ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވެ، އިޤުތިޞާދީ ދުވެލި މިއަހަރު މަޑުޖެހިއްޖެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭ އިން މިހެން ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކްއާޓާގައި ގައުމުގެ އިޤުތިޞާދީ ހާލަތު އޮތް ގޮތް ބަޔާންކޮށް ނެރުނު ކްއާޓަލީ ރިޕޯޓްގައެވެ.

ރިޕޯޓްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ޖީޑީޕީގެ ކުރިއެރި ނިސްބަތް 4.7 އިންސައްތައިގައި ހުރިނަމަވެސް އެއަދަދު މިއަހަރުގެ ފުރަތަމަ ކްއާޓާގައި ވަނީ 3.1 އިންސައްތަ އަށް ދަށަށް ގޮސްފައި ކަމަށެވެ.

މިއަހަރު އިޤުތިޞާދީ ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއެވެ. ފަތުރުވެރިކަމުން 2.4 އިންސައްތަ ހިއްސާ ކުރާއިރު ޓްރާންސްޕޯޓާއި ކޮމިއުނިކޭޝަންގެ ހިއްސާ އަކީ 0.7 އިންސައްތައެވެ. މަސްވެރިކަން 0.6 އިންސައްތަ ހިއްސާކުރާއިރު މާލީ ޚިދުމަތްތަކުގެ ހިއްސާ އަކީ 0.4 އިންސައްތައެވެ.

އެމްއެމްއޭގެ ރިޕޯޓްގައި ވަނީ މިއަހަރު މަސްވެރިކަން ވަރަށް ބޮޑަށް ކުރިއެރި ނަމަވެސް އެންމެ މުހިއްމު އެއް ދާއިރާ ކަމަށްވާ ކޮންސްޓްރަކްޝަން ދާއިރާގެ ކުރިއެރުން ވަނީ 2013 ވަނަ އަހަރު ތިން ވަނަ ކުއާޓާއަށް ފަހު ފުރަތަމަ ފަހަރަށް ދަށަށް ގޮސްފައި ކަމަށެވެ.

"އަހަރުތަކެއް ވަންދެން ކުރިއަރަމުން އައި ދާއިރާތަކުގެ ކުރިއެރުން ވަނީ މިއަހަރުގެ ފުރަތަމަ ކްއާޓާގައި ދަށަށް ގޮސްފައެވެ." ރިޕޯޓްގައި ވިދާޅުވެފައި ވެއެވެ.

2018 ވަނަ އަހަރު އާ އެއާލައިންތަކެއްގެ ދަތުރުތައް ރާއްޖެ އަށް ފަށާފައި ވާތީ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ރިޕޯޓްގައި ވިދާޅުވެފައި ވެއެވެ. އިތުރު ފްލައިޓްތަކުން ދަތުރުތައް ކުރަން ފަށާފައި ވާތީ މިއަހަރު ފަތުރުވެރިން ރާއްޖެ އަންނަ އަދަދު މިދިޔަ އަހަރަށް ވުރެ 18 އިންސައްތަ އިތުރުވާނެ ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

އިޤުތިޞާދީ ދުވެލި މަޑުޖެހުނު ނަމަވެސް ތަކެތީގެ އަގު މިއަހަރު ބޮޑުވެފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ. ހާއްސަކޮށް ކުއްޔާއި، މޭވާ އާއި، ސިއްހީ ދާއިރާގެ ޚިދުމަތްތަކުގެ އަގު މިއަހަރު ބޮޑުވެފައިވާކަން ފާހަގަ ކޮށްފައިވެއެވެ.

މިއަހަރު ރާއްޖޭގެ އިޤުތިޞާދީ ދުވެލި މަޑުޖެހިފައިވާ މައިގަނޑު އެއް ސަބަބަކީ އާސަރުކާރަށް އަދި ގިނަ މަޝްރޫޢުތަކެއް ހިންގަން ފެށިފައި ނުވުމެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އިބްނުސޫދުއަލް ކަބީލާ

    އަޅެ މީ އެއްޗެއް އުފައްދާގައުމެއްތަ؟ ލަދުންބޯހަލާކު އުފެއްދުންތެރިކަން ދަށްވެއްޖޭކިޔާތީވެސް. ޖަހާލާ ފޮޑ ގެ ވަސްކަނޑާލެވޭވަރު އެއްޗެއްވެސް ހަދާލެވޭވަރު ގައުމެއްނޫން. އުުފެއްދުންތެރިކަން އިތިރުކުރަން ވަރަށްމުހިއްމު މަސައްކަތްތަކެއްކުރަންޖެހިފައިވަނީ. ވަރަށް ދެރަ އަދި މިއޮތް ހާލަތުހިތަށްގެނައިމަ

