ދަތްތައް ހަޑިވެ އޭގެ ހުދުކަން ގެއްލިދާ ފަހުން ދަތްޕިލާ ރީތިކުރުން އެއީ ފަސޭހަ ކަމަކަށް ނުވާނެއެވެ. މާނައަކީ ދަތްތައް ހަޑިވުމުން ދަތްތައް ރީތިކޮށް އަލުން އަނބުރާ ހުދުކަން ނުގެނެވޭނެ ވާހަކައެއް ނޫނެވެ. ދަތްތައް ރީތިކޮށް އެ ރީތިކަން ދެމެހެއްޓުމުގެ ބޭނުމުގައި ބޮޑު އަގު ދީގެން އާދަކޮށް ބައެއް މީހުން ކްލިނިކުތަކުންނާއި އެފަދަ ތަންތަނުން ދަތްތައް ސާފުކުރާއިރު، އަނެއް ބަޔަކު ތަފާތު އެކި ބާވަތް ބާވަތުގެ ބޭހާއި އުފެއްދުންތައް ބޭނުންކޮށް އުޅެއެވެ. ނަމަވެސް އެ ފަރާތްތަކަށް ރަނގަޅު މޮޅު "ފަންޑިތަ" އަކާއި ދިމާވަނީ މަދު ފަހަރެއްގައެވެ. އެހެންކަމުން މިއީ އެފަދަ މީހުންނަށް އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ.

ދަތްތަކުގެ ރީތިކަން ދެމެހެއްޓުމަށް އެދޭނަމަ އެންމެ މުޙިންމު ކަމަކީ ރަނގަޅު ފައިދާކުރަނިވި، އެކަމަށް ޚާއްސަ އުފެއްދުމެއް އިޚްތިޔާރު ކުރުމެވެ. އެއީ ދަތްތަކަށް ގެއްލުން ލިބި ދާއިމީ ގޮތެއްގައި ދަތްކަށް ގެއްލުންކުރާ އެއްޗެއް ނޫންކަން ޔަޤީން ކުރަން ޖެހެއެވެ. ރާއްޖޭގައި މިހާރު ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރަމުން އަންނަ ފޭސްބުކް ޕޭޖް، "ލިބޭ" އިން ދާދިފަހުން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަން ފަށާފައިވާ މަޝްހޫރު "ސްޕާކަލް" ބްރޭންޑުގެ ދަތްއުނގުޅާ ބޭހަކީ، އިސްވެ ފާހަގަ ކުރެވުނު ކަންކަމަށް ރާއްޖެއިން މިވަގުތު ލިބޭ އެންމެ އިތުބާރު އެއް ޕްރޮޑަކްޓެވެ. ދަތްތައް ހަޑިވެ ދަތްތަކުގެ ހުދުކަން ގެއްލިގޮސްފައިވާ ފަރާތްތަކަށް "ސްޕާކަލް"، އާ އުންމީދަކަށް ވެގެން ދިޔައީ މި ސަބަބަށްޓަކައެވެ.

"ސްޕާކަލް"ގެ ދަތްތަކަށް ޚާއްސަ ޕްރޮޑަކްޓުތައް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ، ދަތްތައް ދުޅަހެޔޮކޮށްދިނުމާއި އެކު ދަތްޕިލާ ރީތިކޮށްދޭ އާދަޔާއި ޚިލާފު، މޮޅު އުފެއްދުމެއްގެ ގޮތުގައެވެ. އޭގައިވާ މުޙިންމު ތިން ބައެއްގެ ތެރޭގައި ހިމެނޭ "ވައިޓް ސެލިކާ" އަކީ މި ބޭނުމަށް ހިމަނާފައިވާ މާއްދާއެކެވެ. މި މާއްދާގެ ސަބަބުން ދަތްތައް ހުދުކޮށްދިނުމާއި އެކު ދަތްތަކަށް ކެމިކަލްގެ އަސަރުން ކުރާ ގެއްލުން ކުޑަކޮށްދީ ވަރުގަދަކޮށްދެއެވެ. މި ބްރޭންޑުގެ ދެވަނައަށް އެންމެ މުޙިންމު އެއް ބަޔަކީ އޭގައި އެކުލެވޭ ވައިޓް ސޯޑިއަމް ޓްރިޕޮސްފޭޓް ނަމަކަށް ކިޔާ މާއްދާއެކެވެ. މި މާއްދާއަކީ ދަތްތަކުގައި ހަރުލައި އަށަގެންފައި ޖަރާސީމުތައް ފިލުވާލުމަށް ޚާއްސަ މާއްދާއެކެވެ. ދަތްތަކުގެ ރީތިކަން އަބަދަށްޓަކައި ގެއްލުވާލުމުގެ މެދުވެރިއަކަށްވާ ޖަރާސީމުން ދަތްތަކަށް ދާއިމީ ގެއްލުމެއް ނުލިބެނީސް، ދަތްތަކާއި މެދު ސަމާލުވުމަށް "ސްޕާކަލް" އެހީއަކަށް ވެއެވެ.

