މާލޭގެ ބާޒާރުގައި 200 ރުފިޔާއަށް ލިބެންހުރި 25 ކިލޯގެ ފިޔާ ބަސްތާއެއްގ އަގު ހަތަރު ގުނަ ބޮޑުވެ، 800 ރުފިޔާއަށް އަރައިފިއެވެ.

ފިޔާގެ އަގު ބޮޑުވެފައިވަނީ އާންމުކޮށް ރާއްޖެއަށް ފިޔާ އެތެރެކުރާ އިންޑިއާގައި ފިޔާ އުފެއްދުން މަދުވުމުގެ ސަބަބުން އެގައުމުތަކުގައިވެސް ފިޔާގެ އަގު ބޮޑުވެފައިވާތީއެވެ. އެ ސަބަބާހުރެ ރާއްޖޭގެ ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު މިވަގުތު އުޅެނީ 35 ރުފިޔާ އާއި 45 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ.

އިންޑިޔާއަކީ މި ސަރަހައްދުގައި އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ ގައުމެވެ. ރާއްޖެއިންވެސް ފިޔާ އިމްޕޯޓު ކުރަނީ ގިނައިން އެގައުމުންނެވެ. އެގައުމުން ފިޔާ އުފައްދާ މިންވަރު މަދުވި ނަމަވެސް ރާއްޖެއާ އެ ގައުމާ ދެމެދު ހަދާފައިވާ ހާއްސަ އެއްބަސްވުމެއްގެ ދަށުން، ރާއްޖެ އަށް އެއްވެސް ދަތިކަމެއް ނެތި ފިޔާ އެތެރެ ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިޔައިގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާއިން ފިޔައި ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނާތީ ކުރިއަށް އޮތްތަނުގައި ވެސް ފިޔައިގެ އަގު އިތުރަށް އުފުލިގެން ދާނެ ކަމަށް ލަފާކުރެވެއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަންނަ ޑިސެމްބަރ މަހުގެ ނިޔަލަށް އިންޑިއާ އިން ފިޔައި ލިބުމުގައި ދަތިތައް ދިމާވަމުން ދާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  މުޞީބާތަކަށްފަހު މުޞީބާތެ އް

  17
 2. ސޯލް

  އަދިވެސް ހެ އްދެވި ފަރާތަށް ބިރުވެތި ވާކަށް ނުވޭތަ؟

  18
 3. ޔާނު

  އަދިވެސް އިންޑިޔާ ފައިބުޑަށް ވެއްޓިގަނޭ