ރާއްޖޭގައި އެންމެ ފަހުން އޮޕަރޭޓް ކުރަން ފެށި ޕްރައިވެޓް އެއާލައިނެއް ކަމަށްވާ މަންތާ އެއާގެ ފުރަތަަމަ ސީޕްލޭން ރާއްޖެ ގެނެސްފިއެވެ.
މި ބޯޓު ރާއްޖެ ގެނެސްފައި ވަނީ މިއަދު ހަވީރު ވަގުތެއްގައެވެ. އަދި މާދަމާގެ ވަގުތެއްގައި މަންތާ އެއާގެ ދެވަނަ ސީޕްލޭން ރާއްޖެ އަންނާނެއެވެ.
މީގެ ހަތް މަސް ކުރިން ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ މަންތާ އެއާއިން ސީޕްލޭން ދަތުރު ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެ އެއާލައިނުން މަސައްކަތް ކުރަމުން ދަނީ، މި އަހަރު ތެރޭގައި އިތުރު ސީޕްލޭންތައް ރާއްޖެ ގެނައުމަށެެވެ.
މަންތާ އެއާއިން ބުނީ، މި ފަހު ކޮޅުގައި އިތުރު 3 ސީޕްލޭން ގެންނާނެ ކަމަށާއި، އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 10 ސީޕްލޭނުގެ ފްލީޓެއް މަންތާގައި އޮތުން ކަމަށެެވެ.
މަންތާ އިން މިހާރު ދަތުރުކުރަނީ ދ. ކުޑަހުވަދޫގެ ދާލު އެއާޕޯޓަށާއި ބ.ދަރަވަންދޫ އެއާޕޯޓަށެވެ. ޑޮމެސްޓިކް ދަތުރުތަކުގައި އެ ކުންފުނިން ބޭނުންކުރަނީ އޭޓީއާރު 600-72 މަރުކާގެ 3 މަތިންދާ ބޯޓެވެ.
މަންތާ އެއާއަކީ ރާއްޖޭގައި ސީޕްލޭން ބޭނުން ކުރަންފެށި 3 ވަނަ އެއާލައިނެވެ.
ނައިސް ޕްލޭން ޑޫޑް