މިއަދު ބާޒާރުމަތީގައި މުދާ އުފުލަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ބާޒާރުމަތީގައި މުދާ އުފުލަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ބޮއްސުންލާފައި އޮތް މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރި ޤަވައިދަށް އަމަލު ކުރާނަމަ މަސައްކަތް ހުއްޓާލާނެ ކަމުގެ އިންޒާރު މާލޭގައި މުދާ އުފުލުމުގެ މަސައްކަތް ކުރާ ޕިކަޕް ޑްރައިވަރުން ދީފިއެވެ.

ޑްރައިވަރުންގެ ނަމުގައި ޓްރާންސްޕޯޓް އޮތޯރިޓީ އަށް ފޮނުވި ސިޓީއެއްގައި ބުނީ ޑްރައިވަރުންނަށް މަސައްކަތް ކުރެވޭނޭފަދަ އަމާން މާހައުލެއް ނެތުމުން މިއަދުން ފެށިގެން އެއްގަމު އުޅަނދުފަހަރުގައި މުދާ އުފުލުމުގެ މަސައްކަތް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް އެކުލަވާލި ގަވާއިދު ވަގުތުން ވަގުތަށް އުވާލުމަށް ސިޓީގައި ވަނީ އެދިފައވެެ. ހަތަރު ފުރޮޅުލީ އުޅަނދުތައް ފަސޭހައިން ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް ސިޓީގައި އެދިފައި ވެއެވެ.

ސިޓީގައި ބުނެފައި ވަނީ ޑްރައިވަރުންނަށް އެކަށިގެންވާ އާމްދަނީއެއް ހޯދޭނޭފަދަ އަގުމަގު ކުރުމުގެ ލިސްޓެއް ވުޖޫދުކޮށްދެއްވުމަށް އެދޭ ކަމަށެވެ. އެފަދަ އަގު ލިސްޓެއް ވެސް އެ ޓްރާންސްޕޯޓް އޮތޯރިޓީއަށް ޑްރައިވަރުން ވަނީ ހުށަހަޅާފައެވެ.
ސިޓީގައި ބުނެފައިވަނީ މުދާއުފުލަން ވަކި ގަޑިތަކެއް ކަނޑައަޅާ އަލަށް އަމަލުކުރަން ފަށާފައިވާ އުސޫލުގެ ސަބަބުން މުދާ އުފުލާ އުޅަނދުތައް ދުއްވައިގެން އާމްދަނީ ހޯދާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ އާންމުދަނީ ހޯދުމަށް އެފަރާތްތަކަށް ފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް އެދޭ ކަމަށެވެ.

ދަންވަރުގެ ވަގުތުގައި އެކަނި މަސައްކަތަށް ނުކުމެ އުޅެން މަޖުބޫރުވާނަމަ ޑްރައިވަރުންނަށް އެހާ ދަންގަޑިތަކުގައި ހައިހޫނު ފިލުވޭނޭ އިންތިޒާމު މާލެ ސީޓީގައި ނެތުމާއި، ރޭގަނޑު ހޭލާ ހުރުމުގެ ސަބަބުން އާންމު ދިރިއުޅުމުގައި ކުރަން ޖެހޭ ޒަރޫރީ ކަންކަން ދުވާލު ގަޑީގައި ކުރުމަށް ބުރޫ އަރާނެ ކަމަށްވެސް ޑްރައިވަރުންގެ ނަމުގައި ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ޑްރައިވަރުން ބުނީ އެކަށީގެންވާ އަރާމުނުލިބި ގިނަވަގުތު ތަކެއްގައި މަސައްކަތްކުރާން މަޖުބޫރުވެފައި އޮންނަ އޮތުން އެއީ އިންސާނީ ކަރާމާތާއި އިންސާނީ ހައްޤުތަކާއި ހިލާފު ކަމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ނިކަމެތިމީހާ

    ރައްޔިތުންނަށް ނޭވާލާނެ މަގު ނުދައްކާ ޑްރައިވަރުން މަގު ތޮއްޖެއްސުމަށް ތިޔަ ކުރައްވާ މަސައްކަތް ހުއްޓާލާ

  2. ލޮލް... ކެތްވާނެބާ.... ޕިކަޕް ނުދުވަންޔާ މާސަޅި.. ޕިކަޕް ފޮހެފަ ޓީވީ މައްޗައްލާ....

