މ. މުލީގައި ސަރުކާރުން ތަރައްގީކުރަމުންގެންދާ އެއާޕޯޓު ނިމުމުން ރާއްޖޭގެ ކޮންމެ ރަށަކުންވެސް 30 މިނެޓު ތެރޭގައި އެއާޕޯޓުތަކަށް ދެވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ވިދާޅުވެއްޖެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއާޕޯޓަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއު ނިމުމާއެކު އެ ވައުދު ފުރިހަމަ ވާނެކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ވަނީ ހާމަކުރައްވައިފައެވެ.

ދައުލަތުގެ މީޑީއާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރު ވިދާޅުވީ، މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫތައް އަންނަ އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށެވެ.

އަދި މިހާރު ތަރައްގީ ކުރަމުންދާ ގިނަ އެއާޕޯޓުތަކުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށާއި މިހާރު ކުރެވެމުންދަނީ ރަންވޭތައް ގާއިމް ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

ރީޖަނަލް އެއަރޕޯޓްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަޤީލް ޕީއެސްއެމްއސށް ވިދާޅުވިގޮތުގައި، ކޮންމެ އަތޮޅެއްގައި މި ވައުދު ފުރިހަމަކުރުމަށް އެއާޕޯޓު ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ނޫނެވެ. މިހާރު ރާއްޖޭގައި އެއާޕޯޓުތައް ހުރި ތަންތަނަށް ބަލާއިރު އަމާޒަށް ފެތޭވަރު ވާކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިން ހާމަކުރައްވައެވެ.

މީގެ އިތުރުން ހދ. މަކުނުދޫގައި ސީޕްލޭންގެ ދަތުރުތައް ފެށުމުގެ ވިސްނުން ގެންގުޅޭކަމަށް ސާމީ އިން ވިދާޅުވެފައިވެއެވެ. ސާމީ ވިދާޅުވީ މިގޮތަށް ނިންމުމުގެ ވިސްނުން އައީ އެ ރަށަކީ އެހެން ރަށްތަކާއި އެކަހެރިކޮށް އޮންނަ ރަށެއް ކަމުން ކަމަށެވެ.

ރާއްޖޭގެ 13 ރަށެއްގައި އެއާޕޯޓު ހިދުމަތް އަންނަނީ ދެމުންނެވެ. ވީހާވެސް ފަސޭހައިން އަދި ރަށްރަށާ ކައިރީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ނިމިގެންދިޔަ ރައީސް އަބްދުﷲ ޔާމީނުގެ ދައުރުގައިވެސް ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ރީޖަނަލް އެއަރޕޯޓް

  ރީޖަނަލް އެއަރޕޯޓަކީ ކުންފުންޏެއް ނޫން، އެއީ ސަރުކާރު އޮފީހެއް.

 2. Anonymous

  ކާޅު ހާލި ހެދީމަ ކޮވެލި ބިސްއަޅަނީތާ. ތިޔައީ ތަރައްޤީގެ ބާނީ ފައްޓަވާފަހުރި ޕްރޮޖެކްޓްތައް ނިންމާ ރިބަން ކެނޑުމުގެ ކުރިން ރައްޔިތުންގެ ބޮލަށް ޗިޕްޖަހަނީ. ކިނބޫގެ ރިޔާސީ ވަޢުދަކީ ޖަޒީރާވަންތަ ރަށްތަކެއް މުޅިން އެކަހެރި ކޮށްފަ ބޭއްވުން. ޙުން އައިމަ ކެލާ ޖަހާ ރޯގާ ޖެހުނީމަ ކަޅުދިރި ފުނޑާފަ ބޯންދިނުން. ކޮންބަޔަކަށްތަ އޮޅުވާލަން ތިއުޅެނީ.

  17
 3. މުލީ އަހައްމަދު

  މުލީގައި އެއަރޕޯޓް އެޅުމުގެ މަސައްކަތެއް އަދި ނުކުރޭ. މިވަރު ބޮޑުދޮގެއް ހަދަން ހެޔޮނުވާނެ.

