނަ ޗޮއިސް އަށް މިއަދު ވެފައެވެ. އިންޓެންސް އެމްވީގެ އަމާޒަކީ އެމަގާމު ދެމެހެއްޓުމެވެ.