އދ. ފުށިދިއްގާގައި ގަވާއިދާ ހިލާފަށް ފަތުރުވެރިކަން ކުރި މައްސަލައާއި ގުޅުންހުރި ހެކި ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ރޭ ވިދާޅުވީ، އެރަށާ ގުޅޭގޮތުން މީޑިއާ އަދި މީސްމީޑީއާގައި ދެކެވެމުންދިޔަ ވާހަކަތަކާ ގުޅިގެން ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް އިއްޔެ އެރަށް އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ.

އަދި އެރަށަށް ގޮސް މިހާތަނަށް ބެލި ބެލުމުން އެރަށުގައި ގާނޫނާ ހިލާފަށް ފަތުރުވެރިންނަށް ގިދުމަތްދެމުން ގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މި މައްސަލަ އާއި ގުޅުން ހުރި ބައެއް ލިޔެކިޔުމާއި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވިގޮތުގައި، އެރަށް މިހާތަނަށް ބެލި ބެލުމުން ގާނޫނާ ހިލާފަށް ޓުއަރިސްޓުންނަށް ހިދުމަތް ދެމުން ގެންގޮސްފައިވާކަން ވަަނީ ފާހަގަކުރެވިފައެވެ.

އަދި އެ މިނިސްޓްރީ އިން ވަކި ގޮތެއް ނިންމަންދެން އެރަށް ބެލެހެއްޓުން ފުލުހުންނާއި ވަނީ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތުވާ

    ތިގޮތަށް ހިލާފަށް ބ-ކިހާދޫ ކާރީގައިއޮންނަ ފިނޮޅެއްވެސް ހިދުމަތްދޭ އެބަ. ބައްލަވާލައްވާ-- ފެންވަރުގެ ރޫމްތައް އެބަހުރި...