އިއްޔެ ޖަޕާނުގެ ޓޯކިޔޯގައި ފެށި މެރިން ޑައިވިންގް ފެއާގައި، ދިވެހިރާއްޖެ އަށް ދެ އެވޯޑެއް ލިބިއްޖެއެވެ.

މެރިން ޑައިވިންގް ފެއާގައި ރާއްޖެއަށް ލިބިފައި، ޖަޕާނު ރައްޔިތުން އެންމެ ގަޔާވާ އޯވަސީސް ޑެސްޓިނޭޝަނުގެ އެވޯޑާއި، ޖަޕާނު ރައްޔިތުންނަށް ދެވަނައަށް އެންމެ ކަމުދާ ޑައިވް ޑެސްޓިނޭޝަންގެ އެވޯޑެވެ.

މީގެ ކުރިންވެސް މި ފެއާގައި ރާއްޖެއިން ވަނީ ވަނަ ހާސިލް ކޮށްފައެވެ. އެގޮތުން ޖަޕާނުގެ ރައްޔިތުން އެންމެ ދާހިތްވާ ޑެސްޓިނޭޝަން އަދި ޑައިވްކުރަން އެންމެ ދާހިތްވާ ޑެސްޓިނޭޝަންގެ އެވޯޑް މީގެ ކުރިން ރާއްޖެއިން ހާސިލްކޮށްފައިވެއެވެ.

ޖަޕާނުގެ މެރިން އާޓްސް ސެންޓާ އިން އިންތިޒާމު ކޮށްގެންދޭ އެ އެވޯޑުތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑާއިގަތީ ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުން އާދަމް ހާމިދެވެ.

މިއަހަރަކީ މެރިން ޑައިވް ފެއާ ބާއްވަމުން އަންނަތާ 26 ވަނަ އަހަރެވެ. އެ ފެއާއަކީ ޖަޕާނުގައި ބާއްވާ އެންމެ ބޮޑު އެއް ފެއާކަން ފާހަގަކޮށްލެވެއެވެެ.