ގދ. މާވާރުލުގައި އަޅާ އެއާޕޯޓްގެ މަސަައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވުމާއި ގުޅިގެން މި ދައުރުގައި އެއާޕޯޓް ނިމޭނެކަމުގެ އުންމީދު އާ ވެއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން "ވަގުތު" އަށް ވިދާޅުވީ މާވާރުލުގައި އަޅާ އެއާޕޯޓްގެ މަސަައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެފައިވާ ކަމަށާއި އެކަމާ ގުޅިގެން ރައީސް އަބްދު ﷲ ޔާމީންގެ ދައުރުގައި އެއާޕޯޓް ނިމޭނެކަމުގެ އުންމީދު ވަރަށް ބޮޑަށް އާ ވެއްޖެކަމަށެވެ.

އަދި މި އެއާޕޯޓަކީ މީގެ 12 ވަރަކަށް އަހަރު ކުރިން ފެށިގެން އަޅަން މަސައްކަތް ކުރަމުންދިޔަ އެއާޕޯޓެއް ކަމަށާއި އެތަން ތަރައްގީކުރަން އެކި ކުންފުނިތަކާއެކު ސޮއިކުރި ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެ މަސައްކަތް އޮތީ ނުފެށިފައި ކަމަށް ޖަމީލް ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުން މިހާރު މިވަނީ އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށާފައި ކަމަށާއި މި އެއާޕޯޓަކީ ވަރަށް ގިނަ ބަޔަކަށް ފައިދާވެގެންދާނެ އެއާޕޯޓެއް ކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ. އެގޮތުން މި އެއާޕޯޓާއިއެކު ގިނަ ވަޒީފާތަކެއް އުފެދި، ގިނަ ވިޔަފާރިތަކެއް ހުޅުވިގެންދާނެ ކަމަށާއި އަދި ގުދުރަތީ މުއްސަނދި ކަމެއް ލިބިފައިވާ އެ ސަރަހައްދުގައި ރީތި ފަޅުރަށްތަކެއް ހިމެނޭނެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ސަރުކާރުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް 57 މިލިއަން ދިވެހި ރުފިޔާ ހަރަދުކުރަން ނިންމާފައިވާ މާވާރުލު އެއާޕޯޓުގެ މަސައްކަތް މިއަދު ފަށާފައިވާއިރު މާވާރުލު އެއާޕޯޓަކީ މީގެ 12 ވަރަކަށް އަހަރު ކުރިން ފެށިގެން އަޅަން މަސައްކަތްކުރަމުންދިޔަ ނަމަވެސް ނުނިމިފައިވާ އެއާޕޯޓެކެވެ.

ކޮންމެ އިންތިހާބަކާއި ދިމާކޮށް ރިޔާސީ އިންތިހާބުގައި ވާދަކުރާ ހުރިހާ ސިޔާސީ ޕާޓީއަކުން މި އެއާޕޯޓް ނިންމާނެ ކަމަށް ވައުދުވެއެވެ. ނަމަވެސް މިހާތަނަށް މި އެއާޕޯޓް ނިމިފައި ނުވާއިރު، ގާނޫނީ ބޮޑުތި މައްސަލަތަކެއްވެސް މި އެއާޕޯޓާއި މެދު އުފެދި އެކި ފަހަރުމަތިން ވަނީ މަސައްކަތް ހުއްޓާފައި އެވެ.

މާވާރުލުގެ އެއާޕޯޓް މަޝްރޫއުގެ ދަށުން މާރޗް 15 ގައި ވަނީ 1220 މީޓަރުގެ ރަންވޭއަކާއި އޭޕްރަންގެ އިތުރުން ޓެކްސީވޭ އަކާއި މީހުން އެރަށަށް އަރައި ފައިބައި ހެދުމަށްޓަކައި ޖެޓީއެއް ތަރައްގީކުރަން އެމްޓީސީސީއަށް ހަވާލުކޮށްފައި އެވެ. އަދި މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުށްފައި ވަނީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމައި ގޮތަށެވެ.