"ސްޕާކަލް"ގެ އުފެއްދުންތަކުގައި ހިމެނޭ މުޙިންމު އަނެއް މާއްދާއަކީ ވައިޓް ހައިޑްރޯކްސީ އެޕެޓައިޓް ނަމަކަށް ކިޔާ މާއްދާއެކެވެ. މި މާއްދާއަކީ، ދަތްތަކާއި ހިރުގަނޑަށް ކުރީން ލިބިފައިވާ ގެއްލުންތަކަށް ފަރުވާކޮށްދޭ މުޙިންމު މާއްދާއެކެވެ. "ސްޕާކަލް" ބްރޭންޑުގެ ދަތްއުނގުޅާ ބޭހުގައި އެކުލެވޭ މި މާއްދާގެ ސަބަބުން، ނުރައްކާތެރި ކެމިކަލާއި އެނޫންވެސް އެފަދަ ބައިތަކުން ދަތްތަކަށް ގެއްލުން ލިބި ހަޑިވެފައި ހުންނަ ހުރުމަށް ހައްލު ހޯދައިދެއެވެ.

"ސްޕާކަލް"ގެ އެންމެ ޚާއްސަ ކަމަކީ އެއިން، އެންމެ ހިތްއެދޭ ރަނގަޅު ނަތީޖާ ފެންނަ ގޮތް އަވަސްވުމެވެ. މި ބްރޭންޑުގެ ދަތްއުނގުޅާ ބޭހަކީ، އެއް ދުވަހާއި ހަތް ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި، ބޭނުންވާ މިންވަރަށް ދަތްތައް ހުދުކޮށްލުމުގެ ޤާބިލްކަން ލިބިފައިވާ ޕްރޮޑަކްޓެކެވެ. މި ބޭސް ބޭނުންކުރާ ފަރާތްތަކުން ތަޖުރިބާގެ އަލީގައި ބުނާގޮތުގައި، ބޭސް ބޭނުންކުރާން ފަށާތާ ދެ ހަފްތާ ތެރޭ އޭގެ ހެޔޮ ނަތީޖާ ފެނިގެން ދެއެވެ.

ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު "ސްޕާކަލް" ބޭސް ބޭނުންކޮށްގެން ދަތް އުނގުޅުމަށް ތަޖުރިބާކާރުން ލަފާދެއެވެ. ބޭނުން ނަމަ އެހެން ވަގުތުތަކުގައިވެސް ދަތް އުނގުޅާއިރު މި ބޭސް ބޭނުންކުރުން އެދެވިގެން ވެއެވެ. މީގެ އިތުރުން ހެނދުނު ހޭލުމަށްފަހު އާއި ރޭގަނޑު ނިދުމުގެ ކުރީން އާދަކޮށް މި ބޭހުން ދަތް އުނގުޅުމަކީ ވެސް ރަނގަޅު ގޮތެކެވެ.

