އެމް7 ސްކޫލް ބުކްލިސްޓް ޕްރޮމޯ 2020 ފަށައިފި އެވެ.

މިފަހަރުގެ ޕްރޮމޯޝަން އިފްތިތާޙުކޮށް ދެއްވީ ހދ. ކުޅުދުއްފުށީ "ހޮނިހިރު މާރުކޭޓް " ސަރަހައްދުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ރައީސް އާދަމް އަލީ އެވެ.

އަތޮޅު ކައުންސިލްގެ ރައީސް އާދަމް އަލީ ވިދާޅުވީ އެމް7 ސްކޫލް ސީޒަން ވޭތުވެދިޔަ ތިން އަހަރު ކުޅުދުއްފުށީގައި ކުރިއަށް ގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެމް7ގެ ތަކެއްޗަކީ ފެންވަރު ރަނގަޅު ތަކެތި ކަމަށެވެ.

އެމް7 ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ، ކުޅުދުއްފުށިން ފޮތް ސީޒަން ފެށީ މި ފަހަރު ވެސް އެމް7 ގެ ތީމަކީ "ޖަޒީރާ" ތީމްކަމަށް ވުމުން، އަތޮޅުތެރޭގެ ރަށެއްގައި ރަސްމިއްޔާތު ބޭއްވުމަށް ކަމަށެވެ.

"އަޅުގަނޑުމެން އެހެން ރަށްރަށަށް ވެސް ޒިޔާރަތްކުރާނަން. އަދި މިހާރު ވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި އަޅުގަނޑުމެންގެ އެޖެންޓުން ވެސް ތިބޭނެ" ސައްތާރު ވިދާޅުވި އެވެ.

އެމް7 ގެ ފޮތް ސީޒަންގައި ފޮތް ލިސްޓް ނަގަން ބޭނުންވާ ފަރާތްތައް މިހާރު ވަނީ ނަން ނޯޓްކުރަން ފަށައިފަ އެވެ. ފޮތް ލިސްޓް ވިއްކަން ފަށާނީ ނޮވެމްބަރު ސްކޫލް ބަންދުވުމުންނެވެ.

އެމް7 ޕްރިންޓަކީ ރާއްޖޭގެ ބައެއް ޓެކްސްޓް ފޮތްތައް ލިޔެ އުފައްދާ ޗާޕްޚާނާ އެވެ. އަދި އެމް7 ގެ ބުކްސްޓޯރުން ވިއްކާ މޮނިޓަރ ފޮތާއި ސްޓޭޝަނަރީއަކީ ފެންވަރު ރަނގަޅުތަކެއްޗެވެ.

ފޮތް ލިސްޓްތައް ރީތި ޕެކޭޖެއްގައި ފުރަތަމަ ވިއްކަން ފެށީ އެމް7 ބުކްޝޮޕުންނެވެ. މިފަހަރު ވެސް ފޮތްތައް ދޫކުރާނީ ރީތި ޕެކޭޖެއްގަ އެވެ.