ރެޑްވޭވުން ގަލަންޒް ބްރޭންޑުގެ އިންވާޓާރ އޭސީ ރެޑްވޭވް އިން ރާއްޖޭގެ މާރކެޓަށް ތައާރަފްކޮށްފިއެވެ. ގަލަންޒް ގްރޫޕަކީ އިލެކްޓްރޯނިކްސް އުފެއްދުމުގައި 40 އަހަރުގެ ތަޖުރިބާހުރި ކުންފުންޏެކެވެ.

ގަލަންޒް ތައާރަފްކުރުމާއި އެކު، ހުރިހާ އޭސީ އަކުން އަގުތައް ހެޔޮވެގެންދާ، ރެޑްވޭވްގެ "މެގަ އޭސީ ސޭލް" ވަނީ މިހާރު ވަނީ ފަށާފައެވެ.

ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައިވަނީ ގަލަންޒް ގެ އާރކަސް ސީރީސްގެ L71 އެވެ. އެގޮތުން މި އޭސީއަކީ 3ޑީ ޑީސީ އިންވާޓާރ ޓެކްނޮލޮޖީ ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ، ވަރަށް ބޮޑުތަނުން ޚަރަދުކުޑަ އޭސީއެކެވެ. ގަލަންޒް އިންވާޓަރ އޭސީގައި ހިމެނެނީ، ޖަޕާނު ޓެކްނޮލޮޖީގެ ކޮންޕްރެސަރެކެވެ. ތިމާވެއްޓާއި ރައްޓެހިވާނޭ ގޮތައް ފަރުމާ ކުރެވިފައިވާ މި އޭސީ އަކީ އަޑު އެހާމެ މަޑު އަދި އަވަހަށް ފިނިކޮށްދިނުމުގެ ޤާބިލްކަން (ޓާރބޯ ކްލީނިންގް) ލިބިފައިވާ އޭސީއެކެވެ.

ރެޑްވޭވުން ގަލަންޒް ބްރޭންޑްގެ ތިން ސައިޒެއްގެ އޭސީ ވަރަށް ހާއްސަ އަގެއްގައި ލިބިވަޑައިގަންނަވާނެއެވެ. އެގޮތުން 9000ބީޓީޔޫގެ އިންވާޓާރ އޭސީ 4،840ރ އަށް އަދި 12000ބީޓީޔޫގެ އިންވާޓާރ އޭސީ 5،890ރ އަށް ލިބިވަޑައިގަންނަވާނެއެވެ. އަދި 18000ބީޓީޔޫގެ އިންވާޓާރ އޭސީ 7،890ރ އަށް ލިބިވަޑައިގަންނަވާނެއެވެ.

ގަލަންޒް އިންވާޓާރ އޭސީ ރެޑްވޭވުން ލިބިވަޑައިގަންނަވާނީ އެއްއަހަރު ދުވަހުގެ ވޮރަންޓީ އާއި އެކުގައެވެ. އަދި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އުޅުއްވާ ކަސްޓަމަރުންނަށް ހިލޭ އިންސްޓޮލޭޝަން (އިންސްޓޮލޭޝަން ކިޓުގައިވާ ސާމާނު) ލިބިވަޑައިގަންނަވާނެއެވެ. ހިލޭ އިންސްޓޮލޭޝަން މިއަދުން ފެށިގެން އޮކްޓޯބަރު މަހުގެ 15 އާއި ހަމައަށް ގަލަންޒް އޭސީ ބައްލަވައިގަންނަވާ ކޮންމެ ކަސްޓަމަރަކަށް ލިބިގެން ދާނެއެވެ.

ގަލަންޒް އޭސީ މޯލްޑިވްސް އިސްލާމިކް ބޭންކް، އެމް.އެފް.އެލްސީ އަދި ބީއެމްއެލް އިސްލާމިކްގެ ކްރެޑިޓް ސްކީމްގެ ދަށުންވެސް ކަސްޓަމަރުންނަށް ލިބިވަފައިގަންނަވާނެއެވެ.

ރެޑްވޭވުން ބުނީ މިއީ އިންވާޓާރ އޭސީ އެއް ބައްލަވައިގަތުމަށް ގަސްތުކޮށްގެން ތިއްބެވި ކަސްޓަމަރުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ. އަދި އެކުންފުނިން ހާމަކުރާގޮތުގައި، ރެޑްވޭވްގެ އަމާޒަކީ އޭސީ ބައްލަވާގަތުމުގައި ކަސްޓަމަރުން ގެންގުޅުއްވާ "އަގު ހެޔޮ ވުމަކީ ކޮލިޓީ ދައްވުން" ކަމުގައި ދެކޭވިސްނުން ބަދަލުކޮށް، ކޮލިޓީ ބްރޭންޑެއް ހެޔޮއަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.