  15
 4. ޝާހް، ރ.ވާދޫ

  އިބޫ ސޯލިހުގެ ވައުދުގެ ނަންބޯޑު އެޅުވީމަ އެއޮތީ އިބޫސޯލިހުގެ ވައުދަކަށްވެފަ. ރއީސް ޔާމީން ތިއުސޫލުން އެއަރޕޯޓް އަޅަން އުޅުނީމަ އެންމެ ގަދަޔަށް އެކަމާ އިދިކޮޅަށް ވާހަކަދެއްކި ބައިގަނޑުތީ. މިހާރު މީނަގެ ސިޔާސަތަކަށްވެ މީނަ މެޑަލްޖަހާލީ. އިބުރާހިމާ ގުނާލަބަލަ ރ.ޔާމީން ސަރުކާރުގަ އެއަރޕޯޓް ތަރަށްގީފަށާފަ އޮތީ ކިތަށް ރަށުގަތޯ؟ ގުނާލަބަލަ މާސިންގާ ބިން ހިއްކާފައޮތީ ކިތައްރަށުގަތޯ؟ ކަލޭ ރިބަން ކަނޑާ އޭގެ ފޮނިކޮޅު ބޯލާނެ ލައްކަ ޕްރޮޖެކްޓް ރައީސް ޔާމީނު ފައްޓާދީފަ އެދިޔެއްް! ކަލެޔަކަށް އިތުރަށް ކުރާނެ ކަމެއް ދެން ނޯންނާނެ ފޮނި ބުއިން ނޫނި. ގަބޫލުކުރަން ދަތިވާނެ. އެކަމަކު މީ ހަގީގަތް.

  14
 5. މަތިންދާބޯޓު

  ހުރި ނުލަފާކަން ދެކިބަލަ.. ތިއެއާރޕޯޓަކީ ކޮންސަރުކާރެއްގެ މަސައްކަތެ. ތިމަސައްކަތަށް ފަންޑްހޯދާ މަސައްކަތުގެ އަމަލީ ކަންކަން ކުރީ ކޮންބައެއް.. ފޮނިބޯން ފޯރިއެބަހުއްޓެނުން.. ބަލަގަ މިސަރުކާރުގެ 10މަސްދުވަހުން މިރާއްޖޭގަ ހިންގި އަމިއްލަ އެއްވެސް ޕްރޮޖެކްޓެ ދައްކަބަލަ.. ހޯރަފުށީ އެއާރޕޯޓުވެސް މިސަރުކާރުން މެޑެލްޖެހެޔަސް އެއީ ކާކުގެ މަސައްކަތެ. މިއަންނަ އަހަރު ހުޅުވާ އެއްވެސް އެއާރޕޯޓެއްގަ އިބުރާހިމު މުހައްމަދުގެ އެއްވެސް ހިއްސާއެ ނޯންނާނެ.. 7އަހަރު ބަޖެޓަށް ވޯޓުނުދީެިންމީހެއް.. އޭނަގަ ވައުދެކޯ 30މިނުޓުންދެވޭ އެއާރޕޯޓު އެޅުމަކީ ބަލަ އެވައުދު އޮތްތަންވެސް އޭނަކުރެން އަހާބަލަ ހަދާންހުރިތޯ.. ވަގުތުގަ ނުޖަހާނެ މިހާރު އިބޫއަށް ފާޑުކިޔާ ކޮމެންޓެ.. ހެޔޮނުޖެހިޔަސް އަހަރެމެން ނުވިކޭނެ ބަޔަކުމީހުން ފައިސާފަހަތުން ދުވިޔަސް. މިސަރުކާރަކީ މަންމަން ބީރު ސަރުކާރެ.. އިބުރާހިމަށް އިގޭ އެއްކަމެވެސް..

  14
 6. ޢަބްދުﷲ

  ރައީސް އިބޫ ސޯލިހު ހާދަ ދެރަ ވާނެއޭ. މިސަރުކާރުން ވައުދު ފުއްދަން ކުރި ކަމެއް އެބައޮތްތޯ؟

 7. ފެނޭތަ؟؟

  ކޮބާ ޖ ނާޒިމުއަށް ހީވޭ ކަމެކޭ.. ކަންތައްތައް ކުރެވޭވަރު (އަތޮޅު) ދަރީން ދާއިރާއަށް ހޮވީމަ އަންނަތަރައްޤީ ފެނޭތަ؟؟ 15 އަހަރު ވަންދެން މަޖިލީހުގެ ގޮނޑިހޫނުކުރަން، ވަކި ރަށެއްގެ ބައެއްގެ ޙާދިމަކަށް ވެގެން ހުރެ، އަމިއްލަ ޖީބު ބޮޑުކުރުމުގެ ނަތީޖާ ފެނެ؟؟ ދެން އިންޝާﷲ ދުވަހަކުވެސް މ.ގެ ގޮނޑިއަކަށް ޖ.ނާޒިމެއް ނުހޮވާނަން.. 3 ދައުރު ، ދާއިރާގެ ރައްޔިތުންގެ ލޮލުގައި އަދުންއަޅުވައިގެން އުޅެވިއްޖެ... ފުދިއްޖެ.. ކޮށްދިންކަމެއް ވީކަމެއް ހަރާން..

