ބްރޯޑްބޭންޑް ޕޮލިސީ އެކުލަވާލުމުން އިންޓަރނެޓްގެ އެންމެ ދަށް ސްޕީޑް ކަނޑައެޅޭނެ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޤައުމީ ތަރއްޤީއާއި ތަރިކައާއި ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ބްރޯޑްބޭންޑް ޕޮލިސީ ކަނޑައެޅުމާއެކު ރާޢްޖޭގައި ބޭނުންކުރާ އިންޓަރނެޓްގެ އަގު ހެޔޮކޮށް އެންމެ ދަށް ސްޕީޑުގެ ގޮތުގައި 30 އެމްބީޕީއެސް ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި ޓޮޕްއަޕް ކުރާ ޑޭޓާ ޖެހިގެން އަންނަ މަހަށް ދާ ގޮތަށް ހަމަޖެހޭނެ ކަމަށްވެސް މިނިސްޓަރު މަލީހް ވިދާޅުވި އެވެ.

މި ކޮމިޓީގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަފްޒަލް އިބްރާހިމް ވިދާޅުވީ ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި ބްރޯޑްބޭން ޕޮލިސީ އެކުލަވާފައިވާގޮތް ބަލައި އެސެސްމެންޓްތަށް މިހާރު ހަދަމުންދާ ކަމަށެވެ.

އިންޓަރނެޓް އަގުހެޔޮކުރުމަކީ ރައީސުލްޖުމްހޫރޮއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދަކަށްވާއިރު ވެރިކަމަށް އަހަރު ފުރުމާ ގާތްވެފައިވާއިރުވެސް އިންޓަރނެޓް އަގުހެޔޮވެފައިނުވާތީ ރައްޔިތުންގެ ފާޑުކިޔުންތައް އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ރައްޔިތުންގެ ފާޑުކިޔުންތަކާ ގުޅިގެން ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެފައިވަނީ މިއަހަރު ތެރޭގައި އިންޓަރނެޓްގެ އަގު ހެޔޮ ނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައިވާ ގޮތުގައި އިންޓަރނެޓް އަގުހެޔޮކުރުމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރާއި 2021ވަނަ އަހަރުގައި ކަމަށެވެ. އިންޓަރނެޓް އަގުހެޔޮކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ޓެލެކޮމް ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާވަތުބަތާނަ

    ހުސްއަނގަ އެއްކަމެއވެސް ނުވާނެ، ކު ރަނީ ކު ރަނީ، އަންނަނީ އަންނަނީ، މިވަ ރެއްގަ،

    18
    1
  2. ބޯހަލާކު

    އިންޓަރނެޓް އަގު ހެޔޮކުރަންޖެހޭ، އިންޓަނެޓް ހަގުހެޔޮކުރަނީ، އިންޓަނެޓް އަގުހެޔޮކުރުމުގެ މަޝްވަރާނިމުނުތާ އެތައްދުވަހެއް، އިންޓަނެޓް އަގުހެޔޮކުރެވޭނީ ރައީސައް، އިންޓަނެޓް އަގުހެޔޮކުރާނީ އަންނަ އަހަރު، އިންޓަނެޓް، އިންޓަނެޓް، އިންޓަނެޓް... މަލީހޫ.. މީ ރައިވަރެއްތަ، ފަރިއްސެއްތަ

    12
    1
    • ހަހަ

      ފަރިއްސެއްވެސް ނޫން، ރައިވަރެއްވެސްނޫން. ތިއީ ސީދާ އާޅެމެއް

  3. ހުސޭނުބޭ

    މަށަށް ޔަޤީންވަނީ މި މިނިސްޓަރު އުޅެނީ އިންޓަނެޓާ އިނދެގެންކަމަށް!

    9
    1
  4. ޖާޒީރާ ބޯއީ

    މަލީހު މީކުރީގެ ސަރުކާރުގައިވެސް ބޮޑު ފެއިލިއަރއެއް. ރައީސް ނަޝީދުނަމަ ނުގެންގުޅޭނެ.

  5. ރައްޔިތުން

    އޭރުން ބިލް ބޮޑުވީނު..

  6. ދިވެހި ޖީ

    ޢެއީ މިސަރުކާރު ހިނގާ ސްޕީޑުތަ؟ ...
    އެހެން ވިއްޔާ ތިޔަސްޕީޑު ބޭނުމެއްނޫން..... ސާފު؟؟؟؟