  3. ލޮލް... ކެތްވާނެބާ.... ޕިކަޕް ނުދުވަންޔާ މާސަޅި.. ޕިކަޕް ފޮހެފަ ޓީވީ މައްޗައްލާ....

  4. ދުވާލުގަޑީ މަސައްކަތްނުކުރީމަވީނު.

  5. ދެން ޕިކަޕް ބާއްވާ ގޭގެ ގަރާޖް ތެރޭގައި އެވެސް ތެޔޮލާފަ

  6. ކޮބާ މައްސަލައަކީ އެ ޤަވާއިދު ރަނގަޅަށް ކިޔާބަލަ ބުރާންތި ތަކާ އޭގައި ކުދި ދަތުރުތައް ކުރެވޭނެގޮތަށް އޮތީ...

  7. ހުރިހާ އުޅަނދެއްގެ ރަޖިސްޓަރީ ބާތިލުކޮށް އަހަރެމެން ކަހަލަ މީހުނަށް ތި ވަޒީފާތައް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާ. އެމީހުނަކަށް ބޭނުންހާ ގޮތެއް ނެހެދޭނެ.

  8. ކަލޭމެން ބޭނުންހާ އެއްޗެއް ހެދޭނެ ދުވަސް މާޒީވެގެން ހިނގައްޖެ ،

  9. މިހާރު ތިޔަ އައްސިއެއް އަރައިގެން ތިއުޅެނީ. ކުރިން ހަމަ އޯކޭ ދުވާލު މަސައްކަތުގަ އުޅެފައި ރޭގަނޑު މަސައްކަތްތައް ޖެހުނަސް. ބޭނުންހާ އެއްޗެއް ނުހެދޭނެ. ރައްޔިތުންނަށް ފަސޭހަ އެއްވާހެން ހީވަނީ ދޯ މި މީހުންނަށް.

  10. ޕިކަޕް ޑްރައިވަރުން މަސައްކަތް ހުއްޓާލައިފިނަމަ ޕިކަޕްސް ތަކުގެ ލައިސަންސް ބާތިލް ކޮށްލާނަން އެއްވެސް އިންޒާރު ދިނުމެއް ނެތި. މަމެން ދަންނަމޭ މާލޭގެ ގިނަ ޓެކްސީ ތަކާއި އަދި ޕިކަޕްސް ތަކުގެ ޑްރަިއވަރުން ނަކީ އެއީ އެމްޑީޕީގެ ފިކުރު ހުންނަ ސިޔާސީ ރެޑިކަލްސް އިންނޭ ގިނަ މީހުންނަކީ އެއީ ވައްކަން ކޮށްގެން ނާއި އަދި ފޭރިގަނެގެން ހުކުމް އައިސް ފައި ތިބި މީހުންނޭ އެހެންވެއޭ އެމެން ސަރުކާރު ދެކެ ނައްޓަނީ. އެއްގޮތެއް ވެސް ނެހެދޭނެއޭ މީ ދަރާއްޖެތެރެއެއް ނޫނޭ ތަމެން ބޭނުން ޒާތަށް އުޅެން މީ ފުރަ މާލެ އޭ ދަ ރާއްޖެތެރެއަންސްއޭ ސައިޒުން ކަނޑާތިރި ކުރާނަމޭ ތަމެން މާ ބޮޑަށް ފުއްޕާނަމަ އަޅެ ހުއްޓާލަބަލަ ޕިކަޕް ޑްރައިވަރުން މަސައްކަތް ޕިކަޕް ގަނޑު ވެސް ނަގާ މާލޭން ބޭރަށް އެއްލާލާނަމޭ ދަ ރާއްޖެތެރެއަންސް ސަައިޒު އޮޅިގެން ނޫޅޭތި އިނގޭތޭ. ޓިޓް ފޯރ ޓެޓް. ތަމެން ސިޔާސީ ގޮތުން ނިއުކްލިއަރ ހަތިޔާރު ހުރި މީހުންނާއި ކުޅެން ނަހަދާތި ތަމެން މާލޭގައި އުޅެން ބޭނުން ނަަމަ.

