މީގެ ކުރިން އެ ހަރަކާތް ބާއްވަން ތާވަލްކޮށްފައި އޮތީ މިއަދު ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް މާލޭ ރާޅު ގަނޑު ސަރަހައްދުގައެވެ. މޫސުން ގޯސްވެ މިއިވެންޓް ކުރިއަށް ނުގެންދެވި ކެންސަލްކޮށްފައިވާއިރު، މިއިވެންޓް އަލުން ކުރިއަށް ގެންދާނެ ދުވަހެއް މޯލްޑިވިއަނުން އަދި ހާމައެއް ނުކުރެއެވެ.
މިއަދު ބާއްވަން އުޅުނު ހަރަކާތުގެ ތެރެއިން ހަތަރު ނަސީބުވެރިއަކަށް ކޮޗިން ދެކޮޅު ޓިކެޓް ލިބޭނެއެވެ. ހަނިމާދޫން އިންޑިއާގެ ކޮޗިންއާ ދެމެދު ކުރާ ދަތުރުތަކުގެ މައުލޫމާތާއި، މޯލްޑިވިއަންގެ އެހެން ދަތުރުތަކާއި ގުޅޭ ތަފާތު މައުލޫމާތުތައް ވެސް ދޭން އޮތީ ހަމަޖެހިފައެވެ.

ކޮޗިންއަކީ ދިވެހިންގެ ގިނަ ބަޔަކު ބޭހަށް ދާ ސިޓީ އެކެވެ. ހަނިމާދޫން ކޮޗިންއާ ދެމެދުގެ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ހަނިމާދޫ އާއި ކޮޗިންއާ ދެމެދުކުރާ ޓިކެޓް ވިއްކަނީ ދެކޮޅަށް 199 ޑޮލަރަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކީއްވެ

    ތީގެ ކަބަޑެއް ހުޅުވިދާނެއެންނޫންތޯ ހަނިމާދޫގައިވެސް ހަނިމާދޫއަށް މޫސުން ރަގަޅޭ...
    ތިކަހަލަ ކަބަޑުތައް ހުޅުވުން އެމްމެ ރަގަޅީ އެ ދަތުރުތައް ފަށާ ސެކްޓާއެއްގައި ދޯ އަދި އެ ސަރަހައްދެގެ ދަތުރުކުރާ މީހުންނަށްދޯ މައުލޫމާތު ދޭންޖެހޭނީވެސް....