ރާއްޖޭގެ ހަމައެކަނި ހޮންޑާ އޮތޮރައިޒް ޑިސްޓްރިބިއުޓަރ ޝީޝާ އިން "ބޯނަސް"ގެ ނަމުގައި މިދިޔަ ސެޕްޓެމްބަރު މަހު ފެށި ޕްރޮމޯޝަންގެ މުައްދަތު އިތުރުކޮށްފިއެވެ.

ސެޕްޓެމްބަރު 10 އިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމި މި ޕްރޮމޯޝަންގެ މުއްދަތު މިހާރު ވަނީ އޮކްޓޯބަރު 24 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ޝީޝާ އައްޑޫ ޝޯވ ރޫމުން މިއަދު ސައިކަލު ގަތް މީހެއް

ޝީޝާ އިން ބުނީ، މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ގަންނަ ކޮންމެ ސައިކަލަކު 3000 ރުފިޔާ އާއި 6000 ރުފިޔާ ދެމެދުގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ޝީޝާ އިން ގަންނަ ކޮންމެ ސައިކަލަކާއެކު ހާއްސަ ހަދިޔާއެއްވެސް ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި، ހޮންޑާ ބްރޭންޑް ގެ ޕްރޮޓެކްޓިވް ކަވަރު، ހޮންޑާ ބްރޭންޑްގެ ހެލްމެޓް، އެޗް.ޓޫ.ސީ ބްރޭންޑްގެ ހެލްމެޓް އަދި ކުޑަކުދިންގެ ޓީޝާޓު ހިމެނެއެވެ.

ޝީޝާ އެކި އައުޓްލެޓުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން

މި ހާއްސަ ޑިސްކައުންޓް ޝީޝާ އިންސްޓޯލްމެންޓަށް ސައިކަލު ނަގާ ފަރާތްތަކަށާއި އިސްލާމިކް ބޭންކް މެދުވެރިކޮށް ސައިކަލި ގަންނަ ފަރާތް ތަކަށްވެސް ލިބޭނެއެވެ.

ޝީޝާއިން ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ ސައިކަލުތައް ލިބޭނެއެވެ.

ޝީޝާގެ އައުޓްލެޓްތައް މާލޭގެ އިތުރުން، ހުޅުމާލެ، އައްޑޫ ސިޓީ، ކުޅުދުއްފުށި، އަދި ފުވައްމުލަކުގައި އާއި ލ. ގަމުގައި ދަނީ ހިންގަމުންނެވެ. މި ހުރިހާ އައުޓްލެޓެއްވެސް މި ޙާއްސަ ޕްރޮމޯޝަން ކުރިއަށްދާނެއެެވެ.

ޝީޝާ އިން ބުނިގޮތުގައި، މި ޕްރޮމޯޝަން ވަރަށް ފޯރީގައި، އެ ކުންފުނީގެ އައުޓްލެޓްތައް ހިންގާ ހުރިހާ ހިސާބެއްގައި ކުރިއަށް އެބަ ދެއެވެ.

ޝީޝާ އެކި އައުޓްލެޓުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން

ޝީޝާއަކީ މުޅި ދުނިޔެއަށް މަޝްހޫރު ސައިކަލު ބްރޭންޑްކަމުގައިވާ "ހޮންޑާ" ބްތޭންޑް ސައިކަލު ވިއްކުމުގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓަރކަން ލިބިފައިވާ ކުންފުންޏެވެ.