ރާއްޖޭގެ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ ދޯނިތަކުން އެެތައް ޓަނެއްގެ މަސް ބާނަފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ހާމަކުރިގޮތުގައި، ފާއިތުވެ ދިޔަ ދެ ދުވަހު އެ ސަރަހައްދުގެ ދޯނިތަކުން 10 ޓަނަށްވުރެ ގިނައިން މަސްބޭނިއިރު، ބައެއް ދޯނިތަކުން 40 ޓަނުންވެސް މަސް ބާނާފައެވެ.

ދެކުނުގެ މަސްވެރިން މަސް ކިރުވަން ދަނީ ކޫއްޑޫއަށެވެ. އެގޮތުން އިއްޔެވެސް މަސް ކިރުވުމަށް ކޫއްޑޫއަށް ގޮސް ތިބި މީހުން މިއަދުވެސް ތިބީ ކިއުގައެވެ. އެހެން ނަމަވެސް މިއަދު އެ މަސްތައް ކިރުވައި ނިމޭނެކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބޭގޮތުގައި، ރޭ އެކަނި ވެސް ކޫއްޑުއަށް 600 އަށް ވުރެ ގިނަ ޓަނުގެ މަސް ވަނީ ކިރުވާފައެވެ.

މި މަސްދޯނިތަކަށް މިފްކޯއިން ވަނީ ހިލޭ އައިސް ފޯރުކޮށްދީފައެވެ. އަދި އެ ހިސާބުތަކަށް މަސްވެރިކަން ރަނގަޅުވިއިރު ހުވަދު އަތޮޅުގައި ހުރި ހުރިހާ އައިސްޕްލާންޓްތަކުން އައިސްލިބޭނެކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތާރީޚު ދިވެހި ރާއްޖެ.

    ﷲ އަށް ޙަމދު ކުރަން.

  2. ޢެދުރު

    ﷲ އަށް ހަމްދު ކުރުން ހުއްޓެވެ.

  3. ފާތުން

    ﷲ އަށް ހަމްދު ހުއްޓެވެ..