އައްޑޫ ސިޓީގައި ރިސޯޓު ތަރައްގީ ކުރުމަށްޓަކައި އެ ސިޓީ އިން 25 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާކަމަށް އެ ސިޓީ ކައުންސިލުން ހާމަ ކޮށްފިއެވެ.

އެ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ވާގޮތުން އިންޑިއާގެ އެގްޒިމްސް ބޭންކުގެ އެހީގައި އެ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ 153 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު އާއި، މަގުތަކުގައި ތާރުއެޅުމާއި، މަގުތައް މަރާމާތު ކުރުމާއި، މަގުތަކުގައި ބައްތި ޖަހައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ އިތުރުން ފެންހިންދުމުގެ ނިޒާމުވެސް ރަނގަޅުކުރަން ހަމަޖެހިފައި ވާއިރު، މި މަސައްކަތްތަކުގެ ކޮންސަލްޓެންސީ އާއި ހަވާލުވެފައިވާ އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ އެލް އެންޑް ޓީ އިންފާސްޓްރަކްޗާ އިން މިއަދު ވަނީ އެ ކައުންސިލާއި މިއަދު ބައްދަލުކޮށް، މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

މިއަދުގެ ބައްދަލުވުމުގައި މަޝްރޫއުތަކާއި ބެހޭގޮތުން ޕްރެސެންޓޭޝަނެއްވެސް ހުށަހަޅާފައި ވާއިރު، އެ ސިޓީގައި ހިއްކުމަށް ހަމަޖެހިފައިވާ 153 ހެކްޓަރުގެ ބިން ހިއްކާނީ ސިޓީގެ އެކި ރަށްތަކަށް ބަހައިލައިގެންނެވެ. މިގޮތުން ހިތަދޫ އިން 90 ހެކްޓަރު ހިއްކަން ހަމަޖެހިފައި ވާއިރު، ހުޅުދޫ އިން ހިއްކާނީ 38 ހެކްޓަރުގެ ބިމެވެ. އަދި މީގެ އިތުރުން 4 ތަރީގެ ރިސޯޓުތައް ތަރައްގީ ކުރުމަށްޓަކައި 25 ހެކްޓަރުގެ ބިންވެސް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އާދިއްތަ ދުވަހު ޓޫރިޒަމް މިނިސްޓާ އަލީ ވަހީދު ވިދާޅުވެފައި ވާގޮތުގައި އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށްޓަކައި 4000 އެނދު ތަރައްގީ ކުރުމަށްޓަކައި ބިން ދޫކުރަން މި މަސް ތެރޭގައި އިއުލަން ކުރެވިގެން ދާނެއެވެ.

ސަރުކާރުން ވަރަށް އިސްކަމެއް ދީގެން އައްޑޫ ޑެވެލޮޕްމެންޓު ޕްރޮޖެކްޓުގެ ދަށުން އެތައް ޕްރޮޖެޓުތަކެއް ހިންގުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ރައީސް ޔާމީން ހިއްކީމަ ތިމާވެށި ހަލާކު. ރައީސް ޔާމީން ލޯނު ނެގީމަ ދަރިންނާ ދަރިންގެ ދަރިން ބޯކިކެން ނެތް. މިސަރުކާރުން ކުރީމަ ކޮންމރ ކަމެއް އޯކޭ. ދިވެހިންނަށް ބަވާ ތަޅާ މެރިޔަސް އޯކޭ.

    12
  2. އަޙްމަދު

    އިންޑިޔާ މީހުންނަށް ދަންނަވާބަލަ އެގައުމުގައި ތިކަހަލަ ސާވެކޮށް ފެންހިންދާ ނިޒާމާ އެހެނިހެން ނިޒާމުތަށް ހަރުދަނާ ކުރާށޭ. ތީމިހާރު މިޤައުމަށް ފާކުރައްވާއިގެން އުޅޭ ބޮޑު މުސީބާތެއް!

    • ޙައުލާ

      ދިވެހިން އަމިެްލައަށް ހޯދި މުސީބާތެއް. މިޗެރިކަމަކީ އިންޑިޔާއިން ގެންނަން އުޅުނު އެއްޗެއްކަން ނޭނގޭ މީހަކު މިގައުމުގަ ނުހުންނާނެ. މިހާރު ވަޒީފާ ގެއްލި އިގްތިޞާދު ފުނޑި އިންޑިޔާ ލޯނުގައި ދިރިއުޅެންޖެހި ކަޝްމީރު މުސްލިމުންގެ ހާލަތަށް ގޮސް އިންޑިޔާގެ ރޭޕް މެޝިން ތަކުގެ ޝިކާރައަކަށް ވުމުގެ ކޮޅުމަތި ފެންނަން ފެށީމަ ސަހަރޯ ގޮވާނެ ކަމެއްނެތް.

  3. އައްޑޫ މީހާ

    ކޮން ތަނެއްތޯ ހިއްކަން އޮތީ؟ ކައުންސިލަރުންގެ ގެކައިރި ހިއްކަން އޮތީ! އައްޑޫގައި ހިއްކާކަށް މާބޮޑު ތަނެއް އޮތީކީނޫން މަސްވެރިން އެންވެރިކަން ކުރަންއޮތް ތަންކޮޅު ހަލާކުކޮށްލަން މިހާރު ތިޔައުޅެނީ ބަލަ އައްޑޫގައި ޓްއަރިސްޓް ތިސޯޓްތައް ހަދަން ތަން ނެތީކީނޫން މިހާރުވެސް ހެރެތެރެ ބޮޑުކަމުން އެތަން ހިންގަން އުދަގޫވެގެން އުޅެނީ ދެން ވެއްޖެއްއްނުން އެކަން ހައްލުކޮށްފަ އެތަން ހިންގޭނެ ގޮތެއް ހޯދަން، ހަމަ ރައްޔިތުންނަށް ޖެއްސުން ކުރުން ނޫން ކަމެއްނެތް ޓްއަރިސްޓް ރިސޯޓްތައް އައްޑޫގައި ނެތީކީނޫން ހުރިތަންތަނުން ރައްޔިތުންނަށް ލިބެންޖެހޭ މަންފާ ނުލިބެނީ އެކަމަށް ހައްލުބޭނުންވަނީ

  4. ނިޢަމް

    އައްޑޫގެ ލޮބުވެތި ތަންދޮރުފިލައިތިބި ރައްތިތުންނޭވެ! ކައުންސިލް އިންތިޚާބުގެ ގޮނޑިތައް އަތުލަން މި ދައްކާ ހުވަފެންތަކަށް ހޭލައްޗެވެ. ފަހަރުގައި އިންތިޚާބު ކައިރިވުމުން ހާވަގެންފާނެއެވެ. ދެން ދާނީ ތޮޅިއަށެވެ. ފެނާ ނަރުދަމާގެ ހުވަފެން ދެއްކި ދުވަސް މިވަގުތު ހަނދާނަށް ގެންނާށެވެ. ހާވާގެންފަ ފަންޑުވެސް ބަނޑަށް އަޅާލައިގެން ބެޗީއެވެ. އެންމެފަހުން އެކަންކޮށްދިނީވެސް ރައީސް ޔާމީނެވެ. ޚިޔާލު ހިންގަ ފިކުރުކުރާށެވެ.