  11. ވެހިކަލް އެތެރެކުރިއިރު ރަޖިސްޓަރީ ކުރި ގަރާޖްގަ ވެހިކަލް ޕާކުކޮށްފަ ބާއްވަބަލަ.

  12. ދެންހުއްޓާލާ މަށައް ދެރަވާނެ ކަމަށް ހެހެހެހެހެހ ގަޅިބޯ

  13. ގެއްލުންވާނީ ހަމަ ޑުރައިވަރުންނަށް

  14. ހިނި އަންނަނީ ހަމަ ހެވެނީ މަށައް ހެއު ނުނިކުތަސް

  15. ކައުންސެލަރު

    ހުއްޓާލަންވީނު! ކާކުބުނީ ނުހުއްޓާށޭ؟ ބަލަ މަށަށްތަ ގެއްލުންވަނީ. ދަތުރުތައް ހުއްޓާލީމަ ކަލޯމެންނަށް މަތިން ރިޒުގުފައިބަނީތަ؟ ނޫނީ ފައިސާ ނުލިބޭނީތަ؟ މޮޔަތަ؟

  16. ތިވައްތަރީ މިއުޅޭ ފުންނާބު އުސްލޯޔަރުން ފޮނުވި ސިޓީއަކާ

  17. ހެހެހެ ދެން ޕިކަޕް ތައް ނަގާނީ ސަރުކާރައް މި ސަރުކާރުން ހަދާނީ ބޭނުން ގޮތަކައް

  18. ހާދަ ފެންވަރު މަތީބބައެކޭ. އެމް.އެން.ޑީ އެފް ގެ ސިފްކޯއިން ނަގަން ރަނގަޅު މަސައްކަތެއް. ސިފައިންނަށް ޑަބްލް މުސާރަވެސް ދެވޭނެ. ފްލެޓް އެޅޭނެ. ރަނގަޅު ފުރުސަތެއް

  19. ޅައިސަންސް އުވާލާ ޖެއްސުން ނުކުރެވޭނެ އެއްވެސް ސަރުކާރަކަށް!!! ސެންޓަރުން ޖެއްސުން ކުރާނަމަ ސެންޓަރުވެސް އުވާލާ!!!
    ދެން އެހެންނޫނަސް މި އާލާތުން ލާރި ނުލިބިގެން ތެޅިގަންނާނީ.... ކެކެ ދެން ހަޔާތްކުޑަކޮއް ޕިކަޕު ދުއްވާ އާލާތުން މަހައއފުރާ!!!!!

  20. ތިމާކުރާމަސައްކަތެއް ހުއްޓާލަން ވީމާ އެހެން މީހުންގާތުގަ ބުނަންޖެހޭތަ އަޅޭ އަޖައިބެއްނޫންތަ.... ގަޑިތަކަށް ބަދަލު ގެނެވޭނެ،، ތިހާފުއްޕާފަ ނޫޅުނަކަސް ،،،،،،،،،،

  21. ޕިކަޕު ޑުރައިވަރުންގެ ގައިގެ ދެކޮޅުގަ ފަޅާ އިސްތަށިވެސް ދެން އުފުރާލާފަ.. އެއީ ޓެރަރިސްޓުންނައް ހަދާފަ 45 އަހަރައް ޖަލައް ގަޅާލާ..

  22. ސަރުކާރަށް ނުވަތަ މިނިސްޓްރީތަކަށް ފާޑު ފާޑުގެއިންޒާރުތަށް ދިނުމަކީ ޤަބޫލު ކުރެވޭނެ ކަމެއްނޫން، ކަމާއި ބެހޭ ފަރާތްތަކަށް ދަންނަވާލާނީ، މުދާ އުފުލުމަށް ބޭނުން ކުރާ އުޅަނދުތައް އަލުން ރަޖިސްޓްރީ ކުރުމަށާއި، މުދާ އުފުލުމަށް ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް އުޅަނދެއް، އެއްވެސް މަޤުބޫލު އުޒުރެއްނެތި ހުއްޓާލާފިނަމަ، 3 މަސް ދުވަހަށް މުދާ ނޫފުލޭ ގޮތަށް ހެދުމަށާއި، ދުވާލާއި ރޭގަނޑު ކުރާ މަސައްކަތަށް ނެގޭނޭ އަގެއް ކަނޑައަޅައި އާންމުކުރުމަށް ދަންނަވާލަން.

