މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމުގެ މަސައްކަތް ނިންމާ، ގުޅިފަޅު ޕޯޓް 2022 ވަނަ އަހަރު ބޭނުންކުރަން ފަށާނެ ކަމަށް ސަރުކާރުން ތައްޔާރުކުރި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ބުނެފިއެވެ.

ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ގުޅިފަޅު ޕޯޓްގެ މަސައްކަތް 2022 ވަނަ އަހަރުގެ ނިޔަލަށް ނިންމާނެ ކަމަށް ބުނެފައި ވާއިރު މިހާރު ވަނީ ގުޅިފަޅުގެ މާސްޓާ ޕްލޭން ހަދަން ކުންފުންޏަކާއި ހަވާލުކޮށްފައެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ގުޅިފަޅަށް މާލޭގެ ވިޔަފާރި ބަނދަރު ބަދަލު ކުރުމަކީ މިސަރުކާރުން މިހާތަނަށް އިއުލާން ކުރި އެންމެ ބޮޑު މަޝްރޫޢެވެ. ގުޅިފަޅު މަޝްރޫގައި ހިމެނެނީ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި، ބްރިޖްތަކުން ގުޅައިލުން ކަމަށް ސަރުކާރުން ކުރިން ވިދާޅުވެފައި ވެއެވެ.

ސަރުކާރުން ވިދާޅުވެފައި ވަނީ މި ބިޔަ މަޝްރޫއަށް 488 މިލިޔަން ޑޮލަރު (7.5 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް އަންދާސާ ކުރެވޭ ކަމަށެވެ. ނަމަވެސް އެމަޝްރޫއަށް އަދި ފައިސާ ހަމަޖެހިފައި ނުވާކަމަށް ވެސް ސަރުކާރުން ވިދާޅުވެފައި ވެއެވެ.

ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވިދާޅުވެފައި ވަނީ ގުޅިފަޅު ޕޯޓްގެ މަޝްރޫޢުއަކީ ވިޔަފާރި އާއި އިންވެސްޓްމެންޓްތަކަށް ފަހިވާ ފަދަ އެކިއެކި ގުޅުންތައް ވަރުގަދަކުރުމާއި، ވިޔަފާރި ތަކަށާއި މުޅި އިޤްތިޞާދަށް ބޭނުންވާ އުމްރާނީ ވަޞީލަތްތައް (އެއަރޕޯޓްތަކާއި، ބަނދަރުތައް ފަދަ) ތަރައްޤީ ކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން ހިންގާ މަޝްރޫޢެއް ކަމަށެވެ.

މާލޭގެ ވިޔަފާރި ބަނދަރު މާލެ އިން ބޭރު އެހެންތަނަަކަށް ބަދަލު ކުރުމަކީ ކުރީ ސަރުކާރުތަކުގެ ވެސް ވައުދެކެވެ. އެވައުދު ފުއްދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދުބާއީގެ ކުންފުންޏަކާއި ވެސް ހަވާލު ކުރެވުނެވެ. ނަމަވެސް މަސައްކަތް ކުރިއަކަށް ނުދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޒަކް

    އެއްކަލަ އަތޮޅު ތެރެ ތަރައްޤީކުރަން ކިޔާ މީހުން، ވެސް މެގަ ޕުރޮޖެކްޓުތައް މާލެއަށް މި ގެންނެސް ޖަމާކުރަނީ ދޯ؟؟ ރައީސް ޔާމީނުވާ އައިހެވަން ޕޯޓެއް އުތުރުގަ އަޅަން ހުރިހާ ދިރާސާއެއް ކޮށް ޕުލޭނުތައް ނިންމި.. މިވެރިން ޓުރާންސްޝިޕްމަންޓް ޕޯޓޭ ކިޔާ އިންތިހާބު ދުވަސްވަރު އަޅި ބުރިވާފަ ހަރާން އެވާހަކަވެސް އެކްޝަން ޕުލޭނުގަ ނެތް

    22
    2
  2. އަބުޅޯ

    5އަހަރުވަންދެން ޕްލޭން ހަދަހަދާ ތިބޭ. ޅޮސް ސަރުކާރު. 1000 މިލިޔަނުގަ ހުރި ރިޒާވް 1 އަހަރުން 500 މިނިއަނަށް ތިރިކޮށްލެވުނީމަ ތިއޮތީ ހުރިހާކަމެއް ވެފަ. އަދިވެސް ސަޅި ބައިސާ ކަނޑާތި.

    26
    2
  3. ނެތީމޭ

    ބައެއް ކަންކަމަށް ގަބޫލު ނުވިޔަސް ޕްލޭނަށް އެއްބާރުލުންދޭށޭ ރައީސް އިބޫ ވިދާޅުވިނަމަވެސް މަމެން ޕިންކީން ނުޖެހޭނެއޭ އެއްބާރު ލުން ދޭން ...

    12
    4
  4. ބުރޯ

    އަޅުގަނޑުގެވެސް އަމާޒެއްއެބައޮތް .2025 ގަ އުދުހެވޭގޮތަށް ފިޔަގަނޑެއް ލިބޭތޯ ބެލުން.

    7
    1
  5. ޅަކޮޔެ

    ތިހެންތިބުނީ ޔާމީނު ސަރުކާރުގަ ނެތްއެތްވެސް ޕްލޭނެތް ފަސްއަހަރުވެރިކޮށްފަ ތަރަށްގީޔަށް މާބޮޑު ކަމެތްކުރާތަނެތް ނުފެނޭ

    12
  6. އަލި

    ޅަކޮއި ރަނގަޅަށް ލޯ ހުޅުވާފަ ބަލައިލާ ފުރަތަމަ ކަމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭސް ފިހާރަ ހެދުން ... އެއީ ކުޑަ ކަމެއްތަ މާލެ ވިލިނގިލި ގުޅިފަޅު ތިލަފަޅު ގުޅާލުމުގެ ހުރިހާ ކަރުދާހު މަސައްކަތް ނިމިފައިވާނީ އެއަށް ދާނެ ޚަރަދު އެބުނީ އޭ އައި ޑީ ބީގެ އެހީގައިއެކަން ކޮށް ހިސާބު ޖަހާ ކުރެހުން ހާމަ ކުރި ވެލާނާ އެއަރ ޕޯޓް ބޮޑު ކުރުން ރާއްޖޭގެ އަތޮޅުތަކުގައި އެއަރ ޕޯރޓް އަޅަން ފެށުން ސީ އެންބިއުލާްންސް ގެ ޚިދުވަތް ދިނުން އާސަންދަ ހުސްނުވާ އާސަންދައަށް ހެދުން 11 12 ގެ ކުދިންނަށް ހިލޭ ކިޔަވައިދިނުން އަހަރަކު 1500 ކުދިންނަށް އިސްކޯލާ ޝިޕް ދިނުން .. ހުޅުމާލޭގައި މާލޭގައި ހުރިވަރުގެ ބޮޑު އިންޖީނުގެއެއް އަޅާ ޚިދުމަތް ދިނުން އިހަވަން ދިއްޕޮޅުގެ ޕެލޭން ފ، އަަތޮޅު ޕްލޭން. އައްޑު ޕްލޭން ނެއްތޯ ކަންކަން ހުއްޓުވީ މުޒާހަރާ ކޮށްގެން ސައުދީ ރަސްގެފާނު ދަތުރު ނުހުއްޓުވިނަމަ މިއަދުގެ ސަރުކާރުން ބޭނުންވާ ފައިސާ އަތުގައިހުރީސް ކަންކުރަން.... ޅަކޮއި ވަރަށް އަދި އަދިރީގައި ތިޔަހުރީ

  7. ބުރޯ

    މި ސަރުކާރުން ކަމެއް ނުކުރެވޭނެ .ވަރަށް ދެއްންތެރި ވާނެ މިއީ ވެސް ދެއްކުންތެރި ކަމުގެ ބައެއް