  6
  5
 8. އާދަމް

  މިމީހުން ލަދެއްވެސް ނުގަނެޔޭ ދޯ! ރާއްޖޭގެ ރަށްތަކުގައި އެއާޕޯޓުތައް އެޅީ ރ ޔާމިން.. އިބޫ ވެރިކަމަށް އައިއިރުވެސް ވަނީ ގިނަ އެއާޕޯޓުތަކެއް ނިންމާފަ.. ވައުދެއްވުމަކީ ހާދަ ފަސޭހަ ކަމެކޭދޯ<. އަދި ބުނެލަން އ.އ ގެ އެއްވެސް ރަށަކުން 30 މިނެޓު ތެރޭ ދެވޭނެ އެއްވެސް އެއާޕޯޓެއް މި ދިވެހި ރާއްޖެ އަކު ނޯންނާނެ... އުދުހިފަނޫނީ

  10
  • ދެކުނު

   އަރިއަތޮޅަކަށް ދެން އިތުރު އެަރޕޯޓެއް ބޭނުންނުވާނެ.. އަރިއަތޮޅުގެ އެއަރޕޯޓް އެއޮތީ ސަރހަހައްދުގެ އެންމެ މުހިއްމު ހަބުގައި އަޅާފަ.

 9. މޭމް

  އެއަރ ޕޯޓް އަޅަން ފަށައިގެން ދޯ ނިމޭނީވެސް.........

 10. ޥަރަށްސާފު

  މަކުނުދޫ މީހުން އެއާ ޕޯޓަށް 30 މިނިޓުތެރޭ ދާނީ އުދުހިފަބާ؟

 11. ހަސަނު

  ޝުކުރިއްޔާ ރައީސް ޔާމިން. ޟަނިކުފާނުގެ ވައުދުތައް ފުދިއްޖެ

  16
 12. ކާރިމް

  ކާޅު ހާލިހެދީމަ ކޮވެލި ބިސްއަޅަން ރެޑީވަނީ ދޯ..... އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަގު ސަރުކާރުން އަޅަންފެށި އެއްވެސް އެއަރ ޕޯޓެއް 2020 ނުހުޅުވޭން... މި ވަގު ސަރުކާރަށް 10 މަސްވެގެން ދާއުރު ފިނިހަކަ ސްޕީޑްގަ އަދި ދަނީ.. އަދި އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަގު ސަރުކާރުގެ ތަރުޖަމާން ބުނާގޮތުން 100 ދުވަސް ވެސް ހަމަނުވޭ... ދެން އަތް ޖަަހާ..

  7
  1
 13. ދޮންތަ

  މިހާރު ދިއްގަރު ދާއިރާގެ ގޮނޑީގަ އެއިން މީހާ އިންދެގެން އެއް ކަމެއްވެސް ނުވާނެ ޒުވާނުން ޖޯޒީބައެއް ހޯދަން ދިޔައީމަވެސް ކުރީ މަލާމާތް ދެން އެވަރު މީހަކައް ކޮންކަމެއް ކޮއް ދެވޭނީ

 14. ސިރާޖު

  މުލީގައި ބިންހިއްކީ ރައީސް ޔާމީނުގެ ސަރުކާރުން. އިބޫގެ ސަރުކާރުން އަދި މިރަށުގައި މުލީގައި އެއަރޕޯޓް އެޅުމުގެ އެއްވެސް މަސައްކަތެއް ނުފަށާ. މަޖްލިސް މެމްބަރ ވިދާޅުވީ ހޮވުމުން 02 މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެކަމަށް. އެހެން ބުނިފަހުން 04 މަސްވީ އިރުވެސް އެއްވެސް މަސައްކަތެއް ނުފަށާ.. މިހާރު ކިޔަނީ މިފެށޭ އަހަރު ނިމުމުގެެ ކުރިން ފަށާނެކަމަށް.. މުލީގައި އެއަރޕޯޓް އެޅުންދަނީ އިބިލީހުގެ ކައިވެންޏަށް... މިސަރުކާރަށް މިކަން ވާނެބާ........