އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނިން މާލެ އަތޮޅުގައި ފަސްތަރީގެ ރިސޯޓެއް ހުޅުވައިފިއެވެ.

"ވަރުބައި އެޓްމޮސްފިއާ"ގެ ނަމުގައި ހުޅުވި މި ރިސޯޓަކީ އެކުންފުނީގެ ފަސްވަނަ ރިސޯޓެވެ. 39 ބީޗު ކޮޓަރިއާއި 69 މޫދުކޮޓަރި ހިމެނޭ މި ރިސޯޓަކީ ރާއްޖޭގެ މާހައުލުން ފެންނަ ކުލަތަކަށް ބަލައިގެން ހަދާފައިވާ ރިސޯޓެކެވެ.

ވަރުބައި އެޓްމޮސްފިއާގައި މެހެމާނުންނަށް "ވަރުޕްލޭން"ގެ ނަމުގައި އޯލް އިންކްލޫސިވް ޕްލޭނެއް ވަނީ ފަރުމާކޮށްފަ އެވެ. މި ޕްލޭންގައި މޫދު ކުޅިވަރުތަކާއި ކެއިންބުއިމާއި އެހެނިހެން ހަރަކާތްްތަށްވެސް ހިމެނެ އެވެ.

ވަރުބައި އެޓްމޮސްފިއާގައި ސްޕާއަކާ ކުޑަކުދިން ކުޅިވަރު ކުުޅެން ހާޢްސަކޮށްގެން ހަދާފައިވާ ކިޑްސް ކްލަބެއްގެ އިތުރުން މޫދު ކުޅިވަރާއި ޑައިވިން އަށް ހާއްސަ ސެންޓަރެއްވެސް ހުރެ އެވެ.

އެޓްމޮސްފިއާގެ ފަސްވަނަ ރިސޯޓު މާލެ ކައިރީގައި ހުޅުވާފައިވާއިރު އެ ކުންފުނީގެ ދަށުން ހިންގާ އޮޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ ރިސޯޓުވެސް ހުންނަނީ މާޅެ އަތޮޅުގަ އެވެ. އަދި މީގެ އިތުރުން ރާއްޖޭގައި އޯ ބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި ރިސޯޓް އަދި އޯބްލޫ ސިލެކްޓް އެޓް ސަންގެލީ ރިސޯޓްވެސް ހިންގަނީ އެކުންފުނީގެ ދަށުންނެވެ. އަދި އެ ކުންފުނީގެ ފުރަތަމަ ރިސޯޓަކީ ޅ. އަތޮޅުގައި ހިންގާ އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސް އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފައިޞަލް

    މީވެސް މި ސަރުކާރު އައިފަހުން ރިސޯޓް ހަދަން ޙަވާލުކުރި ރަށެއް ދޯ ؟ ހީހީހީހީހީ