ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ން އެމެރިކާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރުން ތަކެއް ހިމެނޭ ޓީމެއް ގެނެސްފިއެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި އެމީހުން ގެނެސްފައިވަނީ ރާއްޖޭގެ ސަގާފަތާއި، ކަނޑު އަޑީގެ ރީތިކަން ތަޖުރިބާކޮށް، ދެމެހެއްޓެނެވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަރުވަން ކުރަމުންދާ މަސައްކަތްތަކާއި މުރަކަ ދިރުވާ އާލާ ކުރަން އެ ރިސޯޓުތަކުން ކުރިއަށް ގެންދާ ހަރަކާތްތައް ދެނެގަތުމުގެ އިތުރުން މުނިފޫހި ފިލުވުމާއި ކުޅިވަރުތަކުގައި އެމީހުން ބައިވެރިކުރުވުމުގެ މަގްސަދުގައި ކަމަށެވެ.

އެމީހުން ތިބޭނީ ޑައިމަންޑްސް އަތުރުގާ އާއި ލަކްސް ސައުތު އަދި ރީތިފަރު ރިސޯޓްގަ އެވެ. ދަތުރު ނިންމާލުމަށްފަހު މި ޓީމް ރާއްޖެއިން ފުރާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ދަތުރުގައި ކުރާ ތަޖުރިބާތައް އިންފްލުއެންސަރުންގެ ސޯޝަލްމީޑީއާ އެކައުންޓު ތަކާއި ބްލޮގް ތަކުގައި ހިއްސާކުރާނެ ކަމަށާއި، އެ މާކެޓިންގް ހަރަކާތުގެ ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން އެމެރިކާގެ ފަތުރުވެރިންނާ ހިއްސާކޮށް ސަމާލު ކަމަށް ގެނައުން ކަމަށެވެ.

މި ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާދާއިރާއެއްގައި އިޝްތިހާރު ކުރަން އެކުންްފުނިން މިއަހަރު ކުރިއަށް ގެންދާ އެފަދަ ދަތުރުތަކުގެ ތެރެއިން ދަތުރެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަވީލާ

    ބޮޑައް ބެލެވެނީ އެއްޗެކޭ ކިޔައިގެން ރާއްޖޭ ގަޑުބަޑު ކުރަން ގެނެސްގެން އުޅޭ ކާފަރުދީން ފަތުރާ މީހުންނާއި ގަޑުބާޑު އޮޕަރޭޝަންތައް ހިންގާ ގުރޫޕުތައްހެން..

    2
    1
  2. ހަސަނު

    އުނމީދުކުރަން ރަންގެ ޅު ބދަލެއް ދިވެހިންގެ ސަޤާފަތައްވެސް ގެނެސްދޭނެކަމަށް

  3. ފަތުރުވެރިޔާ

    މުޅިންވެސް މިފެންނަނީ ހިލޭއެހީގަ މިރާއްޖެއަށް ދޮންމީހުން ގެންނަތަން.. ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ނަމުގަ.. އަހަރެމެން ގެންދެބަލަ ފަތުރުވެރިކަން އިޝްތިހާރުކުރަން.. ތިޔަ ފޭސްބުކާ ޓުވިޓާ އިސްޓަރގްރާމްގަ އަހަރެމެންލާ ފޮޓޯތަވެސް ރީތިވީމަ ބަލާމީހުންތިބޭނެ.. މިހުރިހާ ދުވަހު ފަތުރުވެރިން އައީ އެމީހުން އަމިއްލަ ޙަރަދުގަ މިވެރިކަން އައުމުން އެކަންވެސް ދިވެހިންނަ ގެއްލުން ބޭރުމީހުންނަ ފައިދާ.. އަހަރެމެންނަ ވެރިކަންކުރަން އައީ ބައެއްނޫންވިއްޔާދޯ.. މަދެއްކޮށެނޫނޭ ހިލޭއެހީގަ މީހުން އެތެރެމިކުރަނީ ގްރޫޕެއްގަ 100މީހުން.. މީ އަޅެވިސްނަން ވެއްޖެކަމެނޫންތަ..