އަންނަ ނޮވެމްބަރު މަހުގެ އެކަކުން ފެށިގެން، ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ކޮންމެ ދުވަހަކު ފްލައިޓްތައް އޮޕަރޭޓް ކުރަމުންދާނެ ކަމަށް ރާއްޖޭގެ ގައުމީ އެއާލާއިން މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ފަހު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ .ވިދާޅުވީ، ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓުން ނޮވެމްބަރު އެކަކުން ފެށިގެން ކޮންމެ ދުވަހަކު ފްލައިޓްތައް އޮޕަރޭޓް ކުރަމުން ދާނެ ކަމަށެވެ.

ރިޒްވީ މިގޮތަށް ވިދާޅުވިއިރު، އެ އެއާޕޯޓަށް މިހާރު ދަތުރު ކުރަމުން ދަނީ މޯލްޑިވިއަންއިން އެކަންޏެވެ. އެއީ ހަފްތާއަކު ތިން ދަތުރެވެ. އެއީ އަންގާރަ ދުވަހުުގާއި އާއި ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

ކުރިއަށް އޮތް ބޮޑު ޗުއްޓީއާ ދިމާކޮށް، ކުޅުދުއްފުށީ އެއާޕޯޓަށް ޑެއިލީކޮށް ފްލައިޓްތައް އޮޕަރޭޓް ކުރަން ފެށުމުން އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކަށް ފަސޭހަވެގެން ދާނެއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް މޯލްޑިވިއަން އިން ދަތުރުތައް ފެށީ މިދިޔަ އޮގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ.

މިއަދު ހަނިމާދޫން ކޮޗިންއަށް ސީދާ ދަތުރުތައް ފެށިއިރު، ރިޒްވީ ފާހަގަކުރެއްވިގޮތުގައި، މިއަދުން ފެށިގެން ހަނީމާދޫ ފަސް ދުވަހު އިންޓަނޭޝަނަލް އޮޕަރޭޝަން ހިންގާނެ އެޗެ. ރިޒްވީ މިގޮތަށް ފާހަގަކުރެއްވިއިރު، މީގެ ކުރިން އެ އެއާޕޯޓުން އިންޑިއާގެ ޓްރިވިންޑްރަމްއަށް ހަފްތާއަކު ދެ ދުވަހު ދަތުރު ކުރެެެވެ.