"ސްޕާކަލް"ގެ 100 ގްރާމްގެ ފުޅިއެއް "ލިބޭ" އިން ވިއްކަނީ 200 ރުފިޔާ އަށެވެ. މި ބްރޭންޑުގެ ފަސް ވައްތަރެއްގެ ބޭސް "ލިބޭ" އިން ވިއްކަމުން ދެއެވެ. ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މި ޕްރޮޑަކްޓުތައް، "ލިބޭ" އިން ވިއްކަން ހުރިއިރު، ޕްރޮޑަކްޓް ގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރުމަށް، 9946822 ނުވަތަ 7999681 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ. މި ޕްރޮޑަކްޓުތައް މާލެއިން ގަންނަ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.

"ލިބޭ" އިން ވިއްކާ ސްޕާކަލްގެ ވައްތަރުތައް:

 

1. ސްޕާކަލް އެކްޓްރާ ފްރެޝް އެންޑް ވައިޓް

މިއީ ދަތްތަކަށް ގެއްލުން ކުޑަ ގޮތަކަށް ދަތްތައް އަވަހަށް ހުދުކޮށްދޭ މޮޅު ދަތްއުނގުޅާ ބޭހެކެވެ. އެތައް ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ މި ބޭހުގައި ހިމެނޭ ގުދުރަތީ ފައިދާކުރަނިވި މާއްދާތަކުގެ ސަބަބުން ދަތްތައް ސާފުކޮށްދިނުމާއި އެކު ދާދި އަވަހަށް ދަތް ހުދުކޮށްދީ ހިނިތުންވުން ފުރިހަމަކޮށްދެއެވެ. މި ބޭހުގައި ބާރުގަދަ އެސިޓް ނުވަތަ ޕެރޮކްސައިޑް ފަދަ ބާވަތްތައް އެއްވެސް މިންވަރަކަށް އެކުލެވިގެން ނުވެއެވެ.

މި ބޭސް ބޭނުންކޮށްގެން ދަތް އުނގުޅާ ނަމަ ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން އަނގައިގެ ތާޒާކަން އިތުރުކޮށްދެއެވެ. އަދި އަނގައިން ނުބައިވަސް ދުވުމުގެ މައްސަލައިގެ ހައްލު ވަގުތުން ގެނެސްދޭ ބޭހަކަށް މި ބޭސް ވާކަމަށް، ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އާދަކޮށް ކޮންމެ ދުވަހެއްގައި މަދުވެގެން އެއް ފަހަރު މި ބޭސް ބޭނުންކޮށްގެން ދަތް އުނގުޅާނަމަ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ފުރިހަމަ ނަތީޖާ އާއި ހަމައަށް ވާސިލުވެއެވެ.

2. ސްޕާކަލް ޓްރިޕަލް ވައިޓް

މިއީ ސްޕާކަލް ބްރޭންޑުގެ އެންމެ މަޤުބޫލު އުފެއްދުމެވެ. އާދަކޮށް ބޭނުންކުރާން ފަށާތާ ގިނަވެގެން ހަފްތާއެއްހައި ދުވަސް ތެރޭގައި އެންމެ ފުރިހަމަ ނަތީޖާ ފެންނާން ފަށާ މި ބޭހަކީ ސްޕާކަލް ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންވެސް މެއެވެ. ދަތްއުނގުޅާ އެހެން ބޭސްތަކަށްވުރެ ތިންގުނަ އަވަހަށް ދަތްތައް ހުދުކޮށްލާ މި ބޭސް ބޭނުންކޮށްގެން، ދަތްތަކުގެ ކުލަ ބަދަލުކޮށްލާ ބައިތައް ސާފުކޮށްލެވެއެވެ. އަދި ގިނަ ދުވަސްތައް ވަންދެން އަށަގެންފައި ހުންނަ ޖަރާސީމުތައް މަދު ވަގުތުކޮޅެއްގެ ތެރޭގައި ފިލުވާލުމަށް މިއީ އެންމެ އިތުބާރުހުރި އެއް ބޭހެވެ. ފްރާންސްގައި ހުންނަ ސްޕިން ކޮންޓްރޯލް އޭޝިއާގެ ލެބޯޓްރީގައި ޓެސްޓުކޮށްފައިވާ މި ބޭހަކީ، ސްޕެޝަލިސްޓުންގެ އިތުބާރުވެސް ހޯދާފައިވާ މޮޅު ބޭހެކެވެ.

