ޓްރެވް ޙައްޖު އެންޑް ޢުމްރާގެ ފަރާތުން މި އަހަރުގެ ސްކޫލް ޗުއްޓީއާ ދިމާވާގޮތަށް އިންތިޒާމްކުރާ ނޮވެމްބަރ-ޑިސެމްބަރ ޢުމްރާގެ ޖާގަތައް ފުލްވެއްޖެ އެވެ.

އެ ކުންފުނިން ބުނީ މިފަހަރުގެ ޢުމްރާގައި ބައިވެރިކުރުމަށް އެކުންފުނިން ކަނޑައެޅި ޖާގައިގެ އިތުރުން ވެސް ގިނަ ބަޔަކު ރަޖިސްޓަރީވުމަށް އެދިފައިވާކަމަށެވެ. އެހެން ނަމަވެސް ޢުމްރާއަށް މީހުން ގެންދިއުމުގައި ޢުމްރާވެރިންނަށް ދެވޭ ޚިދުމަތާއި، ފޯރުކޮށްދެވޭ އެހީތެރިކަމަށް ބޮޑު އިސްކަމެއް ދީގެން މީހުން ޢުމްރާއަށް ގެންދިއުމަށް ބޭނުންވާތީ ދުރާލައި ހަމަޖައްސާފައިވާ ކަންކަން ހަމަޖެހިފައިވާ އިންތިޒާމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ދަތިވެދާނެތީ ކުރިން ނިންމާފައިވާ މިންވަރަށްވުރެ އިތުރަށް މީހުން ނުގެންދަނީކަމަށް ވެސް ޓްރެވްގެ ވެރިން ވިދާޅުވިއެވެ.

ޑިސެމްބަރ ޢުމްރާގެ ޖާގަތައް ފުލްވުމާއެކު، ކުރިއަށް އޮތް ރަމަޟާން މަހު ޓްރެވް ޙައްޖު އެންޑް ޢުމްރާ އާއި ގުޅިގެން ޢުމްރާއަށް ދިއުމަށް އެދޭ ފަރާތްތަކުން ރަޖިސްޓަރީވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ރަމަޟާން މަހުގެ ފަހު 15 އަށް ޚާއްޞަކޮށްގެން ޕެކޭޖް ހަދާފައިވާއިރު، ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން ޢުމްރާވެރިންނަށް ޚާއްޞަ ޢިނާޔަތްތަކެއް ފޯރުކޮށްދެވޭފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ޕެކޭޖްގެ ބޭރުން އެފަދަ ކަންކަން ފަހިކޮށްދޭނެކަމަށް ވެސް ޓްރެވް އިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ރޯދަމަހު ފަހު ދިހައެއްގައި މަސްޖިދުލް ޙަރާމްގައި އިޢުތިކާފަށް ތިބުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދިނުމަށް ވެސް ޓްރެވް ޙައްޖު އެންޑް ޢުމްރާ އިން ވަނީ ތައްޔާރުވެފައެވެ.

ރަމަޟާން މަހުގެ ޢުމްރާ އާއި ގުޅޭ އިތުރު ތަފްޞީލްތައް 9997782، 7787792 އަދި 7223939 ނަމްބަރު ފޯނަށް ގުޅާލުމުން ލިބިގެންދާނެއެވެ.