އޫދް އަލް ސަބާޔާއަކީ ރާއްޖޭގައި މަޝްހޫރު ބްރޭންޑެކެވެ. މި ބްރޭންޑްގެ އަތަރާއި ސެންޓު، ލޯޝަނާއި، އެއާ ފްރެޝްނާ މިހާރު ރާއްޖެއިން ލިބެން އެބަހުއްޓެވެ. މި ހުރިހާ އެއްޗެއްގެ ނަމާއި، ވަސްވެސް މުޅި ރާއްޖޭގައި ހިނގައެވެ.

އޫދް އަލް ސަބާޔާއިން މިހާރުވެސް ރާއްޖެއަށް އެ ބްރޭންޑްގެ އަމިއްލަ ޕްރޮޑަކްޓްތަކާއި، ދުނިޔޭގެ މަޝްހޫރު އެކި ބްރޭންޑްތަކުގެ އަތަރާއި ސެންޓް ވިއްކަމުން އަންނައިރު، އެ ކުންފުނިން މާލެ އާއި އައްޑޫގައި ފިހާރައެއް ހިންގަމުން ދެއެވެ. މި ހުރިހާ ފިހާރައަކުންވެސް އޫދް އަލް ސަބާޔާގެ ޕްރޮޑަކްޓްތަކާއި، ބައެއް މަޝްހޫރު އަތަރާއި، ސެންޓް ބްރޭންޑްތައް ލިބެން އެބަ ހުރެއެވެ.

މިފަހަރު އޫދް އަލް ސަބާޔާ އިން ދަނީ ބޮޑު ތަފާތަކާއެކު، އެ ބްރޭންޑްގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވަން ތައްޔާރުވަމުންނެވެ. ގްލޭންޒް ބައި އޯއޭއެސް ގެ ނަމުގައި މިރޭ 8:00 ގައި ހުޅުވާ މި އައުޓްލެޓަކީ، އެ ބްރޭންޑްގެ އެހެން ފިހާރަތަކާއި ހިލާފަށް ކޮސްމެޓިކްސްއަށް ހާއްސަ ފިހާރައެކެވެ.

މި ފިހާރައިން އޫދް އަލް ސަބާޔާގެ ރަސްމީ އައުޓްލެޓުން ލިބެން ހުންނަ ހުރިހާ ޕްރޮޑަކްޓެއް ލިބޭނެއެވެ. އަދި މި ފިހާރައިން ކޮސްޓެމްޓިކްސްގެ ހުރިހާ ޕްރޮޑަކްޓެއް ލިބިގެން ދާނެއެވެ.

އޫދު އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ޝަބީން ވިދާޅުވީ، މި ފިހާރަ ހުޅުވިގެން ދިޔުމަކީ އޫދް އަލް ސަބާޔާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ތަފާތު އާ ޕްރޮޑަކްޓްްސްތަކާއެކު، އޫދް އަލް ސަބާޔާގެ އާ އައުޓްލެޓެއް އާ ނަމެއްގައި ހުޅުވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް". ޝަބީން ވިދާޅުވިއެވެ.

އޫދް އަލް ސަބާޔާގެ މި ފިހާރަ ހުންނާނީ ހުޅުމާލޭ ބޮޑު މަގުގައެވެ.

ޝަބީން ވިދާޅުވީ، އޫދް އަލް ސަބާޔާގެ އާ އައުޓްލެޓް ހުޅުވުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް މިރޭ މި ފިހާރާގައި ކުރިއަށްދާނެ ކަމަށެވެ. މި ޕްރޮމޯޝަންގެ ތެރެއިން މިރޭ 8:00 އިން 11:00 އާއި ހަމައަށް އެ ފިހާރައަށް ޒިޔާރަތްކޮށް ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް އަތަރު ފުޅިއެއް ހިލޭ ލިބިގެންދާނެ ކަމަށް ޝަބީން ވިދާޅުވިއެވެ.

އޫދް އަލް ސަބާޔާއަކީ ދިވެހިންގެ ހިތްތައް އަތުލާފައިވާ މަޝްހޫރު އަތަރު ބްރޭންޑެކެވެ.

އޫދް އަލް ސަބާޔާއާ ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ.