ބްރައިޑް މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުންދާ ފެޝަން ޝޯގެ މި އަހަރުގެ ޓައިޓަލް ސްޕޮންސަރަަކަށް ނޯޓް ކޮސްމެޓިކްސް ހަމަަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިއްޔެ ނިއު އެޑިޝަންގައި އޮތް ރަސްމިއްޔާތެއްގައި ނޯޓް ކޮސްމެޓިކްއާއި ބްރައިޑް މޯލްޑިވްސް އާއި ޕާރޓްނަރޝިޕް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ނިއު އެޑިޝަންގެ ފަރާތުން ސޮއި ކުރެއްވީ ނޯޓް ކޮސްމެޓިކްސްގެ ޗީފް މާރކެޓިންގެ އޮފިސަރ އިސްމާއިލް އަޒްމީ އަދްނާންއެވެ. އަދި ބްރައިޑް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ މުަހައްމަދު ޝާފީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބްރައިޑް މޯލްޑިވްސްގެ ސީއީއޯ މުަހައްމަދު ޝާފީ ވިދާޅުވީ، 2018 އިން ފެށިގެން ނޯޓް އަޅުގަނޑުމެންނާއި އެއްކޮށް މަސައްކަތް ކުރެވޭނޭ ގޮތެއް ބަލަމުން އައި ކަމަށެވެ. މިގޮތުން މި ފެޝަން ޝޯގެ ޓައިޓަލް ސޮޕޮންސަރަކަށް ނޯޓް ބްރޭންޑް ވެގެން ދިޔުމަކީ އެންމެންގެ ލޯތައް މި ފެޝަން ޝޯއަށް އަމާޒުވެގެން ދާ ކަމެއް ކަމަށް ޝާފީ ވިދާޅުވިއެވެ.

ނޯޓް ކޮސްމެޓިކްސްގެ ޗީފް މާރކެޓިންގެ އޮފިސަރ އަޒްމީ ވިދާޅުވީ، ނޯޓް ކޮސްމެޓިކްސް އަކީ ދިވެހިންނާއި ވަރަށް ގުޅޭ ޕްރޮޑަކްޓަކަށްވާއިރު، މި އެއްބަސްވުމުގެ މަގްސަދަކީ މި ޕާރޓްނާރޝިޕްގެ ދަށުން ވީހާވެސް ގިނަ ދިވެހިންނަށް ނޯޓް ކޮސްމެޓިކްސްގެ ފައިދާތައް ކިޔާދިނުން ކަމަށެވެ.

ނޯޓް ކޮސްމެޓިކްސް އަކީ އެހެން މޭކަޕް ޕްރޮޑަކްޓްތަކާއި ހިލާފަށް ސްކިން ކެއާ ޕްރޮޑަކްޓެއްކަން ފާހަގަކުރަމުން އަޒްމީ ވިދާޅުވީ، މި ޕްރޮޑަކްޓްއަކީ ހަންގަނޑަށް ދިމާވާ އެކި އެކި މައްސަލަތަކަށް ހައްލު ހޯދާދޭ ގިނަ ފަތްޕިލާވެލީގެ ބާވަތްތައް ބޭނުންކޮސްގެން އުފައްދާފައިވާ ޕްރޮޑަކްޓެއް ކަމަށެވެ.

" ނޯޓް ކޮސްމެޓިކްސް އަކީ ސްކިން ކެއާ ޕްރޮޑަކްޓެއް. ފުރަތަމަ އުފެދިގެން އައިރު މި ޕްރޮޑަކްޓް އައިސްފައިވަނީ މިފަދަ ކަންތައްތަކަށް ހަމަ އެކަނި ހައްލު ހޯދާދޭ އެއްޗަކަށް. އެކަމަކު މިހާރު ނޯޓް ކޮސްމެޓިކްސް އަކީ ހަމުގެ އެކި އެކި މައްސަލަތައް ހައްލު ކޮށްދޭ ބިއުޓީ ޕްރޮޑަކްޓެއް". އަޒްމީ ވިދާޅުވިއެވެ.

ނޯޓް ބްރޭންޑްއަކީ ރާއްޖޭގައި ރީތިވާ ސާމާނުގެ ބާޒާރުަގައި އެންމެ މަގްބޫލު އެއް ބްރޭންޑްއަށް ވީއިރު މިއީ ރާއްޖޭގެ ކޮސްމެޓިކްސް ބާޒާރަށް ނިކުތް އެންމެ ފުރަތަމަ ހަލާލް ޕްރޮޑަކްޓްއެވެ.

މި ޕްރޮޑަކްޓް ގެ އަމާޒަކީ އަންހެނުންނަށް ފަސޭހަ އަދި ހިތްހަމަ ޖެހުން ލިއްބާދޭ އެންމެ މަގްބޫލް އެއް ބްރޭންޑްއަށް ވުންކަމަށް އަޒްމީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައިނާ

    ނޯޓް ވަރަށް ސަޅި ތޭންކްދް ނޯޓް މޮލްޑިވްސް ޓީމް

    2
    3
  2. ސިނީ

    ބްރައިޑްގަ މޮޑެލްކޮށްލަން ބޭނުން ކިހިނެއް ހަދާނީ؟؟؟