ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން 15 ޖެނުއަރީ 2020 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން މާލެ އަދި ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ރެޑްވޭވް ގެ ހުރިހާ ފިހާރައެއްގައި ކުރިިއަށް ދާނެއެވެ.

މި ޕްރޮމޮޝަންގެ ތެރެއިން އެ ކުންފުނީގެ ފިހާރަތަކުން ވިއްކާ ކަނޑައެޅިފައިވާ އައިޓަމްސްތަކަކަނުން ބޮޑެތި ޑިސްކައުންޓް ލިބިގެންދާއިރު، ގިނަފަރާތްތަކަކަށް ފައިސާގެ އިނާމުވެސް ލިބޭނެއެވެ. އަދި އަގުބޮޑު އިނާމްތަކެއް ލިބިގެންދާނެއެވެ.

ރެޑް ވޭވް އަހަރީ ބާޒާރު ފަށައިފި

ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި މީގެން ގުރުއަތުން ހޮވޭ 5 ފަރާތަކަށް 10،000ރުފިޔާ ލިބިގެންދާނެއެވެ. އަދި މީގެ އިތުރު 10 ފަރާތަކަށް 10 އިނާމް ރެޑްވޭވަށް އިންޕޯޓުކުރަމުންދާ ފަރުނީޗަރ އަދި ބޮޑެތި އިލެކްޓްރޯނިކް އެޕްލައިންސް އިން ލިބިގެންދާނެއެވެ.

އަދިސޯޝަލް މީޑިއާގައި ބޮޑެތި އިނާމްތަކެއް ލިބިގެންދާ ޙާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ދާނެ ކަމަށް ރެޑްވޭވުން މައުލޫމާތު ދީފައި ވެެއެވެ.

ރެޑް ވޭވް އަހަރީ ބާޒާރު ފަށައިފި

މިޕްރޮމޯޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމް އެފް އެލްސީ އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް، ވިޔަފާރިކުރާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.

މިޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ރެޑްވޭވް ފޭސްބުކް ޕޭޖުން ލިބޭނެއެވެ.

ރެޑްވޭވުން ވަނީ އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ބާއްވާ މިޕްރޮމޯޝަނަށް މިދިޔަ އަހަރު ލިބުނުފަދަ ބޮޑު ތަރުހީބެއް މިއަހަރުވެސް ލިބޭނެކަމުގައި ޔަގީންކަން ދީފައެވެ.

ރެޑްވޭވްގެ އިން ވަނީ ވީހާވެސް ގިނަ ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކަށް ވަޑައިގެން، ޕްރޮމޯޝަންގައި ބައިވެރިވެ ނަސީބު އަގުވަޒަން ކުރުމަށް އެދިފައެެވެ.