  23. ހުއްޓާލާ ޕިކަޕްތަކުގެ ޓެކްސީ ބޯޑު ނަގާ ބާތިލުކުރަންފެނޭ. މަޖޫރީން ޖެއްސި އެއްޗަކާ ވައްތަރީ. ފެނުޖެހުމުން “ހިތުން” ކަނުގޮޅިއަށް އަރުވާފަ ސައި ކިޔާލީ. ކަލޯމެންނޭ ހަނާވާނީ ހަމަ ކަލޯމެން. ތިޔަ މަޖޫރީންގެ އަވާގަޖެހި ތިޔަބޮވެނީ މީރު އަތަފަނި ތައްޓެއް. ދުނިޔޭގެ އާޖުފާޖު ދެނަހުރެ ކަންތަށް ކުރާނަމަ!!!

  24. ތިޔަހެ އިޅުނު މިއަދު ތި ފެންނަ ޓެކުސީ ކުރާ ޑުރައިވަރުން ވެސް

  25. ޢާމްދަނީ އިތުރުކުރަން ތިޔޮށް ފިތާ ވަރެއްދޯ. މިހާރުވެސް މަހެއްގެ މައްޗަށް ތި ޑްރައިވަރުން 25000ރ އާއި 35000ރ އެބަ ހޯދާ .އެއީ ހާދަ ބޮޑު އެއްޗެކޭ. ހަމަ އެކަނި ޕިކަޕް ދުއްވާކަން. އެއްޗެހި އަރުވާ ބާލަނީ ވެސް މުދަލުގެ ވެރިފަރާތުން. ނޫނީ

  26. ޑްރައިވަރުންވެސް ދޫކޮށްލާ ޕަބްލިކް ވާކްސްއާ އެސްޓީއޯ ލޮރީ ވަގުތީގޮތުންނެރެ ލޮރީ ތަކުގެ ދަށުން ސަލާމްތްވޭ މާލޭގަ އުލޮރީޑްރައިވަރުންނާމަޖޫރީން އެކަނިތަ ؟ ނުވާނެ ތިކަމެއް އެމްޕީއެލް ކައިރީ ލޮރީޕާކްކުރުމުގެ ހުއްދަވެސް ބާތިލް ކުރޭ

  27. މިއީވެސް މިރާއްޖޭގަ ހައިރާން ވާންޖެހޭ ބޮޑު ކަމެއް...
    ކޮންމެ ޕިކަޕެއް އަދި ކާރެއް ޕާކް ކުރާނެ ގަރާޖެއް ދައްކާފަ ގަރާޖް ސިޓީ ދިނީމަ ޓ.މިނިސްޓްރީއިން މިވެހިކަލްތައް ރަޖިސްޓްރީކޮށްދެނީ...އެކަމަކު މިއިން އެއްވެސް ވެހިކަލްއެއް ޕާކްކުރާކަށް މިއިން އެއްވެސް ގަރާޖެއް ނޯވޭ...މިގަރާޖް ސިޓީ ގަންނަން ލިބެނީ 35،000ރ އަށްވުރެން މަތިން.
    އަޅުގަނޑު އާދޭސްކޮށްފަ ދަންނަވަން މިފައިސާގެ ބޭނުން ރަންގަޅު ގޮތުގަ ދަަޢުލަތަށް ވައްދާފަ ރަންގަޅު ޕާކިން ނިޒާމެެއް ޤާއިމް ކުރުމަށް.

  28. ތީހަމަ ބަހަނާ، އަހަރުންނަށް ބޮޑު ދުއްޕާނެއް މަގުމަތީ ޕިކަޕުތައް މުދާ ބަރުކޮއް ލުއިކުރަން ޓްރެފިކް ޖޭމްގަ އޮންނައިރު

