ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު ރާއްޖޭގައި ގިނަ ޙަރަކާތް ތަކެއް ހިންގުމަށް ހަމަޖެހިއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތްތައް ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގައެވެ. ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ ވ.އަތޮޅުުންނެވެ. ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ރާއްޖޭގައި މިއަހަރު ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ހިންގަން ރޭވިފައިވާ ބައެއް ހަރަކާތްތަކުގެ މައުލޫމާތު ރޭ މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.

ރާއްޖޭގެ ކޮންމެ އަތޮޅަކުން އަންހެން އަދި ފިރިހެން ފަލި ޖެހުންތެރިއެއް މެދުގައި ފަލި ޖެހުމުގެ މުބާރާތް

26 ވަނަ ދުވަހު ކެޔޮދޫ އިން އަންހެން ފަލި ޖެހުންތެރިން ފަލި ޖެހުމަށްފަހު އެ އަތޮޅު ފެލިދޫ އަށް ގޮސް އަދި ފެލިދޫ އިން ފިރިހެން ފަލި ޖެހުން ތެރިން ތިނަދޫ އަށް ގޮސް ރޭސް ނިންމާނެއެވެ. އެރޭ ވ ކެޔޮދޫ ގައި ސަންގު ފުމުމަށްފަހު ސަގާފީ ކެއުމަކާއެކު، ދިވެހި ފަންނާނުންއެކު ތަފާތު އެކި ހަރަކާތްތަކެއް އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އަދި ރާއްޖޭގައި އެންމެ ބޮޑު އީދު ބޮނޑީގައި ރޯކޮށް ހަވާ އެރުވުން އޮންނާނެއެވެ.

ފުޓްބޯލް ފިއެސްޓާގެ ގުރުނެގުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފުޓްބޯލް ފިއެސްޓާގެ ގުރުނެގުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި އަހަރުގެ ޖޮބް ފެއެރ ލޯންޗްކުރުން

މިއަހަރުގެ ޖޮބް ފެއާ ފައްޓާނީ "ފަތުރުވެރިކަމާއި ވަޒީފާ، އެންމެންނަށް ފަހި ކުރިމަގެއް" މި ޝިޢާރުގެ ދަށުންނެވެ. ޖޮބް ފެއާ ކުރިއަށް ދާނީ މި މަހުގެ 27-29 އަށް ހުޅުމާލެ 2 ވަނަ ފިޔަވަހި. (ފަރުކޮޅުފުށި) ގައެވެ.

ޖުމްލަ 500 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް 3 ދުވަހުގެ ތެރޭގައި ފަރުކޮޅުފުށީ ގައި ކުރިއަށް ދާ އިރު 350 އަށްވުރެ ގިނަ ވަޒީފާ 3 ދުވަހުގެ ތެރޭގައި ކަށަވަރުންދާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ، ރާއްޖޭގެ ބޮޑެތި ހުރިހާ ރިސޯޓު ތަކުން ފަރުކޮޅުފުށީގައި ކުރިއަށް ދާ ޖޮބް ފެއާ ގައި ބައިވެރި ވާނެއެވެ. ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ވަޒީފާ ހޯދަން ބޭނުންވާ ޒުވާނުންނަށް މުޅިން ހިލޭ އެ ރަށަށް އިންޓަވިއު އަށް ދެވޭނެ އިންތިޒާމް ހަމަޖައްސާނެއެވެ.

ފްރީ ޑައިވިންގް ވޯލްޑް ރިކޯޑް އެޓެމްޕްޓް

01 އޮކްޓޯބަރު މެންދުރު 14:00 އެއްފަހަރާ 500 އަށް ވުރެ ގިނަ ފްރީ ޑައިވަރުން ބަރޮސް މޯލްޑިވްސްގެ ފަޅު ތެރޭގައި ފީނާނެއެވެ. މިއީ ގިނިސް ވޯލްޑް ރިކޯޑް އާ ގުޅިގެން ވޯލްޑް ރިކޯޑެއް ގާއިމްކުރަން ހިންގާ ހަރަކާތެކެވެ. މި ހަރަކާތުގައި ދުނިޔޭގެ ފްރީ ޑައިވްގެ ޗެމްޕިއަންވެސް ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

ރާއްޖޭގެ ފުރަތަމަ ޓުއަރިޒަމް ވިޒިޓާ ސެންޓަރުގެ ބިންގާ އެޅުން

ރާއްޖޭގެ ފުރަތަމަ ޓުއަރިޒަމް ވިޒިޓާ ސެންޓަރެއް އެޅުމަށް ހަމަޖެހިފައިވަނީ ރ. އަނގޮޅިތީމުގައެވެ. މިފަދަ ސެންޓަރެއްގެ ބޭނުމަކީ ފަތުރުވެރިކަން އިތުރަށް ކުރިއަށް ގެންދިޔުމަށާއި ދިވެހިންގެ ތާރީހުގެ މަންފާ ދިވެހިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ހޯދައިދިނުމަށެވެ. މި ސެންޓަރުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހުގައެވެ.

