އެޕަލްގެ އެންމެ ފަހުގެ ފޯން ކަމުގައިވާ އައިފޯން 11 ސީރީޒްގެ ފޯންތައް ސުޕަރ މޯބައިލުން ވިއްކަން ފަށައިފިއެވެ.

ސުޕަރ މޯބައިލުން ބުނީ، އައިފޯން 11 އަދި އައިފޯން ޕްރޯ، އައިފޯން ޕްރޯ މެކްސް ސުޕަރ މޯބައިލްއިން ލިބޭނެ ކަމަށެވެ. އަދި މި ފޯންތައް ވިއްކާ އަގުތައްވެސް އެހެން ފިހާރަތަކާއި އަޅާ ބަލާއިރު ރަނގަޅު ވާނެ ކަމަށް ސުޕަރ މޯބައިލުން ބުންޏެވެ.

އެންމެ ފަހުގެ ބްރޭންޑެޑް ފޯންތައް ވިއްކަމުން އަންނަ ސުޕަރ މޯބައިލުން، ސެމްސެންގ، ވާވޭ، ޒިއޯމީ، ނޮކިއާ މި ބްރޭންޑްތަކުގެ އެންމެ ފަހުގެ ފޯންތައް ވިއކްަމުން ދެއެވެ.

އަދި އެ ފިހާރައިން އެޕަލް ވޮޗް ސީރީޒް 4 އާއި ސެމްސަންގެ ވޮޗްވެސް ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން، ސެމްސަންގ އިން އެންމެ ފަހުން ނެރުނު ސެމްސަންގ ނޯޓް 10 އާއި 10 ޕްލަސް މިހާރު އެ ފިހާރައިން ލިބެންް ހުންނާނެއެވެ. އަދި އެ ފިހާރައިން ފޯން މަރާމާތް ކޮށްދިނުމުގެ ހިދުމަތްވެސް ލިބޭނެއެވެ.

އަދި މީގެ އިތުރުން، އިންސްޓޯލްމެންޓަށް ފޯނު ނަގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ސުޕަރ މޯބައިލުން ލިބޭއިރު، އެ ފިހާރައިން ފޯންތައް މަރާމާތުވެސް ކޮށްދޭނެއެވެ.

ސުޕަރ މޯބައިލް ފިހާރައާއި ގުޅޭނެ ނަމްބަރަކީ 7519966 އަދި 9918006 އެެވެ. މި ނަމްބަރުތަކަށް ގުޅައިގެން ނުވަތަ ވައިބަރ ކޮށްގެން ބޭނުންވާ ފޯނެއް ޑެލިވަރ ކޮށްދިނުމުގެ ހިދުމަތްވެސް ލިބިގެން ދާނެއެވެ. މި ފިހާރައިން މާލެ، ހުޅުމާލޭގެ އިތުރުން ރިސޯޓްތަކަށްވެސް ޑެލިވަރީ ހިދުމަތް ފޯރުކޮށްދެއެވެ.

ސުޕަރ މޯބައިލް ފިހާރަ ހުންނާނީ އަލިކަލޭގެފާނު މަހު، ބޮޑުރަސްގެފާނު މަގު ކަންމަތީގައެވެ.