ރާއްޖެ ޕްރޮމޯޓްކުރަން ޔޫރަޕްގެ 100 ޓުއާ އޮޕަރޭޓަރުން އަތުވެއްޖެ އެވެ.

ޓްއާ އޮޕަރޭޓަރުން ރާއްޖެ އައުމުން ރޭ އަދާރަން ހުދުރަންފުށީގައި، އަދާރަން ރިސޯޓްސް އާއި ޖަރުމަނުގެ އަދި ޔޫރަޕްގެ މަޝްހޫރު ޓުއާ އޭޖެންސީއެއް ކަމުގައިވާ ފަސްޓް ޓޫރިސްޓް އިންޓަނޭޝަނަލް (އެފްޓީއާއި) އާ ގުޅިގެން ހާއްސަ ހަފުލާއެއް ވަނީ ބާއްވައިފަ އެވެ. މި ހަރަކާތް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދު ވިދާޅުވީ، ޓުއާ އޮޕަރޭޓަރުންނަކީ ގައުމުތަކުގެ ޓޫރިޒަމް ވިއްކާ މީހުން ކަމަށްވާ އިރު ރާއްޖެ އަށް އައިސް މި އޮޕަރޭޓަރުން ކުރާ ތަޖުރިބާގެ އަލީގައި މިހާރަށް ވުރެ ބޮޑަށް ރާއްޖެ ވިއްކުމަށް ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުން މަސައްކަތްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ރާއްޖެ އަކީ ހަމައެކަނި އަގު ބޮޑު ޓޫރިޒަމް އޮތް ގައުމެއް ނޫން. އެފޯޑް ކުރެވޭ ޓޫރިޒަމް ވެސް ރާއްޖޭގައި އެބަ އޮތް. ޓޫރިސްޓުންނަކީ ހަމައެކަނި ވަކިން އޮންނަ ރިސޯޓުތަކަށް އަންނަ ބައެއްގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށަށް ވެސް ޓޫރިސްޓުންނަށް އާދެވޭނެ ގޮތް ހެދީ 2009 ވަނަ އަހަރު،" ނަޝީދު ވިދާޅުވިއެވެ.

ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުން ރާއްޖެ އައުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން
ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުން ރާއްޖެ އައުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

އިންޑިއާ ކަނޑުގައި ޓްއަރިސްޓުންގެ މެދުގައި އެންމެ މަގުބޫލް މަންޒިލަކީ ރާއްޖެ ކަން ނަޝީދު ފާހަގަ ކުރެއްވެވިއެވެ. ޖަރުމަނުގެ އިތުރުން ރާއްޖެ އައިޓުއާ އޮޕަރޭޓަރުންގެ ތެރޭގައި ޕޮލެންޑާއި އޮސްޓްރިއާ އާއި ނެދަލެންޑާއި އެ ސަރަހައްދުގެ އިތުރު ގައުމުތަކުގެ ޓުއާ އޮޕަރޭޓަރުން ހިމެނެއެވެ.

މިއީ ރާއްޖޭގައި އެންމެ ގިނަ ޓުއާ އޮޕަރޭޓަރުން ބައިވެރިވި މިފަދަ ފުރަތަމަ ހަރަކާތެވެ.

ޖަރުމަނާއި ޔޫރަފްގެ އެހެން ބައެއް ގައުމުތަކުގެ ޓުއާ އޮޕަރޭޓަރުން މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ރިސޯޓުތަކަށް ދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަންބުލޮ

    ޓޫރިސްޓުން ރާއްޖެނައުމައް އެންމެބާރައް ގޮވީވެސް ނަޝީދު

    8
    1
  2. ހަމްދު

    ފައްޅިގެ ބޮޑު ފާދިރީ!

    8
    1