ފުޓްބޯލް ފިއެސްޓާގެ ގުރުނެގުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފުޓްބޯލް ފިއެސްޓާގެ ގުރުނެގުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޓުއަރިޒަމް އޯޕެން ޑޭ

ޓުއަރިޒަމް މިނިސްޓްރީގެ މަސައްކަތް ކުރިއަށް ދާ ގޮތް ސްކޫލް ކުދިންނަށް ދެއްކުމުގެ ގޮތުންނެވެ. އެގޮތުން ޓްރެވެލް އެންޑް ޓުއަރިޒަމް ކިޔަވާ ކުދިން މިނިސްޓްރީ އަށް ގޮސް މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި ސުވާލު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ޓުއަރިޒަމް އޯޕެން ޑޭ އޮންނާނީ އޮކްޓޯބަރު 02 ވަނަ ދުވަހުއެވެ.

ކިޑްސް ފުޓުބޯލް ފިއެސްޓާ

02 އޮކްޓޯބަރުގެ ހެނދުނު 06:00 އިން ފެށިގެން މި މުބާރާތް ކުރިއަށް ދާނެއެވެ. މި މުބާރާތަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލް ތަކުގެ މެދުގައި 13 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކުރެވޭ ފުޓުބޯޅަ މުބާރާތެކެވެ. މި މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިޔަކަށް ސްޕެނިޝް ސޮކާ ސްކޫލަކަށް ތަމްރީން ތަކަށް ފޮނުވޭ އިރު، ޑްރީމް ޓީމްގެ ކުޅުންތެރިންނަށް ގައުމީ 13 އަހަރުން ދަށުގެ ޓީމަށް ހޮވުމުގެ ފުރުސަތު ލިބޭނެއެވެ.

މޯލްޑިވްސް ޓުއަރިޒަމް ކޮންފަރެންސް އެންޑް ގާލާ ޑިނާ

03 އޮކްޓޯބަރު ގައި 4 ސެޝަން އަކަށް ބަހާލައިގެން ޓުއަރިޒަމް ސިނާޢަތުގައި މަސައްކަތް ކުރައްވާ އިސް ވެރިން، ފަތުރުވެރިކަމުގެ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ކުރުން އޮންނާނއެވެ. ހަރަކާތް ނިމޭނީ ރޭނގަޑުގެ ހަވާ އެރުވުމަކުންނެވެ.

މި ހަރަކާތްތައް އިންތިޒާމް ކުރަނީ ޓުއަރިޒަމް މިނިސްޓްރީ އާއި ރާއްޖޭގެ ގިނަ ރިސޯޓުތަކެއް އަދި ޓުއަރިޒަމް ސިނާޢަތުގައި މަސައްކަތް ކުރާ ބޮޑެތި ކުންފުނިތަކެއް ގުޅިގެންނެވެ.

ފުޓްބޯލް ފިއެސްޓާގެ ގުރުނެގުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފުޓްބޯލް ފިއެސްޓާގެ ގުރުނެގުމުގެ ހަފްލާ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ފަތުރުވެރިކަމުގެ ސިނާޢަތް ކަނޑައެޅުމަށް ބާއްވާ ޓުއަރިޒަމް ކޮންފަރެންސް ހަރަކާތް ނޫން އެހެން ހަރަކާތްތަކަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރާނެ ކަންތައްތަކެއް ނޫނެވެ. އެ ހުރިހާ ކަންކަމަށް ޚަރަދު ކުރާނީ ޓުއަރިޒަމް ސިނާޢަތުގައި މަސައްކަތް ކުރާ ކުންފުނި ތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަމަ

    އަނެންކާ ގުންފައި ޖަހާފައި ބޫން ބޫން ކިޔާފަ މަޖީދީމަގުގަ ދެކޮލައް ދުވަންބާ މިއުލެނީ

    7
    1
  2. ސަލީމު

    ޢީދެއް ފާހަގަކުރޔަސް ތިޔަ ކުރެވެނީ ރައީސް ޔާމީން ތިފެންވަރަށް ދާއިރާ ކުރިޔަށް ގެންދަވާފަ އޮތީމަ! މިހާތަނަށް 10 މަސް ފާއިތުވިއިރު މުސާރަނެގުމާ ފޮނިބުރުއްސާ ގޮވާންކެނޑުން ނޫންކަމެއް ކަލޭ ނުކުރޭ!

  3. ޙުސައިން މ. މުލި

    ފިތުރު ޢީދާ އަޟުޙާ ޢީދު ނޫން ޢީދެއް ނޯންނާނެ ކަލޯ މޮޔަ ނުވޭ

    8
    3
  4. ނިޒާމު

    ފޯއްކޮށައިގެން ގައުމުދަވާލައިފަ މިހާރު ތިއުޅެނީ އަނެއްކާ ކުޅވަރު ނުކުޅެވިންދޯ..މިދެންކިހާދެރަކަމެއް ރައްޔިތުންގެ ތެކްސްފައިސާކޮޅު ހުސްކުރަނީ

  5. ބާޝާ ބާއީ

    ކުޅިވަރު ކުޅެން ނޫޅެ މުސާރަ ކޮޅު ހަލާލު ވާވަރު ކޮއްބަލަ ފުރަތަމަ.. މާނިޔާ މަހެއް ވަރުވާ ޓައިއެއް އަޅައިގެން ހުރެ ފޮނި ތިޔަ ކެނޑެނީ...

    2
    1