    15
    11
  2. އަޒާ

    ކުރިއަށް އޮތް 7 ވަރަކަށް އަހަރުވެސް ދިވެހިރާއްޖޭގެ އިޤްތިސާދު ދާނީ ދަށަށް، އަދި މި ސަރުކާރު 2023 ވަނަ އަހަރު ވެރިކަމަށް އަތުވެއްޖެނަމަ ކުރިއަށް އޮތް 15-20 އަހަރުވެސް އިޤްތިސދު ދާނީ ދަށަށް، ނަތީޖާއަކީ ދިވެހިރާއްގެ ބަނގުރޫޓް ވުން،

    55
    1
  3. އަހްމަދު

    ގައިމުން އިކޮނޮމިކް މިނިސްޓރު ބުނި ކުރީސަރުކާރުން 5 އަހަރު ހިންގި މަޝްރޫޢު ތަކަށްވުރެ ގިނަ މަޝްރޫއު މިސަރުކާރުން މިހާރުވެސް ހިންގައިފިޔޭ. އެމްއެމްއޭ އިން ދޮގުހަދަންފެށީމާ ދެން ތިޔާ ހިސާބު ކިތާބު ގަބޫލުކުރާނީ ކިހިނެއް؟

    47
    1
  4. ހުސޭނުބޭ

    ތީކީ މައްސަލައެއްނޫން! ބަޖެޓުން ވައްކަންކުރުމާއި ރައްޔިތުންނަށް ނޮހޮރުއްފާންކުރުމުގައި ވަނީ އެންމެ ކުރީގައި!

    45
    1
  5. އަހުމަދު

    36 ބިލިއަންގެ ބަޖެޓަށް ވީ ކިހިނެތް

    43
  6. ބޯހުދު ކާޅު

    އިބޫ ވާއެއް ނުވާއެއް ނޭގެ ދޯ، އަދިވެސް ވާނޭ ކިޔާފަ ބޯގަޅާލާތި، ކައެ ފަސްއަހަރު ވެރިކަމުގައި ހުރެފިނަމަ މި ގައުމު ވާނީ ސޯމާލީއާ އަށް، މިވަރުގެ ބުރާންޗެއް އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އަގު ކިޔައޭ
    ބޮއެހަލާކު

    51
    1
  7. ނާޒް

    އީސީ ޝަރީފް ބޭނުންވިގޮތް! އަލްޙަމްދު ލިﷲ!

    38
  8. މުއާވިން

    ހަހަހަހަ. ހީވޭ ކަމެއްހެން.. މިއޮތީ ވާ ސަރުކާރެއް

    43
    1
  9. މ

    އިގްތިސާދު ނޭގޭ ބަޔަކަށް ވެރިކަން ކުރަން ލިބުމުން ވާނެ ހަތަރެތި ވެ ނިމިއްޖެ . ފުރަތަމަ ގޯހަކީ ހިނގަ ހިނގާ ހުރި މަސްރޫއުތައް ހުއްޓާލުން ... އެއަރ ޕޯޓްގެ މަސްރޫއުގައި ހިމެނޭ ޓަރމިނަލް އެޅުން ހުއްޓުވި. ބީޔޫސީޖީ މީހުން ކުރަމުން ދިޔަ ސީ ޕިލޭްން ޓާރމިނަލް އަދި ވީ އައި ޕީ ޓާރމިނަލްގެ މަސައްކަތް ހުއްޓުވި..... ރާއްޖޭ ތެރޭގައި ހިންގަމުން ދިޔަ ހުރިހާ މަސްރޫއު ތައް ހުއްޓުވި .... ގެދޮރު އަޅަން ލޯނު ލިބޭނެ ކަމަށް ބުނެ އުފެއްދި ބޭންކް އެއް ވެސް ކަމެއް ނުކުރާ ތަނަކަށް ވެއްޖެ

    44
    1
  10. ހެއްލުމަކީ ގެއްލުމެއް

    ދެން އިނގިލި ބޮއެގެން ތިބެންޖެހެނީ.. ފިހާރަތަކުގެ ސޭލްސް 50 އިންސައްތް ދައްވެއްގެ.. މީހުން ރައްޔިތުން ބަނގުރޫޓް ވެއްޖެ.. ޓުއަރިޒމް ސެކްޓަރ އައްލިބޭ ފައިސާ އަކީ ރައްޔިތުން ބޭނުން ކުރަން ލިބޭ ފައިސާއެއްނޫން..

