އާ ގުޅުންތަކަކާއި އެކު ގުޅުންތައް ބަދަހިކޮށްް ހިތްވަރު ދިނުމުގެ ގޮތުން ކޮކާ ކޯލާއިން ކުރިއަށް ގެންދާ "ޝެއާ އަ ކޯކް" ގެ ދެވަނަ ކެމްޕެއިން ރާއްޖޭގައި މިއަދު ފަށައިފިއެވެ.

މިއަދު ސޯލްޓް ރެސްޓޯރެންޓްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ކެމްޕެއިން ފައްޓަވާދެއްވީ ކޮކާ ކޯލާގެ ކަންޓްރީ މެނޭޖަރު ޕަންކުޖަ ސިންހާ އެވެ. ކޮކާ ކޯލާއިން ކުރިއަށްގެންދާ މި ކެމްޕެއިން މިފަހަރު ވަނީ އިތުރަށް ފުޅާ ވެގެން ގޮސްފައެވެ. އެގޮތުން މިފަހަރު ބާޒާރަށް ނެރެފައިވަނީ ދިވެހި ޓެގްލައިންތަކާއެކުއެވެ.

ކޮކާ ކޯލާއިން މިއަދު ބޭއްވި ޝެއާ އަ ކޯކް ކެމްޕޭން ފެއްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެގޮތުން މިފަހަރު ބާޒާރާށް ނެރެފައިވާ ފުޅިތަކުގައިވާ ޓެގްތަކަކީ އެންމެ ހިތްވަރުގަދަ، އެންމެ ކެރޭ، އެންމެ ލޯބިވާ، އެންމެ އޯގާތެރި، އެންމެ ސަކަ، އެންމެ ވިސްނޭ، ހަބޭސް އަދި ރީތި ހުސްކުރިއެވެ. މިގޮތަށް ޓެގްތައް ޖަހާފައިވުމުން ކޮކާ ކޯލާއަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުއްމީދު ކުރެއެވެ.

ކޮކާ ކޯލާ އިން ކުރިއަށް ގެންދާ "ޝެއާ އ ކޯކް" ކެމްޕެއިން ފުރަތަމަ ރާއްޖެ ތައާރަފް ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮކާ ކޯލާގެ ކަންޓްރީ މެނޭޖަރު ޕަންކުޖަ ސިންހާ ބުނެފައިވަނީ ނިމިގެން ދިޔަ އަހަރެއްގެ ތެރޭގައި "ޝެއާ އަ ކޯކް" ކެމްޕެއިންނަށް ރާއްޖެއިން ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި އުއްމީދަކީ ވެސް މިފަހަރުގެ ކެމްޕެއިނަށްވެސް ބޮޑު ތަރުހީބެއް ލިބުން ކަމަށެވެ.

ކޮކާ ކޯލާއިން މިއަދު ބޭއްވި ޝެއާ އަ ކޯކް ކެމްޕޭން ފެއްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިއަދު ފެށި ކެމްޕެއިނަކީ ގާތް ތިމާގެ މީހުންނަށް އެމީހުންގެ ޕާސަނަލިޓީ އާއި ގުޅުވައިގެން ކޯކު ފުޅި ހަދިޔާ ކުރެވޭ ވަރުގެ ކެމްޕެއިނެކެވެ. މިއަދު ވަނީ މި ކެމްޕެއިނަށް ހާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ ދިވެހި އިޝްތިހާރެއްވެސް ލޯންޗްކޮށްފައެވެ.

"ޝެއާ އަ ކޯކް" އެންމެ ފުރަތަމަ ލޯންޗުކުރީ 2011 ވަނަ އަހަރު އޮސްޓްރޭލިއާގަ އެވެ. އޭގެ ފަހުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެ ކެމްޕެއިން ލޯންޗުކޮށްފައިވެއެވެ.