މި އަހަރު ރާއްޖޭގެ އިގްތިސޯދަށް ކުރިއެރުން ލިބެން އަންދާޒާ ކުރެވިފައިވާ ދުވެލި 5 އިންސައްތަ ދަށްވެފައިވާ ކަމަށް ވޯލްޑް ބެންކްއިން ހާމަކޮށްފިއެވެ.
ވޯލްޑް ބެންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަޙައްދީ އިޤްތިޞާދީ އަޕްޑޭޓް ރިޕޯޓުގައި ބުނެފައިވަނީ މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ހުންނާނީ 5.2 އިންސައްތައިގައިކަމަށެވެ. ރާއްޖޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހިފައިވަނީ ބައިނަލްއަޤްވާމީ އެއާޕޯޓާއި ބްރިޖުގެ މަސައްކަތް ނިމުމާ ގުޅިގެން އިމާރާތްކުރުމުގެ ސިނާޢަތް މަޑުޖެހިފައިވުމުގެ ސަބަބުންކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
އަހަރު ފެށުން ކޮޅުގައި ރާއްޖޭގެ އިގްތިސާދަށް 5.7 އިންސައްތާގެ ކުރިއެރުމެއް މިއަހަރު ލިބޭނޭކަމަށް ވޯލްޑް ބެންކްއިން ލަފާކޮށްފައި ވީނަމަވެސް އެ އިންސައްތަ ވަނީ 5.2 އަށް ތިރިވެފައެވެ.
ރާއްޖޭގެ އިގްތިސޯދުގެ ދުވެލި މިއަހަރު މަޑުޖެހިފައި ވީނަމަވެސް އިންފްރަސްޓްރަކްޗާ އާ ވަޞީލަތްތައް ޤާއިމްކުރުމަށް އިންވެސްޓް ކުރުމާއި ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާވެގެން ދިއުމުގެ ސަބަބުން، އަންނަ އަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން އެވްރެޖްކޮށް 5.6 އިންސައްތައަށް އަރާނެ ކަމަށް ވޯލްޑް ބެންކުން މިހާރު ވަނީ ލަފާކޮށްފައިވެއެވެ. އެހެން ނަމަވެސް ކުރިން ނެރުނު ރިޕޯޓްގައި އެބޭފުޅުން އަންދާޒާކޮށްފައި ވަނީ އިޤްތިޞާދީ ދުވެލި ހުންނާނީ 5.2 އިންސައްތައިގައިކަމަށެވެ.
މިކަމާ ބެހޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިންވެސް މީގެ ކުރިން ވަނީ ރާއްޖޭގެ އިޤްތިޞާދީ ކުރިއަރާ މިންވަރު ދަށްވާނެކަމަށް ލަފާކޮށްފައެވެ.
އިޤްތިޞާދު ދަށްވާނެކަމަށް ލަފާކުރެވޭ ސަބަބަކީ ރާއްޖޭގައި ހިންގާ ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ނިމިފައިވާތީއާ، ޢިމާރާތްކުރުމުގެ ދާއިރާ 2018ވަނަ އަހަރު ކުރިއަރާފައިވާ މިންވަރަށްވުރެ މިއަހަރު ކުރިއަރާނެ މިންވަރު ދަށްވާނެކަމަށް ބެލެވޭތީކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ހިސާުތަކުގެ އެކު ގައުމުތަކުގެ މާލީ ހާލަތާއި ގައުމުގެ އިގްތިސާދު ދައްވެގެން ދާނޭ ދުވަސް ކޮޅެއް ކަމަށް ވޯލްޑް ބެންކްއިން ވަނީ ފާހަގަކުރައްވާފައެވެ. މިކަން ހިނގަން މެދުވެރިވާ އެއް ސަބަބަކީ އެކި ޤައުމުތަކުގެ މެދުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމަތަކާއި އެކި ސަރަަޙައްދުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަށްކަމަށް އެ އިދާރާތަކުން ބުނެފައިވެއެވެ.
އިގްތިޞާދީ އަދި ތަރައްގީގެ ދުވެލިވެސް ހުންނާނީ ވެރިމީހާގެ ދުވެލި ހުރިވަރަށް. ދެން ދާނި ފަހަތަށް.
ﷲ ސުބުހާނަހޫ ވަތަޢާލާގެ ކޯފާއައް ބިރުވެތިވަމާ. ނޫނީ އެންމެންގެ މައްޗައް އާންމު ވެގެންވާފަދަ ކޯފާއެއް އައުން ގާތް.
މިއީ ގަންޖާބޯ އެންޑު ސުލޯ ލިހު ސަރުކާރު. ގަންޖާ އެންޑ ސުލޯ ލިހުގެ ސަރުކާރައް އިނގޭނީ ދެބޯ އިޒްދަ ގެރި ދުއްވާފަ ލާދީނީ ފުރޭތަ ހިމާޔަތްކޮއް އިންޑިޔާއިން ފިޔާ ސަލާން ޖަހާ މޮދީގެ ފައިވާންކިބައިގެ ދަށުގައި ދޫލާން. އޭރުން ދިވެހީން ތިބޭނީ ގޯނި އަނދެގެން ގޮސް ގޮޑުދޮށުގަ ޖަޒީރާކަންމަތީ ދެހާއްޖަތައް ދާން. ދެން ގަންޖާބޯ އާއި ސުލޯލިހު މެން ތިބޭނީ ރަން އިލޮށިން ކަދުރުކަމުން މަބޮޑޭ ކަނޑަން
ނޫނޭ ޑިމޮކްރަސީ އައީމަ ހުރިހައި ކަމެއް ހައްލުވީ، ކޮބައިތޯ އިންތިހާބު ކެމްޕޭނުގައި ޖެހި ހިސާބުތައް ގެންގުޅުއްވި ފޮމިޔުލާތައް،؟ ބަލަ ރޯދިބަރަކާތަކީ ﷲ ސވ ދެއްވާއެއްޗެކެވެ.
ސަހިންދާ ކޮބައިތަ ސައިންޓިފިކަލީ ނެތީތޯ ރަނގަޅު ފޯމިޔުލާއެއް ހޯދިފަ މިކަން ރަނގަޅު ކުރަން . ބބއެއް.