މިއަދު ދުނިޔޭގައި ފާހަގަކުރާ ބައިނަލްއަގުވާމީ ކޮފީގެ ދުވަހުސް ފާހަގަކުރުމުގެ ގޮތުން އެސްޓީއޯ ސުޕަމާޓުން ޚާއްސަ ހަރަކާތެއް ފަށައިފިއެވެ.

ރާއްޖެއަށް ސުޕާ ބްރޭންޑުގެ ކޮފީ ތަޢާރަފްކޮށް ވިއްކަމުންދާ އެސްޓީއޯ އިން މި ދުވަސް ފާހަގަކުރުމަށް، އެސްޓީ އޯ ސުޕަމާކެޓުން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ހަދިޔާއެއް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެސްޓޯއީ އިން ވިއްކާ ކޮފީގެ އަގުމަ ބަލާލުމުގެ ފުރުސަތުވެސް، އެސްޓީއޯ ސުޕަމާކެޓުން މިއަދު ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ. އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި މިއަދު ހެނދުނު 10:00 އިން ފަށައިގެން މެންދުރު 12:00 އާއި ހަމައަށޤ އަދި މެންދުރުފަހު 2:00 އިން ފަށައިގެން އިރުއޮއްސި 6:00 އާއި ހަމައަށް އެސްޓީއޯ ސުޕަމާކެޓުން ކަސްޓަމަރުންނަށް ހިލޭކޮފީއެއް ބޯލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ސުޕާ ބްރޭންޑުގެ އިތުރުން، އެސްޓީއޯ އަކީ ދުނިޔޭގެ އެތައް ބައެއްގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ އެނޫންވެސް ގިނަ ބްރޭންޑުތައް ރާއްޖެއަށް ތައާރަފްކޮށް ހެޔޮ އަގުގައި ދިވެހިންނަށް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

ބައިނަލްއަގުވާމީ ކޮފީގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ހަރަކާތްތަކެއް ކުރިޔަށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު