ދިވެހިރާއްޖޭގައި އާމްދަނީ އިން ނަގާ ޓެކްސް ނުވަތަ (އިންކަމް ޓެކްސް) ނަގަން ފަށާނީ 2023 ވަނަ އަހަރު ކަމަށް ސަރުކާރުން ތައްޔާރުކުރި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ބުނެފިއެވެ.

ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އާމްދަނީ ޓެކްސް ނަގަން ފަށާނީ 2023 ގައި ކަމަށް ބުނެފައި އޮތް "ނޫ އިޤުތިޞާދު" ގާއިމް ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގައެވެ.

އާމްދަނީ އިން ޓެކްސް ނަގަން ފަށާނީ 2023 ގައި ކަމަށް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ބުނެފައި އޮތް ނަމަވެސް ބޮޑެތި އާމްދަނީ ލިބޭ މީހުންނާއި މުއްސަނދިންގެ އަތުން އިންކަމް ޓެކްސް އަންނަ އަހަރު ނަގަން ފަށާނެ ކަމުގެ ޔަގީން ކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ދެއްވާފައެވެ.

މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް ވިދާޅުވީ އިންކަމް ޓެކްސް ނަގާނެ ގޮތުގެ ބިލެއް މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އެ ބިލް ފާސްކޮށް، އާމްދަނީން ޓެކްސް ނަގާނީ އަންނަ އަހަރު ކަމަށް ވެސް އެދުވަހު އެމަނިކުފާނު ވިދާޅުވި އެވެ.

"އޭރުން، އަޅުގަނޑުމެން މިއެދޭ ޖަޒީރާވަންތަ ތަރައްގީގެ ހިތްފަސޭހަ ކަން ލިބެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.

އިންކަމް ޓެކްސް ނެގުމަކީ އެމްޑީޕީގެ ވަރަށް މުއިއްމު ވައުދެކެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި، މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރަން ވެސް އެމްޑީޕީ އިން ކަނޑައެޅި އެއް ވައުދަކީ އިންކަމް ޓެކްސް ނެގުމުގެ ވައުދެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހުސެން

    އަންނަ އިންތިހާބު ކާމިޔާބު ވީމާ ދޯ ނޫނޭ ވާ މަކަރު ހަދަން މޮޅޭ

    59
    2
  2. ހުސޭނުބޭ

    ސުރުޚީ ރަގަޅެއްނޫން! ރަގަޅު ގޮތަކީ............
    ސަރުކާރުގެ ބިރު: 2023 ގެ ކުރިން ޤާސިމް އިބްރާހީމާ ވައިއެޅިލަންވެސް ނުކެރޭ!

    47
    1
  3. ޗަކަޗަކަ

    އަދި އަނބިފިރިކަމުގެ ގުޅުމުންވެސް ޓެކްނަގާނެ..
    ބަލަގަ ރައްޔިތުން ނުފެލާ ރައއޔިތުން އަރާމުގަ ބައިތިއްބައިގެން ގަލަމެއްގެ ތުނޑުން ތަރައްޤީކޮށް ކުރިއަރުވާ ހިންގެންއޮތް ޤަޢުމެކޭމީ... .. ނިކަން ލ . އަތޮޅުގަ އެއޮށް ސިކްސް ސެންސް މީހުންކައިރީގަ ބުނެބަލަ 5 އަހަރުގެ ކުލި މާފްކޮށްފީމޭ. ދެން 5 އަހަރުތެރޭ ސަރުކާރުން ލ . އަތޮޅުގެ ރައްޔިތުން އެދޭ ފެންވަރެއްގެ ތަރައްޤީއެއް ކުރުމަށް ސަރުތު ކޮށްބަލަ. އޭރުން ސަރުކާރުގަ ލާރިނެތިގެން ތަންތަން ތަރައްޤީ ނުކުރެވިގެން ރައްޔިތުން ފެލާކަށް ނުޖެހޭނެ. .

    32
    1
  4. ދޮންބެ

    ހުރިހާ ވަޢުދެއް 2023 އަށް ފުއްދާގޮތަށް ހަދާފަ ކަލޯމެން މުޅި ޢުމުރުދުވަހު އުޅޭނެ ފައިސާ ބައްކޮށްލާފަ ، ގައުމު ސެކިއުލާ ކޮށްލާފަ އިންތިޚާބު ކުރިން ބަެޗީމަ ހުންނާނީ ރަނގަޅަށް.

    34
    1
  5. ސަލ

    ތިހިސާބަށްދާއިރު އަޅުގަނޑު ރިޓަޔަރ ވެދާނެ، ސަލާމަތްވީތާ!

    13
  6. Anonymous

    ރައްޔިތުންނޭ ކުރިޔައް ވުރެން ހާލު ބޮޑުވާނެ. ޙުރިހާ ދައްޗެއް ރައްޔިތުމީހާއައް. ޙުރިހާ މޮޅެއް މި ލާދީނީ ބައިގަނޑައް

    23
    1
  7. Esoru

    Ehfaharuvess thedheh hedhiyaa faafa veri eh nuvaane.

  8. މިއަދު

    ނުކެރޭނެ މިސަރުކާރަކަށްނުކެރޭނެ އިމްކަމްޓެކުސްނަގާކަށް އެއިރުވެސް މިހާރުވެސް މިބުނަނީނު ނުކެރޭނެޔެ

    • ކަނީރު

      ޓެކްސް ވެސްވނަގަން ކެރުނުބަޔަކަށްދޯ މިކަންވެސް ކުރަންކެރޭނީ؟

      1
      1
  9. އިސްތިއުފާ ގޮވާ މީހާ

    ކޮބާ، އަދިވެސް ރައްޔިތުން ނުވޭތަ ސޯލިހު އިސްތިއުފާދިނުމަށް ގޮވަން؟ މިވެރިކަން ވައްޓާ ނުލެވޭނަމަ 2024ގައި ރައްޔިތުން ތިބޭނީ ފެލި ހުސްވެފައި، އިންޑިޔާގެ އަޅުވެތިކަމުގައި

  10. ކަނީރު

    އަދި ކިރިޔާ ވާންވީގޮތް މިއެނގުނީ. ސަރުކާރުން ކޮންމެހެން ކުރަން ބޭނުންވާ ކަމެއް އޮތިއްޔާ ނުކުރާނަމޭ ކިޔައިގެން ވަގުތުނޫހަށް ސުރުޚީއެއް ދޭންވީ. އެއިރުން މި ބަގަތައް ކިޔަންފަށާނެ ކޮބާއެއޮތް ރަނގަޅުކަންތައްވެސް ކުރާކަށް ނުކެރުނޭ އަވަހަށް އިސްތިއުފާ ދޭށޭ. ކޮމެންތައް ކޮށްގަތީމަ ދެން ކުރާނީ. އެއިރުން އޮންނާނީ އިދިކޮޅޭމެންގެ ޡކިޔާލަށް ކުރެވިފަ. އެއިރުން އޮންނާނީ މި ޕިންކީނަށް ރަނގަޅަށް ރާކަނިމަސް ކެވިފަ

  11. ޑައެލޯގް

    ތިޔަ ޓެކްސް ބޮޑުންނާއި ޕާޓީކުދިންނާއި ގާސިމް އަތުން ނަގާކަށް ނުކެރޭނެ