މަޝްހޫރު މެސެޖިން އެޕްލިކޭޝަން، ޓެލެްރާމް ބްލޮކް ކުރުމަށްޓަކައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ރަޝިއާގެ ސަރުކާރުން ފަށައިފިއެވެ.

ރަޝިއާގެ ރޮސްކޮމްނާޒޯ މީޑިއާ ރެގިއުލޭޓަރ އިން އެގޮތަށް ނިންމައި މަސައްކަތް ފަށައިފަިވަނީ ޓެލެގްރާމަށް އަންގައިގެންވެސް މެސެޖްތައް ސްކްރޭމްބްލް ކުރުމަށް ބޭނުންވާ އެންކްރިޕްޝަން ކޯޑުތައް އެ ފަރާތާ ހަވާލު ނުކުރުމުންނެވެ. ޑުބާއި އަށް ނިސްބަތްވާ ޓެލެގްރާމަށް އެ ކޯޑުތައް ދިނުމަށް ދިން މުއްދަތު މިމަހުގެ ހަތަރު ވަނަ ދުވަހަށް ހަމަވެފައިވާއިރު ޓެލެގްރާމުން ބުނެފައިވަނީ، އެ އެޕްލިކޭޝަންގެ ޚިދުމަތް އުފައްދާފައިވާ ގޮތަށް ބަލާއިރު އެފަދަ ކޯޑަކަށް ޚުދު އެކުންފުންޏަށްވެސް އެކްސެސް ނޯންނަކަމަށެވެ.

ރަޝިއާގެ މައި ސެކިއުރިޓީ އޭޖެންސީ، އެފްއެސްބީއިން އެ ކޯޑުތައް ހޯދަން އުޅޭ މައިގަނޑު އެއް ސަބަބަކީ ޓެލެގްރާމް މެދުވެރިކޮށް ރާވާ ޓެރަރިޒަމް އެޓޭކްތަކާއި އެކަމާ ގުޅުންހުރި އެހެނިހެން ކަންކަންވެސް ހުއްޓުވުމެވެ.

އެމައްސަލަ ކޯޓަށްލައި ބަލަމުން އަންނައިރު ޓެލެގްރާމުގެ ވަކީލު ބުނެފައިވަނީ އެކި ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް ބަލައި ސިއްރު ކަމެއް ނުބޭއްވުމަށް ރަޝިއާ ސަރުކާރުން ބޭނުންވި ނަމަވެސް އެގޮތަށް ނިންމަން އެގައުމުން ބޭނުންވާ ބޭނުން ވުމަކީ އެއްވެސް އަސާސެއް ނެތް، އަދި ގާނޫނީ ހައިސިއްޔަތެއްވެސް ނެތް މައްސަލައެއް ކަމަށެވެ. އެމައްސަލަ ޓެކްނިކަލީވެސް ލީގަލީވެސް ބެލެން ނެތް ކަމަށެވެސް ވަކީލު ވަނީ ކޯޓުގައި ބުނެފައެވެ.