ފިހާރަތަކަށް ގޮސް ކާޑުން ފައިސާ ދައްކާ އުސޫލުން، ހުޅުމާލޭގެ ޓެކްސީ ތަކުންވެސް އެގޮތަށް ފައިސާ ދެއްކޭނޭ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސް އިން ހަމަޖައްސައިފިއެވެ.

ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކޮށްގެން، ޕޮއިންޓް އޮފް ސޭލް ނުވަތަ ޕީއޯއެސް މެޝިންގެ ޒަރިއްޔާ އިން ހުޅުމާލޭ ޓެކްސީ ތަކަށް ފައިސާ ދެއްކޭނޭ އިންތިޒާމް ބީއެމްލް އިން މިހާރު ހަމަޖައްސާފައި ވާއިރު، މީގެ ކުރިން އެ ބޭންކުން ވަނީ މާލޭގެ ޓެކްސީ ތަކުގައި މި ޙިދުމަތް ދެވޭނޭ އިންތިޒާމް ހަމަޖައްސާފައިކަން ފާހަގަކޮށްލެވެއެވެ.

ބީއެމްއެލް މޮބައިލް ޕޭ މެދުވެރިކޮށްވެސް ޓެކްސީ ތަކަށް މިހާރު ފައިސާ ދެއްކޭ އިރު، ކާޑުގެ ސަބަބުން ޓެކްސީ ތަކަށް އޮންނަޑިމާންޑް ބޮޑުވެގެން ދާނޭ ކަމަށް ބެލެވެއެވެ. މި ޙިދުމަތް ހުޅުމާލެ އަށް ތައާރަފް ކޮށްދިނުމަށް ފަހު ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް، މުހައްމަދު ޝަރީފް ވިދާޅުވެފައި ވަނީ މި ޙިދުމަތުގެ ސަބަބުން ދަތުރު ނިންމާލައި ބާކީ ފައިސާ ލިބެންދެން މަޑުކުރަން ނުޖެހޭނޭ ކަމަށެވެ.

މާލޭގައި މި ޙިދުމަތަށް ބޮޑު ތަރުޙީބެއް ލިބިފައިވާ އިރު، ޓެކްސީ ތަކުގައި ހުންނަ ޕީއޯއެސް މެޝިނުން ބީއެމްއެލް އިން ގަބޫލު ކުރާ ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއް މެދުވެރިކޮށް ފައިސާ ދެއްކޭނޭ ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކައިލްސް

    ޓެކްސީއެއް ލިބިގެންތާ ކާޑުންވެސް ފައިސާ ދެއްކޭނީ... ޓެކްސީއަށް އޮންނަ ޑިމާންޑާއި އެއްވަރަށް ސަޕްލައިއެއް ނުކުރެވޭ.. އެހެން ބަޔަކަށް ހުއްދަވެސް ނުދޭ