މާވާރުލު އެއާޕޯޓް މަޝްރޫއު ފަށަން އެމްޓީސީސީން ތައްޔާރުވެފައިވާއިރު އެ ކުންފުނިން ގެންދަނީ ހދ. ކުޅުދުފުއްޓާއި ށ. ފުނަދޫގައި އަޅާ އެއާޕޯޓުތަކުގެ ރަންވޭ އާއި ޓެކްސީވޭ އެޅުމުގެ މަސައްކަތް ކުރަމުންނެވެ. ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭ ލެވެލްކުރުމުގެ 30 އިއްސަންތަ މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަލީމް

    ތި އެއާޕޯޓުން ގދ. އަށް ކުރާނެ ފައިދާއަކީ ކޮބާކަން ޖަމީލް ވިދާޅުވެދެއްވަބްލަ. ތި އެއާޕޯޓް ތި އަޅަނީ ގއ. އާއި ގދ ވަކިކުރާ އިން މަތީގައި. އެހެން ވުމުން އެއާޕޯޓްގެ ފައިދާ ކުރާނި ކަނޑުހުޅުދޫ އަށާއި ގެމަނަ ފުއްޓަށްތޯ؟ ނުވަތަ ގައްދުއާއި ވާދޫއަށްތޯ؟ އަދި ގައްދޫ ވާދޫ ދާއިރާގައި މެމްބަރަކު ހުރިއިރު ހިރޭތަން ކަހާވެސް ނުލާ .ޖަމީލް މެންނަށް ވާ އުފަލެއްގެ ބޮޑުކަމުން އެވާހަކަ އިތުރަށް ދައްކަނީ. ހަމަ ގައްދޫ ވާދޫ މީހުން ކާޑެއްދުއަށް ލޯންޗް ކުއްޔަށް ހިފައިގެން ދާހާވާނީ. ދެން އޮތީ ގައްދޫވާދޫ މީހުންނަށް ފައިދާވާނެ އެންމެ ގޮތެއް . އެއީ މާވަރުލާ ޖެހެންދެން ގުޅިފައި އޮތް ފަޅުގައި ކޯޒްވޭއެއް އެޅުން. ދެން ވިޔަފާރިއާއި ޓެކްސީ ހިދުމަތް ފަދަ ފުރުސަތު ފަހިކޮށްދިނުން. ނުވަތަ ބޮޑު ވިޔަފާރި ބަނދަރެއް ހެދުން. އެހެން ނޫނީ އުފަލެއްނެތް. ދެންވެސް 12 އަހަރު

  2. ޟީޒާ

    Sabahy JU. Thiyaee membarunakee. Maavaralu addu emme bodah majilis gai ufulaafai vanee JU. JU akee faisaa ah nuvikunu, sarukaaraai rayithunanh ihulaastheri Gemanafushi dhaairaage tharagee ah raees yamin aai eku varah hivvaru kuravvaa membareh. Mifurusathugai alhugandu ge dhaairaage member rasheed ah ves shukuru.

  3. އުންބެ

    ކޮބާ ގައްދޫ ރަޝީދު؟ ގައްދުއަށާއި ވާދުއަށް ކަމެއްކޮށްދެންޏާ ކުރަންވީ ކަމަކީ މާވާރުލު އެއާޕޯޓާ ހަމައަށް ކޯޒްވޭ އެއްއެޅުން. އެހެންނޫނީ އެއާޕޯޓް އެ ދެރަށަށް މުހިންމެއްނޫން. ބުނެވިދާނެ ގއ. އަށް އިތުރުކުރި އެއާޕޯޓެކޭ. ކޫއްޑޫ އެއާޕޯޓުވެސް އެއޮތީ ހަމަ އެތާބުޑުގައި.

  4. ީތީނާ

    Jameel thiyaee boaharu membareh. Maavaruluge faidaa kuraanee kanduhulhudhoo.  Gemanafushi adhi kondey meehunnanh. Vaadhoo akah mikamuge faidaa eh neh. Gadhoo Rasheed ah magey salaam. Raees yanin jalsaagai bunee maavaralu akee JU airport kamugai.  Ehethaa vaanee JU viyaa mikamaa ulhenee.  Mikahala membareh vaadhoo ah ves libunu nama haada ragalhey hithah araa.

  5. ތިނަދޫ ރައްޔިތުން

    ކޮން ކޯޒްވޭއެއްތަ! ތިތަން ރަނުން ޖަރީ ކުރިޔަސް މާލޭގައި ވެލިފުކެއްވެސް އޮއްވަކާ ގައްދޫ އެއްވެސް މީހަކު ރަށުގައި ދިރިއުޅޭކަށް ނުދާނެ !