ފުޅާދާއިރާއެއްގައި ފަރުނީޗަރާއި، ގޭތެރެއަށް ބޭނުންވާ ސާމާނުތައް އެންމެ ހެޔޮއަގުގައި ވިއްކަމުން އަންނަ އެސްްޓާސްގެ އަހަރު ނިންމާ ސޭލް ފަށައިފިއެވެ.

މި ސޭލްއަކީ ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ސޭލްއެކެވެ. ކޮންމެ އަހަަރަކުވެސް، އަހަރު ނިމެން ކައިރިވާއިރު، އެސްޓާސް އިން ފަށާ މި ސޭލް މި އަހަރުވެސް އަންނަ ޖެނުއަރީ މަހާއި ހަމައަށް ކުރިއަށްދާނެއެވެ. މި ސޭލްގެ ދަށުން ގިނަ ޕްރޮޑަކްޓްތަކުން ހީނުކުރާ ވަރުގެ ޑިސްކައުންޓެއް ލިބޭނެއެވެ.

އެސްޓާސްގެ އަހަރު ނިންމާ ސޭލްގައި ހިމެނޭ ޕްރޮޑަކްޓްތަކުގެ ތެރޭގައި، ބެޑްރޫމް ސެޓް، ޓީވީ، އޭސީ، ބަދިގެ އެ ނޫނަސް ޕްރޮޑަކްޓްތައް ހިމެނެއެވެ.

އެސްޓާސްގެ އަހަރު ނިންމާ ސޭލްގައި ހިމެނޭ ޕްރޮޑަކްތަކާއި ގުޅޭ މައުލޫމާތާއި، މި ޕްރޮޑަކްޓްތަކުގެ އަގުތައް އެސްޓާސް އޮންލައިން ޝޮޕް މެދުވެރިކޮށް ބަލާލެވޭނެ އެވެ. އަދި އޮންލައިން ޝޮޕް މެދުވެރިކޮށް މި ޕްރޮޑަކްޓްތައް ގަތުމުގެ ފުރުސަތުވެސް ލިބޭނެއެވެ. އަދި ބޭނުންނަމަ އަގު ބަލާލުމަށްފަހު ފިހާރައަށް ގޮސްވެސް ގަނެލެވޭނެއެވެ.

އެސްޓާސް އަހަރު ނިންމާ ސޭލް ޖެނުއަރީ މަހުގެ އަށެއްގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެސްޓާސް އިން މާލޭގެ އިތުުރުން ހުޅުމާލޭގައިވެސް މިހާރު ފިހާރައެއް ހިންގަމުން ދެއެވެ.