ދިވެހި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން އިނގިރޭސި ވިލާތުގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފިއެވެ.

އިނގިރޭސި ވިލާތުގެ ނޫސްވެރިންގެ މި ދަތުރަކީ ފުޅާ ދާއިރާއެއްގައި ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން ކުރިއަށްގެންދާ ފޭމް ޓްރިޕްތަކުގެ 14 ވަނަ ދަތުރެވެ.

މިމަހުގެ 1 ވަނަ ދުވަހު ރާއްޖެ އައި އިނގިރޭސީ ނޫސްވެރިންގެ ޓީމުން މިމަހުގެ 7 އަށް ރާއްޖޭގައި މަޑުކުރާނެއެވެ. މި ބޭފުޅުން ތިއްބަވަން ހަމަޖެހިފައިވަނީ ކޮކޯ ބޮޑުހިތި، ފުރަވެރި އައިލެންޑް ރިސޯޓު، އަދި ކޮންރެޑް މޯލްޑިވްސް ރަންގަލި ގައެވެ.

ނޫސްވެރިންގެ މި ދަތުރުގައި ދިވެހިރާއްޖޭގެ ރިސޯޓުތަކުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތްތަކާއި، ދިވެހި ސަޤާފަތާއި، ދިވެހި ކެއުމުގެ އިތުރުން ރާއްޖޭގެ ހިތްގައިމު ކަނޑުއަޑީގެ ރީތިކަން ތަޖުރިބާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުގައި ކުރާ ތަޖުރިބާތައް އެ މީހުން މަސައްކަތްކުރާ މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހިއްސާކުރާނެއެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އަބަދުވެސް މުހިއްމު މާކެޓެކެވެ. މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް 83،089 ފަތުރުވެރިން އެ ގައުމުން ރާއްޖެ އައިސްފައިވެއެވެ. މިއީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު 10.5 އިންސައްތަ އިތުރު އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ތިޔައީ ނޫސްވެރިންނެއް ނޫން. ކަލޭމެންގެ ރައްޓެހި ކުދީން. ކޮން އޮޅުވާލުމެއް ތިޔަ އޮޅުވާލަނީ. ތިޔަ ބައިގަޑާ އެއްކޮށް އިނގިރޭސި ވިލާތުގަ ނަގާފަހުރި ފޮޓޯތައް އެހެރީ ސޯޝަލްމީޑިއާގަ. އަނެއްކާ މި މީހުން ރިސީވްކުރަން ކުންފުނީގެ އެމްޑީގެ ދަރި. ނޫސްވެރިކަން ކޯދުލާ އަރަނީނު. މިގޮތަށް ހަދާ ގައުމުގެ ބައިތުލް ހުސްކޮށްލަނީ ކޮންމެ ފަހަރަކު. މި މައްސަލަ ބެލުމަށް ކޮރަޕްޝަން ކޮމިޝަނަށް ގޮވާލަން.

    15
  2. ކކކކ

    ބޭފުޅުންނޭ؟ ކޮންފާޑަކަށް ތިބި ބޭފުޅުންތަކެއް؟

  3. nahulaa

    ކޮން އިރަކު އަހަރުމެންގެ މުސާރަ ބޮޑު ކުރަނީ؟؟؟ ޔޫކޭ ގަ ނޯރމަލް އެވަރެޖް މީހެއްގެ ވޭޖަކީ 35000 ޕައުންޑްސް.

  4. ދަވްތޫރް އަބުދުލް އަޒީޒް

    މިގައުމު އިސްތިހާރު ކުރާށޭކިޔާފައި ގެނައީ އިނގިރޭސި ވިލާތުގައި އުޅުނު ދުވަސް ވަރު ހަދާން ކޮއްލަނަ ގެނައި ބަޔަކައް ވުން ގާތީ ތިކަމައް ވުރެ މާރަގަނޅު ކަން ތައް އެބަހުރި މިސްކިއް ދޮށުގައި ފަންޑު ފޮށި ބަހައްޓައިގެން ބޭސް ނުކުރެވިގެން އުޅޭ މީހުން ނައް އެހީތެރި ކަމެއް ދިއްކޮއްލެވޭތޯ ބައްލަވާ