ވާވޭ ބްރޭންޑްގެ ފޯނުތައް ވިއްކުމުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޝަން ލިބިފައިވާ މެކްސްކޮމް އިން ވާވޭ މޭޓް 10 ޕްރޯ ވިއްކަމުންދާއިރު، މި ފޯނު ގަންނަ ފުރަތަމަ 100 ކަސްޓަމަރަކަށް ހާއްސަ ޑިސްކައުންޓެއް އިތުރުން ގަންނަ ވާވޭ މޭޓް 10 ޕްރޯ އާއި އެކު ވާވޭ A2 ގަޑިއެއް ދިނުމަށް ނިންމައިފިއެވެ.

ވާވޭ ބްރޭންޑްގެ ފޯނުތައް ވިއްކަމުން އަންނަ މެކްސްކޮމް އިން ވާވޭ މޭޓް 10 ޕްރޯ 128 ޖީބީ ވިއްކަމުން ދާ އަސްލު އަގަކީ 13800 ރުފިޔާއެވެ. ނަމަވެސް މި ފޯނު ގަންނަ އެންމެ ފުރަތަމަ 100 ކަސްޓަމަރަކަށް ހާއްސަ ޑިސްކައުންޓަކާއެކު މި ފޯނު 12900 ރުފިޔާއަށް ލިބޭނެ ކަމަށް މެކްސްކޮމް އިން މައުލޫމާތު ދެއެވެ.

މެކްސްކޮމް އިން މައުލޫމާތުދޭ ގޮތުގައި، އެ ފިހާރައިން ވާވޭ މޭޓް 10 ޕްރޯގެ ދެ ކުލައެއް މިހާރު ދަނީ ވިއްކަމުންނެވެ. އެއީ މޮކާ ބްރައުން އާއި ޓައިޓޭނިއަމް ގްރޭއެވެ.

މެކްސްކޮމް އިން ބުނީ، އެ ފިހާރައިން ވިއްކާ ވާވޭ ބްރޭންޑްގެ ހުރިހާ ފޯނު ތަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ ލިބޭނެ ކަމަށެވެ.

މި ފޯނަށް ބަލާއިރު، މި ފޯނަކީ އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކޮށްގެން ފޯނު ބޭނުންކުރާ މީހާއަށް ފަސޭހަތަކެއް ލިބިގެންދާނެ ފެންވަރަށް ތައްޔާރުކޮށްފައިވާ އެ ބްރޭންޑްގެ ފްލެގްޝިޕް ފޯނެވެ. 4000 އެމްއޭއެޗްގެ ބެޓަރީއެއް ހިމެނޭ މި ފޯނުގެ ބެޓަރީ ވަރަށް ގިނައިރުވަންދެން ހިފަހައްޓާނެއެވެ.

އަދި އޭގެ އިތުރުން އައިޕީ67 ސެޓިފައިޑް، ފެން ނުވަންނަ މި ފޯނަކީ 16 އެމްޕީގެ ޑުއަލް ކެމެރާއެއް ހިމެނޭ ފޯނެކެވެ. މި ފޯނުގައި ދެ ސިމް ބޭނުން ކުރެވޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުޙައްމަދު

    ހިލޭ ތިފޯނު ދިނަސް ބޭނުމެއްނޫން ތިހާ އަގުބޮޑު އެއްޗެހި ގަނެ އިސްރާފު ކުރުމަށްވުރެ މާރަގަޅު އަގުހެޔޮ އެތިގަނެ، އަތުގައި ފައިސާއެއް ބާކީ އޮވެއްޖެއްޔާ ނިކަމެތި ބަޔަކަށް އެހީވުންވެސް

    • ކާކު؟

      މަށަށް އެހީ ވާންވީނު

  2. ިާަަަަަަީަަާަސަޅި

    ވަރައް ސަޅި ފޯނެއް ތީ..

  3. ޜޮހިންގާ ފަންޑް

    ޥަރަ ފައްކާ ޕޯނެތީ!! މަވެސް ވާވެ