ދިވެހިރާއްޖޭގެ މުވާސަލާތީ އެންމެ ބޮޑު ކުންފުނި، ދިރާގުން ތައާރަފްކޮށްފައިވާ ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ޕްރޮމޯޝަން ފަށާފައިވާއިރު، ދިރާގުގެ ފަރާތުން މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ ދިރާގު ޓީވީ ގެ 'ޑިޒްނީ ޗެނަލް' އިތުރަށް ޕްރޮމޯޓު ކުރުމުގެ ގޮތުންނެވެ.

މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އާއިލާގެ އިތުރުނ ތިން މީހަކު ގޮވައިގެން ޗައިނާގެ ޝަންހާއީ އަށް ދެވޭއިރު، އެ މީހުންގެ ދެކޮޅު ޓިކެޓާއި، ފަސް ދުވަހުގެ ހުރުމާއި، ޝަންހާއީގައި އޮންނަ ޑިޒްނީލޭންޑް އަށް ދިޔުމުގެ އެއް ދުވަހުގެ ޕާސް ލިބިގެން ދާނެއެވެ.

ޑިޒްނީ ލޭންޑަކީ ކުޑަކުދިން އެންމެ ދާ ހިތްވާ އެއް ތަން ކަމުގައި ވެފައި އޮންނަ އެއް ތަނެވެ.

ޑިޒްނީ ގެ ޗެނަލްތައް ރާއްޖޭގައި ދުރަށް ފޮނުވަނީ ދިރާގު ޓީވީ އިން އެކަންޏެވެ. އެގޮތުން ޑިޒްނީގެ 4 ޗެނަލް އެއް މިހާރުވެސް ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް ބެލޭނެއެވެ. އެ ޗެނަލްތަކުގެ ތެރޭގައި ޑިޒްނީ އިންޓަނޭޝަނަލް، ޑިޒްނީ ޖޫނިއާ، އަދި މާވެލް ހިމެނެއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ގައި ދިރާގުގެ ފަރާތުން ވާހަކަ ދައްކަމުން އެ ކުންފުނިން ވިދާޅުވީ މިހާރުވެސް ޑިޒްނީ ގެ އިތުރު ޗެނަލްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަން ގައި ދިރާގު ޓީވީ ގެ ޙިދުމަތް މިހާރު ބޭނުން ކުރަމުން އަންނަ ބޭފުޅުންގެ އިތުރުން އަލަށް ދިރާގު ޓީވީ ޙިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެ ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު