ހިޖާމާގެ ފަރުވާ ދިނުމުގައި ރާއްޖޭގައި މަޝްހޫރު ފަޒީސް ހިޖާމާއިން ކޮންމެ އަހަރަކު ފަރުވާ ހޯދާ ފަރާތްތަކުގެ ތެރެއިން އެއްފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމައިފައިވާ ކަމަށް އެ ކްލިނިކުގެ ވެރިޔާ ފަޒީލާ އުސްމާން (ފަޒީ) ބުނެފިއެވެ.

ފަޒީ ބުނި ގޮތުގައި އެ ގުރުއަތުގައި، ފަޒީގެ ކްލިނިކުން ފަރުވާ ހޯދާ ހުރިހާ ފަރާތްތަކުން ބައިވެރި ވެވޭނެއެވެ. އަދި ކޮންމެ އަހަރަކުވެސް ގުރުއަތުގައި ބައިވެރި ކުރެވޭނީ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ފަރުވާ ހޯދަމުން ދާ ފަރާތްތަކުން ކަމަށް އޭނާ ވަނީ ބުނެފައެވެ. ފަޒީ ބުނި ގޮތުގައި އެ ކްލިނިކުން ކޮންމެ ކަމަކަށް ހިޖާމާގެ ފަރުވާ ހޯދާ ފަރާތަކަށްވެސް ގުރުއަތުގައި ބައިވެރި ވެވޭނެއެވެ. އަދި ވަކި އުމުރު ފުރަޔަކަށްވެސް ނުބަލާ ކަމަށް އޭނާ ވަނީ ބުނެފައެވެ. ފަޒީ ބުނި ގޮތުގައި ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮންމެ އަހަރެއްވެސް ނިންމައިފައެވެ.

އެތައް ބަޔަކަށް ފަޒީސް ހިޖާމާ ތެރަޕީ އިން ހިޖާމާގެ ފަރުވާ ދެމުން އަންނަ އިރު، އެތައް އާންމުނަކަށް ހިޖާމާގެ ފަރުވާ ހޯދައިގެން ﷲގެ ރަހުމަތްފުޅާއި އެކު ޝިފާ ލިބިފައިވެއެވެ. ހަކުރުބަލި، ކޮލަސްޓްރޯލް، ތައިރޮއިޑް، ލޭ މައްޗަށްދިއުން، ނާރުގެ މައްސަލަތައް އަދި މައިގްރެއިންގެ އިތުރުން އެކިކަހަލަ ތަދުތަކަށްވެސް ހިޖާމާއިން ޝިފާ ލިބެމުންދާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

އާންމު ބަލިތަކުގެ އިތުރުން ބޮޑެތި އަދި ނުރައްކާތެރި ބަލިތައްކަމުގައިވާ ޓިއުމަރ އުފެދުން، އަދި ސްޓްރޯކް ޖެހުންފަދަ ބަލިތަކަށްވެސް ފަޒީ ދަނީ ހިޖާމާއިން ފަރުވާ ކޮށްދެމުންނެވެ.