އަންހެނުންނަށް ހާއްސަ ލޯނަކަށް ކުރިމަތިލުމުގެ ފުރުސަތު އިކޮނަމިކް މިނިސްޓްރީ އިން ހުޅުވާލައިފިއެވެ.

ލޯނަށް އެދޭ އެޕްލިކޭޝަން ފޯމުގެ ސޮފްޓް ކޮޕީ އާއިބިޒްނަސް ޕްލޭން ފޯމެޓް އަދި އިތުރު މައުލޫމާތު އިކޮނަމިކް މިނިސްޓްރީގެ ވެބްސައިޓްwww.trade.gov.mvގައި ލިބެން ހުންނާނެއެވެ. އަދި އެޕްލިކޭޝަން ފޯރމުގެ ހާރޑްކޮޕީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިކޮނަމިކް މިނިސްޓްރީގެ އިދާރާއިން އަދި ރާއްޖޭގެ 6 ސަރަހައްދެއްގައި ގާއިމްކުރެވިފައިހުރި ބިޒްނަސް ސެންޓަރތަކުން ލިބެން ހުންނާނެއެވެ.

މި ލޯން ސްކީމަކީ، އަލަށްފަށާ ވިޔަފާރިއެއް ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށް ހިނގަމުންއަންނަ ވިޔަފާރިތަކަށް، ހުރިހާ ދާއިރައަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ލޯން ސްކީމެކެވެ.

މި ލޯން ސްކީމުގެ ޖުމްލަ އަދަދަކީ 20،046،000 ރުފިޔާ އެވެ. މިގޮތުން މި އަދަދު ހަމަވަންދެން 50000 ރުފިޔާއާއި 100000ރުފިޔާ އާއި ދެމެދުގެ ލޯން ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

ލޯނު އަދަދު 50000ރުފިޔާއަށް ވުރެ ދަށްނަމަ ރަހުނެއް ބޭނުމެއް ނުވާނެއެވެ. ލޯނު އަދަދު 50001 އާއި 100000 ދެމެދުގެ އަދަދެއްނަމަ، ލޯނަށް އެދޭ އަދަދުގެ %130 (ސަތޭކަ ތިރީސް އިންސައްތަ) އަގުހުރި، ބޭންކް އޮފް މޯލްޑިވްސް ގަބޫލުކުރާ ރަހުނެއް ބޭނުންވާނެއެވެ.

މި ލޯން ސްކީމްގައި އަމިއްލަ ފައިސާ އިންވެސްޓް ކުރަންޖެހޭ މިންވަރަކީ، ހުށަހަޅާ މުޅި ޕްރޮޖެކްޓްގެ (ފަނަރަ އިންސައްތަ) އަށްވާ އަދަދެވެ. މިގޮތުން،މިހާތަނަށް ޕްރޮޖެކްޓަށް، އަމިއްލަ ފައިސާ ޚަރަދުކޮށްފައިވާނަމަ، އަމިއްލައަށް ކޮށްފައިވާ ޚަރަދުތަކުގެ އިންވޮއިސް އަދި ބިލުތައް ހުށަހަޅަންޖެހޭނެއެވެ. މި ލޯންގެ އިންޓްރަސް ރޭޓްއަކީ ނުވަ އިންސައްތަ އެވެ.

ގިނަވެގެން 8 އަހަރު ދުވަހުގެ ތެރޭގައި ލޯނު ދައްކާ ހަލާސް ކުރަންޖެހޭނެއެވެ. މިމުއްދަތުގެ ތެރޭގައި 1 އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑަކަށް އެދުމުގެ ފުރުޞަތު ލޯނަށް އެދި ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.

ލޯނަށް އެދި ހުށަހަޅާ ފޯމްތައް އިކޮނަމިކް މިނިސްޓްރީއިންނާއި ބިޒްނަސް ސެންޓަރުތަކުން 25 ފެބްރުވަރީ 2018 އިން 1 މާރިޗު 2018 ގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު 14:00 ވަންދެން ބަލައިގަންނާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެ އެންމެ ފަހު ތާރީޚަކީ 1 މާރިޗު 2018 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށެވެ. އީމެއިލް މެދުވެރިކޮށް، ފޯމު ހުށަހަޅުއްވާނަމަ، މި މުއްދަތުގެ ތެރޭގައި [email protected] އަށް އީމެއިލްއިން ފޮނުވައިގެންވެސް ފޯމު ހުށަހެޅުއްވޭނެއެވެ.

މި ލޯން ސްކީމާބެހޭ އިތުރު މަޢުލޫމާތު އިކޮނަމިކް މިނިސްޓްރިގެ ވެބްސައިޓް www.trade.gov.mv އިން ލިބެންހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 1691 ނަމްބަރަށް ގުޅުއްވުމަށް އިކޮނަމިކް މިނިސްޓްރީ އިން އެދިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު

    އަންހެނުންނާ ފިރިހެނުން ހަމަހަމަ ކުރުމަށް އަބަދު ތި ގޮވާލަނީ. އެކަމަކު އަންހެނުން ނަށް ހާއްސަ ލޯނެއް ތި ދެނީ. ކޮބާ ފިރިހެނުންނަށް ލޯނު

  2. ސސސ

    ކުރީފަހަރު ލޯނަށް އެދުނު ފަރާތަތަކަށް އަދިވެސް ފައސިާނުލިބޭ. ބޭކާރު މަސައްކަތްކުރަން މިޖހެނީ

  3. މާސްޓަރ

    އަބަދުވެސް ލޯނަށް އެދި ހުށައެޅުން މިއޮންނަނީ. ހުށައަޅާ އެއްވެސް ލޯނު ސްކީމެއް ނިމި ހުށައަޅާއެއްވެސް ބަޔަކަށް ލޯނު ދޫކުރެވޭ ވަރެއް ނުވޭ. މިދިޔަ އަހަރުގެ އެސް.އެމް.އީ ސްކީމާއި އިތުރު ސްކީމްތަކަށް ކުރިއިޢުލާނާ ގުޅިގެން ލިބުނު އެޕްލިކޭޝަންތައްވެސް ހުރީ ހުރިގޮތަށް.