ރާއްޖޭގެ ރިސޯޓުތަކުގައި މިއަހަރު މިހާތަނަށް އެންމެ ކުޑަ ސާވިސް ޗާޖް ދިން މަހެއްގެ ގޮތުގައި އޮކްޓޯބަރު މަސް ވެއްޖެއެވެ.

ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި އުޅޭ މުވައްޒަފުންނަށް ސާވިސް ޗާޖް ދެނީ މަސް ފެށޭ ތަނުގައެވެ. އިއްޔެ މޯލްޑިވްސް ސާވިސް ޗާޖް ގައި އާއްމުކޮށްފައިވާ ރާއްޖޭގެ ބައެއް ރިސޯޓުތަކުގެ ސާވިސް ޗާޖް ލިސްޓުގައި 60 ރިސޯޓެއް ހިމެނެއެވެ.

އިއްޔެ އާއްމުކޮށްފައި ވަނީ، ސެޕްޓެމްބަރު މަހުގެ ރިސޯޓުތަކުން ލިބުނު ސާވިސް ޗާޖުކަމަށް މުވައްޒަފުން ބުނާ އަދަދެވެ.

އިއްޔެ އާއްމު ކުރި ސާވިސް ޗާޖް ލިސްޓުގެ އެންމެ ކުރީގައި އޮތް 10 ރިސޯޓަކީ

ވޮއްމުލި ރިސޯޓު 621.93 ޑޮލަރު

ވެލިގަނޑު އައިލެންޑް ރިސޯޓް 620.00 ޑޮލަރު

އަނަންތަރާ ކިހަވަށް ވިލާސް 609.66 ޑޮލަރު

ޗެވަލް ބްލެކް ރަންދެލި 607.73 ޑޮލަރު

ހުރަވަޅި އައިލެންޑް ރިސޯޓް 605.00 ޑޮލަރު

ކުޑަދޫ ޕްރައިވެޓް ލިމިޓެޑް 605.00 ޑޮލަރު

ޖުމޭޜަ ވިއްޓަވެލި 592.71 ޑޮލަރު

ދުސިތް ތާނީ މޯލްޑިވްސް 560.00 ޑޮލަރު

ހޮޓެލް ޖެން 558.00 ޑޮލަރު

ކުރެދޭ އައިލެންޑް ރިސޯޓް 520.05 ޑޮލަރު

މި އަހަރު ދެ ވަނައަށް އެންމެ މަދުން ސާވިސް ޗާޖް ލިބުނު މަހަކީ ޖުލައި މަހެވެ. އެ މަހުގައި އެންމެ ބޮޑުކޮށް ސާވިސް ޗާޖް ދިން ވޮއްމުލި ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ލިބުނީ 725.57 ޑޯލަރެވެ.

މި އަހަރު ތެރޭގައި އެންމެ ބޮޑު އަދަދަކަށް ސާވިސް ޗާޖް ޖެހިފައި ވަނީ، ޖެނުއަރީ މަހުއެވެ. އެ މަހުގައި އެންމެ ބޮޑުކޮށް ސާވިސް ޗާޖް ދިން ވެލާ ޕްރައިވެޓް އައިލެންޑްގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖްގެ ގޮތުގައި 3016.02 ޑޮލަރު ލިބުނެވެ.

މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓުގައި ހިމެނޭނީ މުވައްޒަފުން މި ވެބްސައިޓަށް ދީފައި ހުރި މައުލޫމާތެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ވެސް ސާވިސް ޗާޖުގެ ގޮތުގައި ފައިސާ މުވައްޒަފުންނަށް ދޭން ޖެހެއެވެ. ނަމަވެސް ގިނަ ރިސޯޓްތަކުން ޤަވައިދުން މުވައްޒަފުން ސާވިސް ޗާޖެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙެހރ

    އައީ ހުސް އިންޑިއާ މީހުން

  2. ދިޔާނާ.

    ކޮބާޖާބިރު ޖާބިރުބުނި އޭނާގެ ވެރިކަމެއްގަ މަސްވެރިޔަކައް 2000 ޑޮލަރު ދޭނަމެ ކީއްވެބާ ރިސޯޓު މުވައްޒަފުންނައް އެއްޗެއް ދޭންނުކެރެނީ ގައިމު ބިލުގަ ޖަހައިގެން ގެސްޓުން އަތުން އަތުލާ ސާވިސްޗާޖަށޭ ކިޔައިގެން ކޮބާ އަމާނާތް

  3. އަފްޒަލް

    އަހަރުން އުޅޭ ރިސޯޓްގަ އެންމެ ބޮޑުކޮށް ލިބޭ މަހުވެސް ލިބެނީ ތި ލިސްޓްގެ އެެންމެ ފުލުގަ އިން އަދަދު ވަރަށް. އެކަމަކު މި ނޫނިއްޔާ ނީންނާނެ ރާއްޖޭގެ އޮފް ސީޒަނުގަވެސް އެވްރެޖް އޮކިއުޕެންސީ %75 އިން މަތީ އުޅޭރިސޯޓެއް