ފޯނާއި ޓެބްލެޓުގައި މައްސަލަ ޖެހިގެން ހާސްވާނެ ކަމެއް ނެތެވެ. މާލޭގެ އަލިކަލޭގެފާނު މަގު، ބޮޑުރަސްގެފާނު މަގު ކަންމަތީގައި ހުންނަ ސުޕަރ މޯބައިލް ފިހާރައިން ފޯނާއި، ޓެބްލެޓް މަރާމާތްކޮށްދޭނެއެވެ. އެތަނުން ފޯނާއި، ޓެބްލެޓް މަރަމާތް ކޮށްދިނުމުގެ ހިދުމަތް ދެނީ އިތުބާރާއި ޔަގީން ކަމާއިވެސް އެކުގައެވެ.

ފޯނުގައި ނުވަތަ ޓެބްލެޓުގައި މައްސަލަ ޖެހިގެން ސުޕަރ މޯބައިލަށް އަންނަ ކަސްޓަމަރެއްގެ އެ އެއްޗެހީގައި ޖެހިފައި ހުރި މައްސަލަ ބަލާނީ ކަސްޓަމަރު ކައިރީގައި ބަހައްޓައިގެންނެވެ. އަދި އެއީ ވަގުތުން ހައްލު ކުރެވޭ މައްސަލައެއްކަމުގައި ވާނަމަ، ކަސްޓަމަރު ކުރިމަތީގައި އެކަން ކުރާނެއެވެ.

އެހެންކަމުން މިއީ، ކަސްޓަމަރު ސުޕަރ މޯބައިލްއަށް އިތުބާރު ކުރެވިދާނެ ކަމުގެ އަލިގަދަ ހެއްކެކެވެ.

އެ ފިހާރައަށް ފޯނު ނުވަތަ ޓެބްލެޓުގައި މައްސަލަ ޖެހިގެން ދިއުމުން، ފޯނު ޗެކް ކުރުމަށް އަގެއް ނުނަގާނެއެވެ. އަގު ނަގާނީ، އެ ހޯދާ ހިދުމަތަކަށެވެ. ނޫނީ ފޯނުގައި ޖެހިފައި ހުރި މައްސަލަ ހައްލު ކުރުމަށެވެ.

އެ ފިހާރައިން ފޯނަށާއި، ޓެބްލެޓަށް ދިމާވާ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދޭނެއެވެ. އެއީ އެ ފިހާރައިން ކަސްޓަމަރުންނަށް ދޭ ޔަގީންކަމެކެވެ.

ސުޕަރ މޯބައިލުން، ދެމުން ގެންދާ ފޯނު މަރާމާތް ކުރުމުގެ ބައެއް ހިދުމަތްތަކަށް ބަލާއިރު، ފޯނުގެ ޑިސްޕްލޭ ބަދަލު ކުރުމާއި، ބެޓަރީ ބަދަލު ކުރުމާއި، ޗާޖިންގ ޕޯޓް ބަދަލު ކުރުމާއި، އައިސީ ބަދަލު ކުރުމާއި، ކެމެރާ ބަދަލު ކުރުމުގެ އިތުރުން ސްޕީކަރު ބަދަލު ކޮށްދިނުމުގެ ހިދުމަތް ހިމެނެއެވެ. އަދި މީގެ އިތުރުން، ފޯނަށް ދިމާވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށްވެސްސުޕަރ މޯބައިލް ވަރުގެ ވަރުގަދަ، އަދި ފެންވަރު ރަނގަޅު ބައެއް ނެތެެވެ.

ސުޕަރ މޯބައިލުން އެ ހިދުމަތްތައް ދެމުން ގެންދާނީ، އެ މަސައްކަތް ކުރުމުގައި 10 އަހަރު ވީ މޮޅު ޓެކްނީޝަނެކެވެ.

ސުޕަރ މޯބައިލުން ފޯނު ނުވަތަ ޓެބްލެޓް މަރާމާތު ކުރުމަށް ބޭނުންވާ ރަށްރަށުގައި ތިބި ކަސްޓަމަރުން އެ ފުރުސަތުވެސް އެބަ އޮތެވެ. އެ ކަސްޓަމަރުން ސުޕަރ މޯބައިލް ފިހާރައިގެ ނަމްބަރު 7371515 އަދި 9918006 އަށް ގުޅައިގެން، އެ ފޯނު ނުވަތަ ޓެބް އެ ފިހާރައަށް ގެންގޮސް، މަރާމާތު ކުރެވިދާނެއެވެ.

ސުޕަރ މޯބައިލްއަކީ ރާއްޖެއަށް އެންމެ ފަހުގެ ފޯންތަކާއި، ފޯނާއި ގުޅުން ހުރި އެސެސަރީސްތައް ވިއްކަމުން އަންނަ ދިވެހިންގެ އިތުބާރު ހޯދާފައިވާ ފިހާރައެކެވެ.