ވިލާތުގެ އިއްތިހާދުން ވަކިވުމަށް 2016 ގައި ނެގި ވޯޓު (ބްރެކްޒިޓް) ގެ ސަބަބުން އިނގިރޭސިވިލާތުގެ އިގްތިސާދަށް 60 ބިލިއަން ޕައުންޑުގެ ގެއްލުމެއް ލިބިއްޖެކަން ފަހުގެ ހޯދުންތަކުން އެނގިއްޖެއެވެ.

މިކަމާ ގުޅޭ ތަފާސްހިސާބުތައް ހަދާފައިވަނީ އެގައުމުގެ ރިސާޗް ޖަމިއްޔާ އެއްކަމަށްވާ 'އިންސްޓިޓިއުޓް ފޯ ފިސްކަލް ސްޓަޑީޒް' އިން ހެދި ރިޕޯޓެއްގައެވެ. އެ ރިޕޯޓުގައިވާ ގޮތުން ބްރެކްޒިޓްގެ ސަބަބުން އިނގިރޭސިވިލާތުގެ އާމްދާނީގެ ނިސްބަތް މިގޮތުން ވަނީ ބޮޑު ތަނުން ދަށްވެފައެވެ. 2016 ގެ ފަހުން އައި ކޮންމެ އަހަރެއްގައިވެސް އެގައުމުގެ މުއްސަނދިކަން ވަނީ 2.5 އިންސައްްތަ އާއި 3 އިންސައްތަ ދަށްވެފައެވެ. މިއީ ޖުމްލަކޮށް ގާތްގަނޑަކަށް 65-55 ބިލިއަން ޕައުންޑުގެ ބޮޑު ވެއްޓުމެކެވެ.

"އަހަރެމެންގެ ހުރި މަޢުލޫމާތުތަކުން އެނގޭ ގޮތުން އިނގިރޭސިވިލާތް އޮތީ ދުނިޔޭގެ ގައުމުތަކުގެ އިގްތިސާދު ރަނގަޅުވެގެން ދިޔަ ދުވަސްކޮޅުގެ ފައިދާ ނެގުމަށް ނުކުޅެދިފަ، ގައުމުގެ އުފެއްދުންތެރިކަމާއި އިންވެސްޓްމެންޓް އޮތީ މަޑުޖައްސާލެވިފަ." އިނގިރޭސި ބަޔަކު ތައްޔާރުކުރި އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެ ރިޕޯޓުން މަޢުލޫމާތުދޭ ގޮތުން ބްރެކްޒިޓް އާ ގުޅިގެން އެގައުމުގެ ޕްރައިވެޓް ސެކްޓާގައި އިންވެސްޓްކުރާ ނިސްބަތްވެސް ވަނީ 20 އިންސައްތައިން ދަށްވެފައެވެ.

އިނގިރޭސިވިލާތުގެ މިހާރުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެގައުމު ވިލާތުގެ އިއްތިހާދުން ވަކިވުމަށްޓަކައި ގެންގުޅޭ ސިޔާސަތުތަކާއި ވިލާތުގެ ބައެއް ބޮޑެތި ގައުމުތަކުން ވަނީ އެއްބަސްނުވެ، އަލުން އެހެން ޕްލޭނެއް ލިޔުމަށް ގޮވާލާފައެވެ. "ގައުމުގެ އިގްތިސާދަށް އެންމެ ރަނގަޅު ގޮތަކީ އީޔޫ ގައި ދެމިއޮތުން" އެންމެ ރަނގަޅު ނިންމުމަކީ އެއީ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އިނގިރޭސިވިލާތަށް އެންމެ ވޯޓެއްގެ ސަބަބުން ލިބެމުންދާ ގެއްލުމަކީ އަދި އަސްލު އެގައުމު ވިލާތުގެ އިއްތިހާދުން ދުރަށް ގޮސްފިއްޔާ ލިބޭނެ ގެއްލުމާއި އަޅާބަލާއިރު ކުޑަ މިންވަރެއް ކަމަށް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ

ކިޔުންތެރިންގެ ހިޔާލު