    41
    1
  11. ކާފަބޭ2019

    މަރުކަޒީބެންކުން ދެބޯގެރި ދުއްވަނީތޯ؟ ރޮކެޓުސްޕީޑުގަ ގައުމުދަތުރުކުރަނިކޮށް މަރުކަޒީބެންކުން ( އެމްޑީޕީގެހާޑުކޯމީހަކުހުރެ) ތިޔަހާމަކުރިއެއްޗެއް ގަބޫލުކުރަންވަރަށްދަތި

    24
    2
  12. ޝަބީރީ

    ބޭކާރު ކަންކަމުގައި ލޯނުތައް ނެގުމާއި، އުފެއްދުންތެރިކަމާއި ނުބައްދަލުގެ ޚަރަދުތައް ކުރާނަމަ އަދިވެސް ވަނީ ގޯސް

    31
  13. ބުރޯ

    އިގްތިސާދީ ދުވެލި ކުރެި އެރުމުގެ ބޮޑު ހިއްސާއެއް ހިމެނެނީ ދަވްލަތުގެ އާމަދަނީގެ މައްޗަށް ހެދޭ ބަޖެޓުން ރައްޔިތުންގެ އަތް މަތިގާ ދައުރުވާ ފައިސާއާ ، ބަޖެޓުން ހިނެގޭ ޕްރޮޖެކްޓް ތަކުގެ ސަބަބުންރައްޔިތުންނަށް ލިބޭ ތަނަވަސްކަމުގެ މައްޗަށް . 2019 ވަނަ އަހަރަކީ ރާއްޖޭގެތާރީހުގާ ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓް ފާސް ކުރި އަހަރު .އަދި ބަޖެޓަށް ފައިސާ އިތުރުކުރަން ފާސްކުރެވުނު ހަމައެކަނި އަހަރު. މިފަދަ ބޮޑު ބަޖެޓެސ އް ފާސްކުރި ކަމުގާ ވިޔަސް ސަރުކާރުން ހިންގޭ ކަންކަން މަދުވެ ރައްޔިތުންނަށް ލިބޭއާމްދަނީ ދަށްވެ އާއްވު ވިޔަފާރިތަކުގެ ސޭލްސް ދަށްވެ .ކޮންސްޓްރަކްސަން އިންޑަސްޓްރީޒް ދަށަށް ގޮސް އާއންމުންހިނަގާ ނިނަ ވިޔަފާރިތކުގާ އިމާރާތްތަކުގެރެންޓް ދެއްކުމަށް ދަތިވާ ހިސާބަށް ވަނީގޮއްސާ. . ސުވާލަކީ ފާސްކުރި 32 ބިލިއންގެ ބަޖެޓްގެ ފައިސާ އަށް ވީކިހިނެތްބާ ؟އިންޑިޔާސަރުކާރާ އެކުހެދިއެއްބަސްވިކަމަށް ކިޔާ 1.4 ބިލިއން ޑޮލަރުގެ ލޯނަށް ވީކިހިނެތްބާ ؟އެއީމިހާރު ނެގި އެއްޗެއްބާ؟ ނުވަތަ ކުރިންނަގަފައިވަ ދަރަންޏެއް ދަވްލަތުގެ ދަރަންޏަކަށް ބަދަލުކުރީބާ ؟އެގޭ އެއްކަމަކީ 1.4 ބިލިއން ޑޮލަރު ލިބިގެން ދަވްލަތުގެ ބަޖެޓްތެރެއިން ރައްޔިތުންނަށް ފޮނި މީރުކަން ލިބުނުނަމަ އިގްތިސާދު ކުރިއަރާ ރައްޔިތުންނަށް ތަނަވަސްކަން އައިސް ވިޔަފާރިތަކުގެ ސޭލްސް މަތިވީސް ކަން ޔަގީން. އިގްތިސާދު ދަށްވެގެންދިއުމާ. ވިޔަފާރި ތަކުގެ ސޭލްސް ދަށްވުމާ ތަރައްގީގެ މަސްރޫއު މަޑުޖެހިގެން ދިއުންފަދަ ކަންކަމުން މިކަމަާ ގިނަބަޔަކު1.4 ބިލިއަންޑޮލަރާމެދު ވިސްނަން ނުޖެހޭބާ؟

