ވައުދުވި ގޮތަށް މިއަހަރު 19 ރިސޯޓެއް ހުޅުވައިފި ކަމަށް ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެެވެ.
ކްރޮސްރޯޑް މޯލްޑިވްސްގައި ޓުވަރިޒަމް ދުވަހުގެ މުނާސަބާގައި ބޭއްވޭ އެންމެ ފަހު ހަރަކާތްކަމަށްވާ ޓޫރިޒަމް ކޮންފަރެންސުގައި މިނިސްޓަރު އަލީ ވާހަކަދައްކަމުން ވިދާޅުވެފައި ވަނީ މިހާތަނަށް 19 ރިސޯޓެއް ހުޅުވާފައިވާ ކަމަށާ، އަދި މި އަހަރު ހުޅުވާ 20 ވަނަ ރިސޯޓު ހުޅުވިގެންދާނީ އައްޑޫ ސިޓީގައި ކަމަށެވެ.
މި ސަރުކާރުން ޓޫރިޒަމަށް 30 ފަޅެއް ދޫކޮށްފައި ވާއިރު މި އަހަރު ހުޅުފައިވާފައިވާ ގިނަ ރިސޯޓުތަކަކީ މިދިޔަ ސަރުކާރުގައި ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްރަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާތު ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭ 869 ތަނެއް އެބަހުއްޓެވެ. މީގެތެރޭގައި 154 ރިސޯޓާއި 12 ހޮޓަލާއި 549 ގެސްޓްހައުސް އަދި 103 ސަފާރީ ހިމެނެ އެވެ. އަދި މި ތަންތަނުގައި ހުރި ޖުމްލަ އެނދުގެ އަދަދު ވަނީ 47,824 އަށް އަރާފައެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައި ވަނީ ވައުދުވެ ވަޑައިގަތް ފަދައިން 20 ރިސޯޓެއްގެ މަޝްރޫއު ކުރިޔަށް ދާކަމަށެވެ.އަދި މިއަހަރު ހުޅުވުމަށް ވައުދުވެފައި ވާ 20 ރިސޯޓްގެ ތެރެއިން 19 ރިސޯޓްއެއް މިހާތަނަށް ހުޅުވިފައިވާނޭ ކަމަށްވެސް ފާހަގަކޮށްލާފައިވެއެވެ. ހަމައެޔާއިއެކު އެބޭފުުޅުން ދައްކާ ވާހަކަ ބުނި ގޮތަކަށް ކަށަވަރު ކޮށްދޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އަންހެނުން މިދާއިރާގައި މަދުކަންވެސް މިނިސްޓާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި އަންހެނުންގެ ދައުރުގެ މުހިންމު ކަމުގެ މައްޗައްވެސް އަލިއަޅުވައި ލާފައި ވާއިރު، މިހާރު ރިސޯޓްތަކުގައި މުވައްޒަފުން ލާ ޔުނީފޯމުގެ ބަދަލުގައި ފަތުރުވެރިންގެ ލޯތައް ދަމައިގަންނާނޭ ފަދަ ދިވެހިވަންތަ ހެދުން އެޅުމަށްވެސް މިނިސްޓާ އެދިލައްވާފައިވެއެވެ. އެއީ ރާއްޖޭގެ ހަގީގީ ރީތިކަން ދައްކުވާދެނީ ދިވެހި ސަގާފަތާއި އާދަކާދައިން ކަމުގައި ކަމަށްވެސް މިނިސްޓާ ފާހަގަކުރައްވާފައިވެއެވެ.
މި ސަރުކާރުގެ އެއް މެންޑޭޓެއްކަމަށްވާ ރިސޯޓުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ލުއިކޮށްދީ އާއިލާއާއި އެކު ވަގުތު ހޭދަކުުރުމަށް ވަގުތު ދިނުމުގެ ގޮތުން ކޮންމެެ ދުވަހަކު މަސައްކަތްް ނިންމުމަށްފަހު އަމިއްލަ ރަށަށް ދެވޭނޭ އިންތިޒާމްތައްވެސް ވަރަށް އަވަހަށް ހަމަޖެހިގެން ދާނޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މިއަހަރު ދުނިޔޭގެ ޓުވަރިޒަމް ދުވަސް މިހާ ކުލަގަދަކޮށް ފާހަގަކުރެވުނީ 30 ކުންފުންޏެއްގެ އެހީތެރިކަމާއި އެކުގައި ކަމަށް މިނިސްޓަރ ފާހަގަކުރައްވާ އެބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވާފައިވެއެވެ.
މިއަހަރު ފަށައިގެން ނިންމި 19 ތަންތަ އައްޔާ
ޕާރޓީ ބަދަލުކުރި 18 މިލިއަނާ ގާތް އަދަދެއް ތީ
އަނހަ....ވައުދުވިގޮތަށް ދިވެހިން މަދުކޮށް ބޭރު މީހުން ގިނަވެސް ކޮށްފި. ސަޅިވާ
ހަމައެކަނި ރެބަންފަށް ދޮތަ؟
ބަލަގަ ލަދު ކޮބާ؟މި ވެރިކަން އައިފަހުން ރިސޯޓެއްހަދާނެ ފަޅެއްވެސް ރަށެއްވެސް ނުދޭ
ރިސޯޓް ހަދަން ކުރީސަރުކާރުން ހަވާލުކުރި ރަށްތަކުގާ ބަޔަކު ގެ ބުރަ މަސައްކަތުން ރެސޯޓް ތައްތަރައްގީ ކުރީމަ އެތަންތަން ހުޅުވީމަ ވޭތަ ؟ މިސަރުކާރުން ކުރިކަމަކަށްވޭތަ
މިހިރަ ބޮޑުގަމާރާ 19 ރިސޯޓަކީ ކަލޭމެންގެސަރުކާރުގަ ދީގެންހެދި ތަންތަންތަ ލަދުހަޔާއްވެސް ހުރިނަމަ ތިހެންކިޔާފަ އަނގަވެސްނުހުޅުވާނެ ކަލޭމެން ކޮންމެ އެއްޗެއްކިޔަސް ދިވެހިރައްޔިތުން މިތިބީބަލަން ރައްޔިތުންނައް އެނގޭ ރައީސް ޔާމީންގެ މިއްނެއް މަސައްކައްކަންތީ މަކަރުހަތައިގެންހޯދާކާމިޔާބު މަގިނަދުވަހަކު ދެމިނޯއްނާނެ އިރާދަކުރއްވިއްޔާ ލަސްތަކެއްނުވެ ނިމޭނެ އާމީން
ވައުދުވީގޮތަށް 19 ރިސޯޓެއް ހުޅުވުމުގެ ރިބަންފަށް ކަނޑައިފިން!
ކަލޭ މޮޔޮގޮވަނީ ރައީސް ޔާމީން ހެދި ޜިސޯޓް ތައް
ބުރާންތިވިޔަސް ބޮޑުވަރު ތިއީ ރައީސްޔާމީ އިންދެވި އޮށުން ގަސްފެޅީމަ މޭވާބިނދެލީ ދެއްތޯ ކަލޯމެންނަކައް ނުވާނެ ވާނެކަމަކީ ދީނައްފުރައްސާރަކުރުން ބޫންބޫންލާފަ
ލަދެއް ހަޔާތެއް ނެތޭ ތިހެން ބުނަން. ޔާމީން ތަރައްގީ ކުރި ރިސޯޓް ތަކުގެ ރެބަން ފަށް ކެޑީމަ އެއީ މިސަރުކާރުން ތަރައްގީ ކުރި ރިސޯޓް ތަކަށް ވާނެތަ؟ ކަލޭ މެންނަށް 5 އަހަރުން ވެސް 19 ރިސޯޓް ނުހެދޭނެ. މި ލާދީނީ ބައިގަޑަަކީ ހާދަ ލަދު ހަޔާތް ކުޑަ ބައެކޭ. އަހަރެމެން ދިވެހިންނަށް އިގޭ ތީ ޔާމީން މަސައްކަތް ކަން
ﷲއިންސާނާއަށް ދެއްވި ވަރަށް އަގުބޮޑު ގުނަވަނެ ކަށިނެތް.. ﷲއަށް ބިރުވެތިކަމެނެތި އެގުނަވަން ހެޔޮނުވާނެ ތިވަރަށް އޮޅުވާލާ މަކަރުހަދަން.. ﷲގަންދީ ބުނެބަލަ ތި19ރިސޯޓު ހުދުމަށް މިސަރުކާރުން ހޭދަކުރިއެއްޗެ ހޭދަކުރި ވަގުތެ ކުރިކަމެ.. ދޮރު ލައްޕާފަހުރި ތަނެއް ތަޅުދަޑިން ހުޅުވާލުމަކީ މިސަރުކާރުގެ ވައުދުން 19ރިސޯޓު ހުޅުވުނުކަމަށް އިއުލާނުކުރީ ﷲމަތިން ހަދުމަނެތިތަ... މަރުވާނެކަން ހަދާންކުރޭ އެދުވަހު ކަލޭގެ ދިފާއުގަ ހަމަ އެކަކުވެސް ނުހުންނާނެ..
ކާޅު ހާލި ހެދީމާ ކޮވެލި އައިސް ބިސްއަޅަނީތާ އެވެ.
ވައުދުވި ގޮތަށް 19 ކަރާ ފަޅައިފިން.
ބަޔަކު ގަބޫލުކޮށްފާނެ ތިވާހަ. އެކަމަކުވާ އައްޔާ ފުކެއްބޮޑުވަރުތީ. އެހެން ބަޔަކު ކުރިކަމެއްގެ މެޑަލް އަޅަނީ....
އެ ރިސޯޓުތަކަކީ ބޫން ބޫންގެ މިނިސްޓަރުކަ މުގައި ސޯލިހުގެ ވެރިކަ މުގަ ހަދާފައިފާ ރިސޯޓތަކެއްތަ ތިޔަކަހަލަ ވާހަކަ ދެއްކީ މަ ތިޔައިގެ ހުރިހާ ތައުރީފެއް އޮތީ ރައީސް ޔާ މީނަށް.
ޢަލީ ވަހީދު ހާސްނުވޭ. މިޤައުމުގަ އެބަތިބި ތިހެންބުނީމަވެސް ޤަބޫލުކުރާނެ ބުރާންތިން.