  29. ހަގީގަތުގައި މާލޭގައި ޕިކަޕް ދުއްވާ އަދި ޓެކްސީ ދުއްވާ މީހުންގެ ތެރޭގައި ރާއްޖެތެރޭން މާލެ އަށް އަރާތިބި ފަސްމާމުލު ފަސްވަގުންގެ ދަރިން ވެސް ހިމެނެއެވެ. ކަން މިހެން ހުރުމުން ސަރުކާރުން އެބަޖެހޭ މާލޭގައި ޕިކަޕްސް ތަކާއި އަދި ޓެކްސީ ތައް ދުއްވޭނީ ސީދާ ސަރުކާރުގައި ރަޖިސްޓްރީ ކޮށްގެން އަދި ވަކި ޔުނިފޯރމް ގައި ތިބޭ ބަޔެއް ކަމަށާއި އަދި އެމެން ޓެކްސީ ދުއްވާ އިރު ދެން ފަންޑަމެންޓަލިސްޓުން ތިބޭ ގޮތަށް ބިރުވެރި ގޮތެއްގައި ދަތް ދޮޅި ދަށަށް ބަރު ކޮށްގެން ވެސް ނުތިބެވޭނެ ކަމަށް. މީ މާލެ އަންނަ ޔޫރަޕްގެ ގެސްޓުން ވަރަށް ބޮޑަށް ޖައްސާ މައްސަލަ އެކެވެ. ޓެކްސީ ޑްރައިވަރުންނާއި ނޫން މިސަރުކާރު ރައްޔިތުން ހަވާލު ކުރީ. 2013 ގައި ވޯޓް ލީ ރައްޔިތުންގެ %85 ރައްޔިތުން ވޯޓް ދިނީ މަމެން ޕިންކީންގެ ބިއުޓިފުލް ސަރުކާރަށެވެ. ޓެކްސީ ޑްރައިވަރުންނާއި އަދި ޕިކަޕް ޑްރައިވަރުން އެބަޖެހޭ ސައިޒުން ކަނޑާ ތިރި އަރުވާލަން ހަމަ މިހާރު.

  30. ރައްޔިތުމީހާ

    ވަރަށް ރަގަޅު ނިމުމެއް. ވަޒީފާ އަދާކުރުމުގެ ހައްޤުވަނީ މިއަދު ސަރުކާރުން ނިގުޅައިގެންފައި.

  31. ނުކައިނުބޮއި ތިބޭނެ ކަމުގެ އިންޒާރު ދިނުން ކަހަލަ ކަމެއް ތިޔައީ!

  32. ޙަސަން ހުސޭން

    ޙަމައެކަނި އަމިއްލަ އެދުމައްވިސްނައިގެން މިހާރަކު ނޫޅެވޭނެ ވިސްނުންތެރި ގޮތަކީ ދަތުރުތައް ކުރުން އެހެންނޫންނަމަ އަހަރެމެން ޕިކަޕް ދުއްވަންފަށާނަން

  33. ކޮންމެވެހިކަލެއްވެސް ގަރާޖެއްގަރަޖިސްޓްރީކުރޭ އެހެންވީމަ އެގަރާޖުގަ ޕިކަޕްވާއްވަންއާދަކުރޭ

  34. އާއްމު ފަރުދެއް

    މަ ހިތަށްއަރާ މި ކޮމެންޓް ތަށް ކޮއްފަ ތިބި މީހުނަކީ ޕިކަޕް ޑްރައިވަރުންނަމަ މިގޮތަށް މިމީހުންގެ ކޮމެންޓްތަށް އައިސްދާނެބާއޭ.. އާމްދަނީ ހޯދާގޮތަކީ ޕިކަޕް ދުއްވުންކަމުގައި ވާނަމަ މި ޝުޢޫރު މިގޮތަށް ފާޅުކުރިސްބާއޭ..

  35. ދުނިޔޭގެ އެހެން ގިނަ ޤައުމު ތަކުގާވެސް އެއްޗެއް ހަމަ ގަންނަ ގޮތަށް ޕިކަށް ލަިގެން ނުގެންދެވޭނެ. ޓްރާންސްޕޯޓް އިން ނިންމި ގަވަިދަކީ ހަމަޔަށް ވިސްނި ރަނގަޅު ނިންމުމެއް

  36. ތިނޫނަސް ދަންވަރު މަސައްކަތް ކުރާމީހުން އުޅޭ. އެކަމް އިންސާނީ ހައްގޭ ކިޔާފަ ނުދުވޭ. ގަޑިކަމުނުދައްނާމުން ކުރާނެ އެހެންކަމެއް ހޯދީމާ ވީ އެއްނު