އިންޑިއާގެ ވިޔަފާރިތަކަށް ހުޅުވާލައިގެން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޑިއާ އެކްސްޕޯ 2019" މިމަހުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި އެކްސްޕޯ ކުރިއަށް ދާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އެކްސްޕޯގެ ސަބަބުން އިންޑިއާގެ ކުންފުނިތަކަށް ރާއްޖޭ މާކެޓުން ފުރުސަތު ހުޅުވިގެންދާނެއެވެ. މިއެކްސްޕޯގައި އިންޑިއާގެ އުފެއްދުންތައް ރާއްޖޭއިން ފެނިގެންދިއުމަށް މަގުފަހިވެގެން ދާނެއެވެ.

އިންޑިއާ އެކްސްޕޯގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރުން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އެސްއެމްއީ އެންޑް އެންޓްރަފްރެނުއާ ފެޑެރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް) އިން ބާއްވާ މި އެކްސްޕޯ އަކީ ރާއްޖޭގައި އަލަށް ފަށާ އެކްސްޕޯއެކެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސެފްއެމް އިން ވަނީ މި އެކްސްޕޯގެ ޕާޓްނަރުންގެ ގޮތުން ހަމަޖެހިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސެފްއެމްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވީ، މި އެކްސްޕޯގެ މައިގަނޑު މަގްސަދަކަށް ވާނީ ރާއްޖޭގެ މާކެޓަށް ޖޮއިންޓް ވެންޗާ ވިޔަފާރިތައް ގެނެސް ފުޅާކުރުން ކަމަށެވެ. އަދި މި އެކްސްޕޯގެ ސަބަބުން އިންޑިއާގެ ބައެއް ވިޔަފާރި ތައް ރާއްޖޭގައި އުފެދިގެން ދާނެ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

އިންޑިއާ އެކްސްޕޯގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރުން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މި އެކްސްޕޯގެ ޕާޓްނަރުންގެ ގޮތުގައި ސޮއި ކޮށްފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ، ކޯޕަރޭޓް މޯލްޑީވްސް، ރާއްޖެ ޓީވީ، ވަން އޮންލައިން، މޮލްޑިވްސް އިންސައިޑަރ، ޝޭޑީ ކެބިން ރެންޓަލްސް، އެބްސޮލިއިޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން އަދި މޯލްޑިވްސް ބިޒްނަސް ރިވިއުއެވެ.

ކިޔުންތެރިންގެ ހިޔާލު