    29
    1
  14. ދަންސޫރަ

    ހުންގާނު ހިފަންނޭންގޭމީހަކު ހުންގާނަށް އެރުވީމަ ވީގޮތް

    34
    2
  15. ކަނބުލޮ

    ދެންވެސް ތި ފްލެޓްތައް އޭގެ ޙައްޤުވެރިންނަށް ދީބަލަ ދުވެލި ބާރުވާނެކަނ ޔަޤީން

    26
    1
  16. އުނބު އާދަނު

    ރަގަޅުތާ ދޯ؟ 32 ބިލިޔަން ރުފިޔާ ވީނުވީނޭގުނު! މަސްވެރިންގެ ކާޑު އޮތީ ހުސްކޮށް! މަސްވެރިން މަހަށްދަނީ ހަފުތާއަކު އެއްދުވަހު! ބޭނޭ މަސްކޮޅު ނުކިރި ކަނޑަށް އަޅާލަނީ! ކިރޭ މަދު މަސްކޮޅަށް ރުފިޔާއެއް ނުލިބޭ! 100 ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި އަޅަންބުނި އައިސް ޕްލާންޓްތައް ވީތަނެއް ނޭގޭ! މިސްކިތްތައް އެޔަރކޯންއެއް ނުކުރެވުނު! އިޤްތިޞާދު ބޮއްސުން ލައިފި! ޢުމްރާނީ ކުރިއެރުން ހުއްޓިއްޖެ! ކާބޯތަކެތީގެ އަގު އުފުލި އިންފްލޭޝަން 3 ޕަސެންޓް މައްޗަށް ޖެހިއްޖެ! ޢަދުލު އިންޞާފްގެއްލިއްޖެ! ޚިދުމަތުގެ އަގުތައް ބޮޑުވެއްޖެ! ދިވެހިން ދިވެހިންގެ ޙާލަތު ރަގަޅުން ގޯހަށް ބަދަލުކުރިގޮތަށް ، ގޯހުން ރަގަޅަށްވެސް ބަދަލުކުރެވެންވާނެ!

    38
    2
  17. ދިޔޯ

    ތިޔައީ މިގައުމުގެ ރައްޔިތުން އަމިއްލަޔަށް ހޯދައިގަތްކަމެއް. ދެންތިބޭ އަތްޖަހަން

    47
    1
  18. ގުދިބެ

    މިކަހަލަ ހަބަރެއް ނާރާނެ މިހާރު ނޫހަކަށް

    10
  19. ޒާ

    މީ އަމިއްލައަށް ބުއިބޮނޑިއެއް

    13
    1
  20. ކަލާ

    ކަލޯ މަށްއްވެސް ހީވޭ ބައެއްފަހަރު މަށައް ވެރިކަން ކުރެވިދާނޭވެސް. އެކަމް ހަގީގަތަކީ މަގޭ އެގާބިލުކަމެއް ނުހުންނާނޭ އިބޫ. ކައެ ހީކުރީ މިއީ ދިއްގަރޭ ގާޑިއާ ކަމަށްތަ ހިންގަން. އަދިވެސް ބޯގަޅާތި، ފިނދަނަތައް ފެނޭތަ!

  21. ސާލިހުގެސިޔާސަތު

    ބިން ހިއްކޭކަށް ނެތް ތިމާވެއްޓާށް ގެއްލުންވާތީ، އެއާރޕޯޓު އެޅޭކަށް ނެތް ރުށްގަސް ކަނޑަން ޖެހޭތީ، މަގު ހެދޭކަށް ނެތް ތާރުން ވެއްޓައް ގެއްލުންވާތީ، އުސް އިމާރަތެއް ހެދޭކަށް ނެތް އަރި އަޅާލަފާނެތީވެ، މަސްވެރިކަމާއި ދނޑުވެރިކަމަށް ގެއްލުންވާތީ ގިނަ އަތޮޅުތަށް ވަނީ ހިމާޔަތްކޮށްފަ، އައްޑު އާއި ފޯއްމުލަށް ބަޔޮސްފެއާ ރިޒާރްވަށް ހޭދީމަ ތަރައްގީ ކުރާނެ ތަންތަން ހުސްވެ ޖަޒީރާވަންތަވެ ނިމޭނެ. ޝުކުރިއްޔާ

  22. ބުރޯ

    މިހާތަނުން އެބަޖެހޭ މަޖިލީހުގެ މެމްބަރުންނަށްވެސް ސަރުތު ކަނޑައެޅެން ރާއީސްކަމާ ފިނޭންސް މިނިސްޓަރުކަމާ އެކޮނުމިކްމިނިސްޓަރުފަދަ މ،ަގާމްތަކށް ކުރިމަތިލެވޭނި އެކޮނުމިސްޓުންނަށް ކަމަށް ކަނޑައަޅަން އެހެން ނަހަދާ ކޮންމެ މީހަކު ވެރިކަމަށް ކުރިމަތިލަ މިފަދަ މަގަމަތަކަށް ހޮވައިގެން ފާސްކުރާ ގާނޫނުތަކުގެ ސަބަބުންނާ ކުރަންކަނޑައަޅަ ހަރަދުތަކާ ކެމްޕޭނުގެ ވައުދުތައް ފުއްދުމުގެ ނަމުގާ ކުރާ ހޭދަތަކުގެ ސަބަބަުން ގައުމުގެ އިގްތިސާދު ހަލާކުވެގެން ދިއުން ގާތް .އެފަދަ މަގާމްތަކަސް ކުރިމަތިލެވެންވާނީ އެކަމުގެ ނޮލެޖް ހުންނަފަރާތަކަށް ކަމަށް ކަނޑައަޅަންޖެހިއްޖެ.