3. ސްޕާކަލް ކޮފީ - ޓީ

މިއީ ގިނަ ދިވެހިންނާއިވެސް އެންމެ ގުޅޭނެ އެއް ބޭހެވެ. ސްޕާކަލް ބްރޭންޑުގެ މި ބޭހަކީ ކޮފީ އާއި ކަޅުސައި ބޯ މީހުންނަށް ޚާއްސަ ބޭހެވެ. ގިނައިން ކޮފީ އަދި ކަޅުސައި ބޯ މީހުންގެ ދަތްތަކުގެ ހުދުކަން ގެއްލިދާ ދިއުމަށް މި ބޭހުން ހައްލު ހޯދައިދޭއިރު، މި ބާވަތްތަކުން ދަތްތަކުގައި އަށަގަނެ ގިނަ ދުވަސްވެފައި ހުންނަ ޖަރާސީމު ސާފުކޮށްދެއެވެ. އަދި ދަތްތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ ވަރުގަދަކޮށްދެއެވެ. މި ބޭސް އާދަކޮށް ބޭނުން ކުރަން ފެށުމުން، ދަތްތަކުގެ ހުދުކަން ގެއްލުވާލާ މާއްދާތައް ދަތްތަކުގައި އަށަގަތުން ހުއްޓުވައެވެ. އަދި އަނގައި ނުބައިވަސް ދުވުންވެސް މި ބޭހުން ހުއްޓުވައެވެ.

4. ޑަބަލް ވައިޓް ލެމަން ސޮޑާ

ސްޕާކަލް ބްރޭންޑުގެ މި ބާވަތަކީވެސް ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން ދަތްތަކަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ބޭހެކެވެ. އެގޮތުން ދަތްތައް ދުޅަހެޔޮ ކުރުމަށް ބޭނުންވާ ވިޓަމިން ސީ އާއި ނިއުޓްރިއެންޓްސްގެ އިތުރުން އެނޫންވެސް މުޙިންމު އެތައް މާއްދާއެއް މި ބޭހުގައި އެކުލެވިގެން ވެއެވެ. ހަމަ އެހެންމެ ދަތްތަކައް ގެއްލުންކުރާ މާއްދާތަކުން ދަތްތައް ސަލާމަތްކޮށް ރައްކާތެރި ކުރުމަށް މި ބޭހުގައިވާ ބައިތައް ޚާއްސަ ދައުރެއް އަދާކުރާއިރު، އަނގައިގެ ތާޒާކަން އިތުރުކޮށްދިނުމަށް މި ބޭސް އެހީއަކަށް ވެއެވެ.

5. ސްޕާކަލް ވައިޓް

ސްޕާކަލް ބްރޭންޑުގެ މި ބޭހަކީ ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން އަނގައިން ނުބައިވަސް ދުވާ މައްސަލައަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ބޭހެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ދައްކުވައިދޭ މި ބޭހުގައި އެކުލެވިފައިވަނީ އަނގައިގެ ތެރޭގައި އަށަގެންފައި ހުންނަ ޖަރާސީމާއި، ނުބައިވަސް ދުވުމަށް މެދުވެރިކުރާ އެނޫންވެސް އެފަދަ ބައިތައް ސާފުކޮށްލުމަށް އެހީތެރިވެދޭ އެތައް މާއްދާއެކެވެ.



"ލިބޭ" އިން ވިއްކަމުންދާ އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. މޫނު އަލިކޮށް ތެޔޮކަން ވަގުތުން ފިލުވައިދޭ ޚާއްސަ ޓިޝޫ (150 ރުފިޔާ އަދި 200 ރުފިޔާ)


2. ބަނޑު ހިންދާލުމަށް ޚާއްސަ ކޮފީ (200 ރުފިޔާ)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަޒް

    އެބަ ހުއްޓެއްނުން ފޯރިއެއް..

    24
    5
  2. ޢަބާ

    ޖިލްބާބު ނަން ބަދަލުވީތަ