މޫނަކީ އިންސާނާ ފެންނައިރު އެންމެ ފުރަތަމަ އަޅައިގަންނަ ގުނަވަނެވެ. މީހާގެ ބުރުސޫރަ އެންމެ ބޮޑަށް މޫނާއި ގުޅިފައި ވަނީވެސް މިހެން ވެގެންނެވެ. ކަން މިހެން އޮތުމުން މޫނު ރީތިކޮށް ތާޒާކަންމަތީ ބެހެއްޓުމަށް ކޮންމެ މީހަކުވެސް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއެވެ. ޚާއްސަކޮށް ޒުވާން އުމުރުގައި މޫނު އުޖާލާކޮށް ޒުވާން ސިފަ އެގޮތުގައި ދެމެހެއްޓުމަށް ގިނަ ބަޔަކު މަސައްކަތް ކުރެއެވެ. މި ބޭނުމަށް ތަފާތު އެކި އުފެއްދުންތައް ވިއްކަން ހުންނައިރު، ގިނަ ފަހަރަށް ބޮޑު އަގުގައި ގަންނަ އެތަކެތިން އެންމެ ހިތްއެދޭ ނަތީޖާ ނުފެނެއެވެ. އަދި ބައެއް ހާލަތްތަކުގައި އެފަދަ ތަކެތީގެ ސަބަބުން މޫނުގެ ރީތިކަން އަބަދަށްޓަކައި ގެއްލި މީހާގެ ސޫރަ ބަދަލުވެދާން ވެސް ދިމާވެއެވެ.

ހަންގަނޑަކީ ހަށިގަނޑު އެންމެ ނާޒުކު އެއް ބައެވެ. ޚާއްސަކޮށް މޫނުގެ ތުނި ހަންގަނޑަކީ ގެއްލުމެއް ލިބިއްޖެ ނަމަ އެކަމެއް އުމުރަށް ފެންނާން ހުންނާނެ ބައެކެވެ. އެހެންކަމުން މޫނުގެ ހަންގަނޑު ރައްކާތެރި ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ގިނަ ވާނެއެވެ. ނަމަވެސް މޫނުގެ ނާޒުކު ހަމުގައި ބޭނުންކުރުމަށް އިތުބާރު ހުރި، މޮޅު އަދި ގުދުރަތީ ވަސީލަތްތަކުން އުފައްދާފައި ހުންނަ އުފެއްދުންތައް އިޚްތިޔާރު ކުރުމަކީ މުޙިންމު ކަމެކެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ ފޭސްބުކް ޕޭޖް "ލިބޭ" އިން މިހާރު ވިއްކަމުންދާ، މަޝްހޫރު "ވަޓްސަން" ބްރޭންޑާއި "ޖޯންސަންސް" ބްރޭންޑުގެ "އޮއިލް ކޮންޓްރޯލް" ޓިޝޫއަކީ ހަޤީޤަތުގައި ވެސް ޖާދުލެކެވެ. ކޮންމެ ތަނެއްގައި، ކޮންމެ ވަގުތެއްގައިވެސް ބޭނުންކޮށްލެވޭނެ މި ޓިޝޫއަކީ މޫނުގައި އުފެދިފައި ހުންނަ ތެޔޮކަން ވަގުތުން ފޮހެލާ މޫނު އަލިކޮށްދޭ އަޖައިބުކުރުވަނިވި އުފެއްދުމެކެވެ. މޫނުމަތިން މާބޮޑަށް ފާޅުވާން ނެތެއްކަމަކު، ހަންގަނޑުގައި ހިފާފައި ހުންނަ ޖަރާސީމާއި ތެލުގެ އެންމެ ކުޑަ މިންވަރުވެސް މި ޓިޝޫ ބޭނުންކޮށްގެން ފިލުވައިލެވޭއިރު، އެކަން ކުރުމަށް ގިނައިރެއް ނުނަގައެވެ.

ހަންގަނޑަށް އެއްވެސް ގެއްލުމެއް ލިބޭ ބައެއް ހިމަނާފައި ނުވާ މި ޓިޝޫއަކީ މޫނުގައި އުފެދިފައި ހުންނަ ތެޔޮފަދަ މާއްދާތައް އޭގެތެރެއަށް ދަމައިގަންނާނެހެން ތައްޔާރުކޮށްފައިވާ ޓިޝޫއެކެވެ. އާދައިގެ އެހެން ޓިޝޫތަކާއި ޚިލާފަށް މި ޓިޝޫއިން މޫނު ފޮހެލުމުން ތެޔޮކަން އޭގައި ހޭކިފައި ހުއްޓަސް މޫނު ފޮހެން ފެށުމުން އޭގެތައި ހުންނަ ތެލުގެ އަސަރު މޫނަށް އިތުރަކަށް ނުކުރާނެއެވެ. އަދި ހަލާކުނުވެ، މޫނުގެ ތާޒާކަން ފާޅުވަންދެން މި ޓިޝޫ ކޮންމެ ފަހަރަކުވެސް ބޭނުންކޮށްލެވޭނެއެވެ.

"އޮއިލް ކޮންޓްރޯލް" ޓިޝޫގެ އެންމެ ޚާއްސަ އެއް ސިފައަކީ، މި ޓިޝޫ ބޭނުންކޮށްގެން މޫނު ފޮހުނު ނަމަވެސް، މޫނުގައި ހުންނަ މޭކަޕްގެ އަސަރު ފިލައިގެން ނުދާ ކަމެކެވެ. މި ޓިޝޫއަކީ ހަންގަނޑުގެ މަތީ ފަށަލައިގައި ހުންނަ ތެޔޮކަން ފިލުވައިދޭ ޓިޝޫއެއް ކަމުން، މި ޓިޝޫ ފަރުމާކޮށްފައިވަނީ މޭކަޕް ފިލައިގެން ނުދާނެފަދަ ގޮތަކަށެވެ.

ގިނަ ބައެއްގެ އިތުބާރު ހޯދައި އެތައް ބަޔަކު ހައިރާން ކޮށްލާފަދަ ފުރިހަމަ ނަތީޖާ ދައްކައިދީފައިވާ މި ޓިޝޫގެ "ވަޓްސަން" ބްރޭންޑުގެ ކޮންމެ ޕެކެއްގައި 70 ޝީޓު އެކުލެވިގެން ވެއެވެ. "ލިބޭ" އިން މި ޕެކު ވިއްކާ އަގަކީ 200 ރުފިޔާ އެވެ. އަދި "ޖޯންސަންސް" ބްރޭންޑުގެ ޕެކު ވިއްކަނީ 150 ރުފިޔާ އަށެވެ. މި ޕެކުގައި ހިމެނެނީ 60 ޝީޓެވެ. މޫނުގެ ތާޒާކަން ފަނޑުވެ ތެޔޮވެފައިވާ ކޮންމެ ވަގުތެއްގައިވެސް ބޭނުންކޮށްލެވޭނެ މި ޓިޝޫ އެއްފަހަރަށްވުރެ ގިނަފަހަރަށް ބޭނުންކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. އެހެންކަމުން ކޮންމެ ފަހަރަކުވެސް މޫނު ރަނގަޅަށް ފޮހެލުމަށްފަހު، އެކަމަށް ބޭނުންކުރާ ޓިޝޫ ޖެހޭނީ އެއްލާލާށެވެ.

ވަގުތުން ނަތީޖާ ދައްކައިދޭ، މަޤުބޫލު މި ޓިޝޫ ޕެކްތައް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9946822 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ" ޕޭޖަށް މެސެޖު ކުރުމަށް އެފަރާތުން އެދެއެވެ. މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ. އަދި ޕްރޮޑަކްޓު ޓެސްޓު ކުރުމަށް ބޭނުންވާ ފަރާތްތަކަށް "ލިބޭ" އިން ވަނީ އެ ފުރުސަތު ވެސް ހުޅުވާލާފައެވެ.