ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ސާވޭއެއް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އިނިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ސާވޭއަކީ ވިޔަފާރިކުރާ ތަންތަނާއި އެނޫންވެސް މަސައްކަތް ކުރާ ތަންތަނުގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމުގެ ގޮތުން ހިންގާ ސާވޭއެކެވެ.

އެ ސާވޭގެ މައިގަނޑު މަގުސަދަކީ މާލެ އާއި އަތޮޅުތެރޭގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންނަށް ކުރެވޭ ޚަރަދުތަކާއި އެ ވިޔަފާރިތަކުގެ މާލީ ހާލަތު ދެނެގަތުމެވެ. އަދި ސާވޭ ބައްޓަން ކުރެވިފައި ވަނީ ވަކި ވަކި ވިޔަފާރިތަކަށް ޒިޔާރަތްކުރުމަށްފަހު އެ ވިޔަފާރިތަކުގެ ޒިންމާދާރު ފަރާތްތަކާ ބައްދަލުކޮށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެ ސާވޭ ކުރަނީ ރިޔަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އެކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ.

 

ކިޔުންތެރިންގެ ހިޔާލު